އެމެރިކާގެ ރައްޔިތުން ކާބުލް އެއާރ ޕޯޓަށް ދަތުރު ނުކުރުމަށް އެމެރިކާއިން އިލްތިމާސްކޮށްފި

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން ކާބުލް އެއާރ ޕޯޓަށް ދަތުރު ނުކުރުމަށް އެމެރިކާއިން ހޮނިހިރު ދުވަހު އިލްތިމާސްކޮށްފިއެވެ.

އެމެރިކާގެ އެމްބަސީގެ އެޑްވައިޒަރ ވަނީ އެމެރިކާ ސަރުކާރު ތަމްސީލުކުރާ ފަރާތުގެ ބަހެއް ލިބެންދެން އެއާރޕޯޓަށް ނުގޮސް މަޑުކުރުމަށް އަފުޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަފުޣާނިސްތާނުގައި އޮތް ސަރުކާރު ވައްޓާލައި އެ ގައުމަށް ޠާލިބާނުން އަތްގަދަ ކުރިތާ ހައެއްކަ ދުވަސް ވީއިރު، ކާބުލް ދޫކޮށް ދާން ބޭނުންވެފައިވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރު ވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިއީ ތާރިޚުގައި ވެސް ހިނގާފައިވާ ވައިގެ ދަތުރުތަކުގެ ތެރެއިން އެންމެ އުނދަގޫ، އެންމެ ދަތި ދަތުރުތައްކަމުގައި ވިދާޅުވެ ރައްކާތެރިވުމަށް އިންޒާރުދެއްވާފައެވެ.

ޠާލިބާނުގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މިވަގުތު އެއަރޕޯޓު ތޮއްޖެހިފައި އޮތުމަކީ އެމީހުން ޒިންމާ ނަގަން މައްސަލައެއް ނޫނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް