ރަޝިޔާއާއި ޗައިނާ ރޭލުން ގުޅުވައިދޭ ވަރުގަދަ ބުރިޖެއްގެ މަސައްކަތް ނިމިއްޖެ

Loading

Facebook
Twitter
WhatsApp

ރަޝިޔާ އާއި ޗައިނާގެ ރެއިލްވޭ ސިސްޓަމުތައް ގުޅުވައިދޭ ޓޮންގޖިއަންގް-ނިޒްނެލެނިންސް ކޮޔޭ ބްރިޖުގެ މަސައްކަތް މި ހިނގާ އޯގަސްޓު މަހުގެ 17 ވަނަ ދުވަހު ނިމިއްޖެއެވެ.

ރަޝިޔާ ޓޮންގޖިއަންގް-ނިޒްނެލެނިންސް ކޮޔޭ ގެ ނަމުން ނަން ދެވިފައިވާ މި ބްރިޖަކީ ޗައިނާގެ ސިޓީއެއް ކަމަށްވާ ޓޮންގްޖިއަންގް އާއި ރަޝިޔާގެ ނިޒްނެލެނިންސްކޮޔޭ ގުޅުވައިދޭ ބްރިޖެކެވެ.

އެއިލޮންޒިއަންގް ޕްރޮވިންސުގެ ވެރި ރަށް ހާރބިން މަޝްހޫރު ވެފައިވަނީ ކޮންމެ އަހަރެއްގެވެސް ފިނި މޫސުމުގެ ސުނޯއާއި ގަނޑުފެނުގެ ކުޅިވަރުތަކުގެ ސަބަބުންނެވެ.

މި ބްރިޖުގެ ސަބަބުން ޗައިނާގެ ދެކުނު އިރުމަތީ ރެއިލްވޭ ނެޓުވޯކާއި ރަޝިޔާގެ ސައިބީރިއަން ރެއިލްވޭއާ ގުޅައިލެވޭނެއެވެ.

ހަތް އަހަރު ދުވަހުގެ ބުރަ މަސައްކަތުން ނިންމާލެވުނު މި ބްރިޖުގެ އުސްމިނަކީ 2215 މީޓަރެވެ. ބްރިޖުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ދެ ޤައުމުން ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މުޅި ބްރިޖުގެ މައިގަނޑު 2019 ވަނަ އަހަރު ހަދާ ނިމުނު އިރު، އެންމެ ފަހުގެ މަސައްކަތްތައް ނިމިފައިވަނީ މި އަހަރުގެ އޯގަސްޓުމަހުގެ 17 ވަނަ ދުވަހު އެވެ.

ބްރިޖުގެ ބޮޑުބައި ވަނީ ޗައިނާ ފަޅީގައެވެ. އެއީ މުޅި ބްރިޖުގެ 1886 މީޓަރެވެ.

ޓޮންގޖިއަންގް-ނިޒްނެލެނިންސްކޮޔޭ ބްރިޖަކީ ދުނިޔޭގެ ބޮޑު ދެ ގައުމެއް ގުޅުވައިދޭ ހަމައެކަނި ބްރިޖެއްނޫނެވެ. 2019 ވަނަ އަހަރުވެސް ޗައިނާގެ ސިޓީއެއް ކަމަށްވާ ހެއިހޭ އާއި ރަޝިޔާގެ ބްލަގޮވެޝްޗެންސްކް އާ ދެމެދު ވެސް ބްރިޖެއް އަޅާފައިވެއެވެ.

ޗައިނާ އާއި ރަޝިޔާއިން ދަނީ ޑަޗް އާކިޓެކްޓުންގެ ޔޫއެން ސްޓޫޑިއޯއިން ޑިޒައިންކޮށްގެން ހަދާ ދުނިޔޭގެ އެންމެ ފުރަތަމަ ކްރޮސް ނޭޝަނަލް ބޯޑަރ ކޭބަލް ކާރުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޭބަލް ކާރުގެ މަސައްކަތް ނިމުމުން މަދުވެގެން އަށް މިނިޓް ތެރޭގައި ފަތުރުވެރިންނަށް އެއް ފަޅިން އަނެއް ފަޅިއަށް ދަތުރު ކުރެވޭނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް