ބަޠަލާ ސަބާ ޤަމަރު ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި

Loading

Facebook
Twitter
WhatsApp

ހިންދީ މީޑިއަމްގެ ރޯލުން މަޝްހޫރުވި ޕާކިސްތާނުގެ ބަޠަލާ ޞަބާ ޤަމަރު ހައްޔަރުކުރަން ކޯޓުން ޢަމުރު ނެރެފިއެވެ.

މިދިޔަ ބުދަ ދުވަހު ޕާކިސްތާނު ކޯޓުގައި އޮތް އަޑުއެހުމެއްގައި އޭނާ ހައްޔަރުކުރަން ނިންމާފައިވަނީ ލާހޯރުގެ ޤަދީމީ މިސްކިތެއްގައި ނަށާތަން ފެންނަ ވީޑިޔޯއެއް ކުޅުމުގެ ސަބަބުންނެވެ.

ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ކޯޓު އަޑުއެހުންތަކަށް ހާޒިރު ނުވުމުން ލާހޯރުގެ މެޖިސްޓީރިއަލް ކޯޓުން ވަނީ ޤަމަރު އާއި ލަވަކިޔުންތެރިޔާ ބިލާލު ސަޢީދަށް ރުފިޔާ ދައްކާފައި ސަލާމަތް ވެވޭ ގޮތަށް އަމުރު ނެރެފައެވެ.

ދެން އެންމެ އަވަހަށް ކޯޓު އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހުއެވެ.

ލާހޯރުގެ ކުރީގެ ސިޓީ ގައި ހުރި މަސްޖިދް ވާޒިރް ޚާންގެ ޙުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ވެސް ޞަބާ ޤަމަރު އާއި ބިލާލު ސަޢީދުގެ މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައާ ގުޅިގެން މީސްމީޑިޔާގައި ޞަބާ ޤަމަރަށް މަރުގެ އިންޒާރުތައް ވެސް ލިބިފައިވެއެވެ.

ޞަބާ އާއި ބިލާލު ވަނީ ޢާންމުންގެ ފަރާތުން މަޢާފަށް ވެސް އެދިފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް