އިންޑިއާގެ މުސްލިމު ފިލްމީ ތަރިންނަށް ޚިޔާލު ފާޅުކުރުމުން ފުރައްސާރަޔާ ކުރިމަތި ލާންޖެހޭ

Loading

Facebook
Twitter
WhatsApp

ގިނަ ފަންނާނުން ސޯޝަލް މީޑިޔާގައި އެމީހުންގެ ޝުޢޫރުތައް ހާމަނުކުރަނީ އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރައްސާރައާ ކުރިމަތިލާން ޖެހޭތީ ކަމުގައި މަޝްހޫރު އަދި ހުނަރުވެރި ފިލްމީ ތަރި ނަސީރުއްދީން ޝާހް ބުނެފިއެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައުމުން، އިންޑިޔާގެ މުސްލިމުން އެކަމުގެ އުފާ ފައުޅުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ހިއްސާކޮށް އެކަމާ މެދު ޝުޢޫރު ފާޅުކުރުމުގެ ސަބަބުން ނަސީރުއްދީން ޝާހަށް ވަނީ އިންޑިއާގެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒު ވެފައެވެ.

ނަސީރުއްދީން ބުނިގޮތުގައި ދާއިރާގެ ގިނަ ފަންނާނުން ސޯޝަލް މީޑިޔާގައި އެމީހުންގެ ޝުޢޫރުތައް ހިއްސާ ނުކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރައްސާރައާ ކުރިމަތިލާން ޖެހުމެވެ.

އޭނާ ދެކޭ ގޮތުގައި ޝާހް ރުޚް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން ފަދަ ބޮލީވުޑުގެ މަޝްހޫރު ތަރިން ހަނު ހުރުން އިޚްތިޔާރު ކުރަނީ އެ ބީދައިން ކަންކަން ހިނގަމުންދާތީއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މާލީ ގޮތުންނާއި އެތައް ގޮތަކުން ފަންނާނުންނަށް ގިނަ ގުނަ ގެއްލުންތަކެއް ލިބިގެން ދާކަށްވެސް އޭނާ ބުނެފައިވެއެވެ.

ނަސީރުއްދީން ބުނިގޮތުގައި މުސްލިމަކަށް ވީތީ އޭނާ އާމެދު މި ދާއިރާއިން އެއްވެސް ތަފާތު ކުރުމެއް ގެންގުޅެފައެއް ނުވެއެވެ. ނަމަވެސް މިދާއިރާގައި އުޅޭ ފަރާތްތަކުން އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފިނަމަ އެހެން މީހުންގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހެއެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އޭނާ ފާހަގަ ކުރެއެވެ.

މުސްލިމު ފިލްމީ ތަރިން ޚިޔާލު ފާޅުކުރުމުން އެމީހުންނަށް އެންމެ ބޮޑަށް ފުރައްސާރަކޮށް ޖެއްސުން ކުރަނީ ހައްދުފަހަނަޅާފައިވާ ހިންދޫންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް