އުރުމިއާ ކޯރުގެ ފެންގަނޑު ހިކި އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާން ފަށައިފި

Loading

Facebook
Twitter
WhatsApp

މީގެ ދެ ޤަރުނު ކުރިން މެދުއިރުމަތީގެ އެންމެ ބޮޑު ކޯރުގެ ގޮތުގައި މަޝްހޫރު އުރްމިއާ ކޯރަކީ އޭރު ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ.

އެކޯރަށް 1995 ވަނަ އަހަރު މީހުން އައިސް އުޅުނު އުފާވެރި މަންޒަރުތައް ސީއެންއެން އާއި ހިއްސާކުރައްވަމުން ޝަރަފްޚަނެހްގެ ކުރީގެ ޕޯޓް ޓައުންގެ ނޫސްވެރިޔާ، އަހަދް އަޙްމަދު ވިދާޅުވި ގޮތުގައި އޭރު ފެތުން ފަދަ ކަންކަމަށް މީހުން އައިސް އެތަނުގައި ދުވަސްކޮޅަކަށް މަޑުވެސް ކޮށްލައެވެ.

ކޯރު ހިމެނޭ ސަރަހައްދު ކަމަށްވާ އީރާނިއަން ޕްރޮވިންސުގެ ހުޅަނގު އަޒަރްބައިޖާންގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި އުރްމިއާ ކޯރު ހިކެމުން ދަނީ ވަރަށް ހަލުއި މިނެއްގައެވެ. އަސްލު ސައިޒުގެ ދެބައިކުޅަ އެއްބަޔަށް ކުޑަވެފައިވާ މިކޯރުގައި 1990ގެ އަހަރުތަކުގައި 5400 ސްކޮޔާ ކިލޯމީޓަރު (2085 ސްކޮޔާ މޭލު) ހުރި ނަމަވެސް މިއަދު އެތަން ވަނީ 2500 ސްކޮޔާ ކިލޯމީޓަރަށް ކުޑަވެފައެވެ. އެހެންކަމުން ކޯރުގެ ފެންގަނޑު ހިކި އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

ފަހަކަށް އައިސް މެދު އިރުމަތީގައި ތިމާވެށީގެ ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުން ނެވެ. މީގެތެރޭގައި އިންސާނުންނަށް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ހޫނުމިން އުފުލިގެން ދިއުމާއި ހަނަފަސްކަން އިތުރުވުން ހިމެނެއެވެ.

ދުނިޔޭގެ ރިސޯސަސް އިންސްޓިޓިއުޓް (ޑަބްލިއުއާރްއައި)ގެ ފެނާ ބެހޭ ގްލޯބަލް ޑިރެކްޓަރ ޗާލްސް އައިސްލެންޑް ސީއެންއެންއަށް މަޢުލޫމާތު ދިން ގޮތުގައި ވާރޭ ވެހޭ މިންވަރު މަދުވެ ފެން ލިބުމަށް ދަތިވެފައިވާ އިރު، އީރާން، އިރާގު އަދި ޖޯޑަން ފަދަ މެދު އިރުމަތީގެ ބައެއް ޤައުމުތަކުން އެކި ބޭނުންތަކުގައި ބިމު އަޑިން ފެންނަގަމުން ދާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިކަމުގެ ސަބަބުން ބިމުގެ އަޑީގައި ހުރި ފެންފަށަލައިގެ މިންވަރު ވަރަށް ބޮޑުތަނުން މަދުވެފައިވެއެވެ.

ވާރޭ ވެހުން މަދުވި ނަމަވެސް ފެން ބޭނުން ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ކޯރުތަކުގެ ފެންގަނޑު ހަލުއި މިނެއްގައި ހިނދެމުންދެއެވެ.

އީރާނުގެ ހަކަތައާއި ބެހޭ މިނިސްޓްރީ އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެކޯރު ހިކުމަށް މެދުވެރިވި މޫސުމީ ބަދަލުތަކުގެ އަސަރު 30 އިންސައްތަ އަށް ވުރެ އިތުރެވެ. އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް ސާވިސް އިން މަޢުލޫމާތުދޭ ގޮތުގައި މިހާރު އީރާނުން ތަޖުރިބާ ކުރަމުން އެދަނީ ފާއިތުވެ ދިޔަ ފަސް ޤަރުނުގެ ތެރޭގައި ކުރިމަތިލާން ޖެހުނު އެންމެ ހަނަފަސް އަދި އެންމެ ހޫނުގަދަ ދުވަސްތަކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް