ޝީ ބިލްޑިންގް ޕާޓީ ކްލަސްޓާއިން އިތުރު ބަޔަކު ޕްޒިޓިވް ވެއްޖެ

  މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގް ގައި ބޭއްވި ކައިވެނި ޕާޓީ ކްލަސްޓާއިން އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އެ ކްލަސްޓާ އިން މިހާތަނަށް 62 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އޮފިޝަލަކު މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ. މި މަހުގެ 20ވަނަ ދުވަހު ބޭއްވުނު މިކައިވެނި ޕާޓީ ކްލަސްޓާގެ ފުރަތަމަ ކޭސް ދެނެގަނެވިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. މިކްލަސްޓަރ […]

ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަނީ

  ބޭރު ގައުމުތަކުގެ ދަތުރުވެރިން ޖަޕާނަށް އެރުން މަނާ ކުރަން ނިންމައިފިއެވެ. މިގޮތަށް ޖަޕާނުން ނިންމައިފައި މިވަނީ ޖަޕާނުން ކޮރޯނާވައިރަހުގެ އާ ބާވަތް ފެނުމާ ގުޅިގެންނެވެ. އެކަމާއި ގުޅިގެން މިއަދުން ފެށިގެން އެގައުމަށް ބޭރު ގައުމުތަކުގެ ރައްޔިތުން ދިޔުން މަނާ ވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ބުނެފައިވަނީ މިފެށޭ ޖެނުއަރީ މަސް ނިމެންދެން ބޭރު ގައުމުތަކުގެ މީހުންނަށް އެގައުމަށް ނުދެވުނު ނަމަވެސް ޖަޕާނުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ […]

ކޮވިޑްގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފި

އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފިއެވެ. އިނިގިރޭސި ވިލާތުން ދަތުރު ކުރި މީހުންނާއި ގުޅުން ހުރި މީހުންގެ ފަރާތުން އާ ވޭރިއަންޓް ފެނިފައިވާ ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕޭން، ސްވިޑަން އަދި ސްވިޒަލެންޑް ވެސް ހިމެނެ އެވެ. ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ އެކު ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ އެޤައުމުގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ. ސައިންސްވެރިން ބުނެފައި ވަނީ އިނގިރޭސި ވިލާތުން ފެނުނު […]

ލަންކާގައި މަރުވާ މުސްލިމުން ވަޅުލައިދޭން ރަނިލް ގޮވާލައިފި

ސްރީ ލަންކާގެ މުސްލިމު މުޖުތަމައުން އެދޭ ގޮތަށް އިސްލާމް ދީނުގައިވާ ގޮތުގެ މަތިން އެ ޤައުމުގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު އަދި އެ ޤައުމުގެ އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރ ރަނިލް ވިކްރަމަނސިންހަ ގޮވާލައްވައިފިއެވެ. ރަނިލްގެ ފަރާތްޕުޅުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ނިންމުމުގެ ފުރިހަމަ ހައްގު އެ މުޖުތަމައަށް ލިބެން ޖެހޭނެ […]

އެންޓާޓިކާ ގައި ތިބި ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ދުނިޔޭގެ އެންމެ އެކަހެރި ބައްރު ކަމަށްވާ އެންޓާޓިކާ ގައި ތިބި ބަޔަކުވެސް ކޮވިޑް-19 ފެނިއްޖެއެވެ. އެންޓާޓިކާ އިން ކޮވިޑް-19 އަށް ފައްސިވީ އެންޓިކާގައި ހުންނަ ޗިލީގެ ބޭސްއެއްގައި ތިބި ބައެކެވެ. މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ބުނާ އެންޓާޓިކާ އިން 36 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ޗިލީ އިން އެންޓާޓިކާގެ ޗިލީބޭސް އަށް ދިޔަ މީހުންނެވެ. އެންޓާޓިކާ އަށް ޗިލީގެ […]

ކޮވިޑްގެ އާ ސްޓްރެއިން އާއި އެކު ސަޢުދީ ބޯޑަރުތަށް ބަންދުކޮށްފި

ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއެއް އިނގިރޭސިވިލާތުން ފެނުމާއި ގުޅިގެން އިއްޔެ ސަޢުދީޢަރަބިއްޔާއިން އެޤައުމުގެ ބޯޑަރުތައް ބަންދުކޮށްފި އެވެ. ސަޢުދީޢަރަބިއްޔާގެބޕްރެސް އޭޖެންސީން އެޤައުމުގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި އެޤައުމުން ވަނީ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް އެއް ހަފްތާއަށް ބަންދުކޮށްފަ އެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެޤައުމަށް ދަތުރު ކުރަން އޮތް ބައިނަލްއަގުވާމީ ފްލައިޓުތައް މިހާރު ވަނީ ކެންސަލް ކޮށްފައި ކަމަށެވެ. މީގެ އިތުރުން ސަޢުދީއިން ވަނީ ވައިރަހުގެ އާ ސްޓްރެއިން ފެނުނު ޤައުމުތަކުން […]

ފުރަބަންދާ ހިލާފުވި އެއްވެސް މީހަކަށް ދަައުވާ ނުކުރަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު ފުރަބަންދުގެ އަމުރާ ހިލާފުވެގެން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ޕީޖީ ހުސައިން ޝަމީމް ނިންމަވައިފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ)، (ށ) އަދި (އ) އިން ބާރު ލިބިގެން ކަމަށެވެ. އެގޮތުން، ލޮކްޑައުން އާ […]

އިއްޔެ ބަންދުކުރި ތިން މިސްކިތެއް ޑިސްއިންފެކްޓްކޮށް ހުޅުވައިފި

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ޑިސްއިންފެކްޓް ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ. ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ވަނީ ރޭގައި ބަންދުކޮށްފައެވެ. އެއީ މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން އާއި މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން އަދި މަސްޖިދުލް އަފީފުއްދީން އެވެ. އެއާއެކު އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ރޭގައި އެ މިސްކިތްތައް ޑިސްއިންފެކްޓްކުރަން ފެށި ކަމަށެވެ. އަދި ޑިސްއިންފެކްޓްކުރުމަށްފަހު މިސްކިތްތަކުގައި ނަމާދުކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން […]

އޮކްސްފޯޑްގެ ވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ޔަގީން ވެއްޖެ

ކޮވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ބުނެފި އެވެ. އެޓީމުގެ ފަރާތުން ވާހަކަ ދެއްކެވި ސެއެންޓިސްޓެއް ކަމަށްވާ ޑރ. އެންޑްރޫ ޕޮލާޑް ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ”ChAdOx1 nCoV-19″ގެ ނަމުން ނަންދީފައިވާ އެވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެގެން ދިޔައީ އެއީ އިންސާނުންގެ ހަށިގަނޑަށް ދޭން […]

ކޮވިޑް ކޮންޓްރޯލްނުވެ ދިގުލާނަމަ ގައުމުތައް ސިއްހީގޮތުންނާއި އިގްތިސާދީގޮތުން އިނދަޖެހިދާނެ: ޑަބްލިޔުއެޗްއޯ

މިއަހަރުގެ ކުރީކޮޅަށްވުރެ ކޮވިޑް-19 މިހާރު ފެތުރެމުންދާ ވަރު މިހާރު މާ ބޮޑުކަމަށާ އެރޯގާ ކޮންޓްރޯލްނުވެ ދިގުލައިގެންދާނަމަ އިގްތިސާދީ ގޮތުންނާއި ސިއްޙީ ގޮތުން ގައުމުތައް އިނދަ ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ބިރު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފިއެވެ. އެ ޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއެސުސް ވިދާޅުވީ ބައެއް ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދިނަމަވެސް އަނެއްބައި ގައުމުތަކުގައި ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދަނީ ބިރުވެރި މިންވަރަކަށް […]