ލަންކާގައި މަރުވާ މުސްލިމުން ވަޅުލައިދޭން ރަނިލް ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ސްރީ ލަންކާގެ މުސްލިމު މުޖުތަމައުން އެދޭ ގޮތަށް އިސްލާމް ދީނުގައިވާ ގޮތުގެ މަތިން އެ ޤައުމުގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު އަދި އެ ޤައުމުގެ އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރ ރަނިލް ވިކްރަމަނސިންހަ ގޮވާލައްވައިފިއެވެ.

ރަނިލްގެ ފަރާތްޕުޅުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ނިންމުމުގެ ފުރިހަމަ ހައްގު އެ މުޖުތަމައަށް ލިބެން ޖެހޭނެ ކަމަށެވެ. މި ގޮތުން ކޮންކްރީޓް ވަޅުތަކެއްގައި މުސްލިމު މައްޔިތުން ވަޅުލުމުގައި ސަރުކާރުން ގޮތެއް ނިންމުމުގެ ކުރިން މުސްލިމު މުޖުތަމައުގެ ބަސް ހޯދަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ރަނިލްގެ ފަރާތުން މި ގޮތަށް ގޮވާލައްވައި ބަޔާނެއް ނެރުއްވާފައި މި ވަނީ ކޮވިޑް-19 ގެ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާލަން އެ ޤައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެނެވެ. އެކަމާ ގުޅިގެން އިސްލާމް ދީނުގައިވާ ގޮތާ ހިލާފަށް މައްޔިތުން އަންދަން ޖެހުމުން އެޤައުމުގެ މުސްލިމު މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ލަންކާގެ ސަރުކާރުން ދެން ނިންމީ ކޮންކްރީޓް ވަޅެއްގައި ވަޅުލުމަށް ފަހު ބިމުގައި ވަޅުލާ ގޮތަށް ހަމަޖެއްސުމަށެވެ.

ރަނިލްގެ ފަރާތުން ނެރުނު ބަޔާނުގައި އިތުރަށް ވަނީ މުސްލިމުންގެ އިތުރުން ކްރިސްޓިއަނުން ވެސް އެ މީހުންގެ ދީނުގެ މީހުން މަރުވުމުން އާންމު ގޮތެއްގައި އަމަލު ކުރާ އުސޫލަކީ ވަޅުލުން ކަމަށާއި އެ ދީނެއްގެ ބަޔަކަށް އެ ދީނެއްގައި އޮންނަ ގޮތެއްގެ މަތިން އެ ކަން ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބުޑިސްޓު ދީނުގެ ލީޑަރުންނާއި، މުސްލިމު ލީޑަރުންނާއި، ހިންދޫ ދީނުގެ ލީޑަރުންނާއި، ކްރިސްޓިއަން ދީނުގެ ލީޑަރުން ހިމެނޭ ގޮތަށް ހުރިހާ ދީނެއްގެ ލީޑަރުންނާއި އިލްމުވެރިންގެ މަޝްވަރާ ވީ އެންމެ ފުޅާ މިނެއްގައި ސަރުކާރުން ހޯދަން ޖެހޭނެ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.

”ޔޫއެންޕީއަކީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް އިހުތިރާމުކޮށް، ޤައުމުގައި ދީނީ އެއްބައިވަންތަކަން އޮންނަ ވަކާލާތު ކުރާ ސިޔާސީ ޕާޓީއެއް ކަމަށާއި ޤައުމުގައި ކަންކަން ހިނގަން ޖެހޭނީ އެއްބައިވަންތަ އުސޫލެއް ދަށުން ކަމަށް ރަނިލްގެ ބަޔާނުގައިވެއެވެ.

ލަންކާގައި އެ ޤައުމުގެ މުސްލިމުން ވަޅުލެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ބައެއް އެހެން ޤައުމުތަކުގައި ލަންކާގެ މުސްލިމުން ވަޅުލެވޭނެ އިންތިޒާމުތައް ހަމަޖައްސަން ލަންކާގެ ސަރުކާރުން އެދިފައިވެއެވެ. މި ގޮތުން ދިވެހި ސަރުކާރުގައި ވެސް އެ ކަމަށް ލަންކާ ސަރުކާރުން އެދުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް