ޔޫތު ކައުންސިލިންގ ޚިދުމަތަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން ”1456“ ތަޢާރަފުކޮށްފި

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ކައުންސެލިންގ ޚިދުމަތްތަކަށް ޚާއްޞަ ހިލޭ ގުޅޭ ނަންބަރު“1456″ ތަޢާރަފުކޮށްފިއެވެ. އެ ހެލްޕްލައިން ތައާރަފުކޮށްފައި ވަނީ ޔޫތު މިނިސްޓްރީންނެވެ. މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.މި ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި: […]
ތޮއްޑޫއިން 100އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އއ. ތޮއްޑޫއިން 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިއުމާ ގުޅިގެން، ތޮއްޑޫއަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 6:00ން 4:00ށް ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައިފާސްކޮށްފައި ވާކަމަށް އެ އިދާރާއިން ބުނެއެވެ. […]
ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ. މިކަމަށްޓަކައި ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. 2026 ޖޫން 8ން 19 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވިއެވެ. އޭގެތެރެއިން 341 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 62 އަންހެން ދަރިވަރުންނާއި 279 ފިރިހެން […]
އިންޑިއާ އިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ނިންމައިފި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު، މިއަދު ދައްކާ، އެ ދަރަނި އެއްކޮށް ހަލާސްކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މާލީ ވުޒާރާއިން ހާމާކުރިގޮތުގައި، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި ސަރުކާރުން، 2024 […]
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެއެވެ. ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު 2026 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. ެޭއޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ޕާކުކޮށްފައި އޮތް ކާރެއްގައި ޖައްސާފައި ދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖައްސާފައި މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ނެސްޓް / ލ. ކަލައިދޫ، ޣުފްރާން ޚާލިދު (26އ) ކަމަށެވެ. އޭނާ ހޯދިއިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވުމުން ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން […]
ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އުޅުނު މީހަކު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ގދ އަތޮޅު ޕޮލިހުން މަޢުލޫމާތު ދިންގޮތުގައި، ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، އެ ރަށު ކައުންސިލް އަދި މިނިސްޓްރީން ގުޅިގެން ކުރެވުނު މަސައްކަތުން އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވަނީ 22 އޮގަސްޓް 2026ގައެވެ. މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އޭނާގެ ހާލަތު ދުވަހުން ދުވަހަށް ވަރަށް […]
ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަމަުގެ ތުހުމަތުގައި ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބަންދަށް

ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަމަުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން މި މީހުން ހައްޔަރުކޮށްފައިވަނީ، ދިވެހިރާއްޖޭގައި ގަވައިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތުކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތާ ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އެމްޑީ މަސްޢޫދު އަޙްމަދު އަދި އަބޫ ޠާހިރުއެވެ. މީގެ ތެރެއިން އެމްޑީ މަސްޢޫދު ބަންދުކޮށްފައިވަނީ […]
ފުއްގިރީގައި ޖަހާފައި ހުރި އެންޓަނާއަކުން ބިދޭސީއަކު ވެއްޓިއްޖެ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި ހުރި އެންޓަނާއެއްގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު އެއިން ވެއްޓި، އޭނާއަށް އަނިޔާތަކެއް ލިބިއްޖެއެވެ. އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 4:00 ހާއިރު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.ފުލުހުން ބުނީ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިން ވެއްޓި އަނިޔާވި މައްސަލަ 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ 15:58 އެހައިކަންހާއިރު […]
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާއެވެ.ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސް މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.އެގޮތުން ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި […]