ޔޫތު ކައުންސިލިންގ ޚިދުމަތަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން ”1456“ ތަޢާރަފުކޮށްފި

Loading

Facebook
Twitter
WhatsApp

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ކައުންސެލިންގ ޚިދުމަތްތަކަށް ޚާއްޞަ ހިލޭ ގުޅޭ ނަންބަރު“1456″ ތަޢާރަފުކޮށްފިއެވެ.

އެ ހެލްޕްލައިން ތައާރަފުކޮށްފައި ވަނީ ޔޫތު މިނިސްޓްރީންނެވެ.

މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.
މި ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

  • ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތް
  • ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި އިރުޝާދު
  • ނަފްސާނީ ކުއްލި އެހީތެރިކަން
  • ޞިއްޙީ ސްކްރީނިންގ ޚިދުމަތްތައް
  • ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް
  • ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން

ޔޫތު މިނިސްޓްރީން ބުނީ މި ޚިދުމަތް ލިބިގެންދާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކު ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެން މި ޚިދުމަތްތައް ހިލޭ ހޯދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް