ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު 2026 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
ެޭއޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
![]()
