”ފޯނު ކޯލެއް ބްރޯޑްކާސްޓްކުރާނަމަ އެފަރާތަކަށް އެކަން އަންގަންޖެހޭނެ“

މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް (ލައިވް ޕްރޮގްރާމްތައް ހިމެނޭހެން) ބްރޯޑްކާސްޓްކުރުމުގައި، ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ސުލޫކީ މިންގަނޑުތަކާއި އަދި ފަންނީ ހަމަތަކަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ. މީޑިއާ ކޮމިޝަނުން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، ދާދިފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ގުޅައި އެފޯނު ކޯލު ލައިވް ކުރުމުގެ ކަންބޮޑުވުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.މީޑިއާ ކޮމިޝަނުގެ […]

އެންޑީއެމްއޭގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި

ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން އެންޑީއެމްއޭއަށް ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެ ބިމެކެވެ.މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް އަދި އެންޑީއެމްއޭ ފަރާތުން […]

ފޭސް 2ގައި މޫދަށް އެރޭނެތަނަކާއި މަސްބާނާ ޕްލެޓްފޯމެއް ހަދަނީ

ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ޤާއިމުކުރުމުގެ ގޮތުން އެޗްޑީސީން އިން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތްއަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސަރވޭއެއް މިހާރު ވަނީ ފަށާފައި ކަމަށެވެ.މި ސަރވޭގެ މައިގަނޑު […]

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ. ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، […]

ވިލިމާލޭގައި ބިންމަތީގައި މަސް ހިއްކަން އަތުރާފައި ބެހެއްޓި މައްސަލައެއް ބަލަނީ

ޞިއްޙަތަށް ނުރައްކާވާ ގޮތަށް ވިލިމާލޭގައި މަސް ހިއްކަން އަތުރާފައި ބެހެއްޓި ބަޔަކު ހުއްޓުވައި އެ މައްސަލަ ބަލަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި ވިލިމާލޭ ސިނާއީ ސަރަހައްދުގައި މިގޮތަށް މަސް ހިއްކަން ބަހައްޓާފައި ހުއްޓާ ފެނިފައިވަނީ، ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ މުވައްޒަފުން ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ބިންމަތީގައި ސަތަރި އަޅާފައާއި، އަދި ފީވެ ދަބަރަށް ވެފައިވާ ޓިނުގަނޑެއްގައިވެސް މަސް ހިއްކަން ބަހައްޓާފައި […]

މާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހ. ފަހިވައި ގޭގެ 7ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 20:46 ހާއިރު ކަމަށާއި، އެއާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 21:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު […]

ހޯމް މިނިސްޓަރާއި ސީޕީ، ސާޖަންޓް ނާފިޢުގެ ޢާއިލާއާ ބައްދަލުކުރައްވައިފި

މުދާ އުފުލާ ސަޕްލައި ދޯންޏެއް ކަމަށްވާ ”ފްރެންޑް 4“ އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. ނާފިޢުގެ ޢާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި، ހޯމް މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ފުލުހުންގެ އިސް ބައެއް […]

ޝާހިދު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަނީ

ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ، ރާއްޖޭގައި އައްޑޫ ސިޓީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައެވެ. މި ޖަލްސާގައި ޝާހިދު ވަނީ، ދިވެހި ރައްޔިތުން މިހާރު ދިރިއުޅެމުންދާ ދަތި ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު މިސާލެއްގެ ގޮތުގައި ނެންގެވި އެއް ކަމަކީ އައްޑޫ ސިޓީން އަބަދުހެން ކަރަންޓު ކެނޑެމުންދާ މައްސަލައެވެ. މިއީ އެ ސިޓީއަށް ދިމާވެފައިވާ، ހައްލެއް ނުލިބި […]

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ސިޓީ ކައުންސިލުން މަސައްކަތް ފަށަނީ

އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާޤުންނެވެ. ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ފާޠިމަތު ޒަހިއްޔާއެވެ. މި މައްސަލާގައި ބުނެފައިވަނީ، […]

ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތުތައް ހޯދަން ސްރީލަންކާގެ ހޮސްޕިޓަލަކާއެކު ސޮއިކޮށްފި

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމާ ގުޅޭ ގޮތުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު މިއަދު ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ. އެމް.އޯ.ޔޫގައި ސޮއިކުރުމަށް ރޯޝަނީ ބިލްޑިންގގެ މޫމިނާ މާލަމުގައި، ބޭއްވުނު މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ […]