ފެމިލީ ކޯޓުގެ ގާޒީ ކަމަށް ގިނަ ބަޔަކު ކުރިމަތިލާފައިވަނިކޮށް އިއުލާނު ބާތިލުކޮށްފި

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ގިނަ ބޭފުޅުންތަކެއް ކުރިމަތިލައްވާފައި ވަނިކޮށް އެ އިއުލާނު މިއަދު ބާާތިލު ކޮށްފިއެވެ. ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭ ްއެސްސީ) އިން ހުޅުވައިލި ފުރުސަތުގައި 25 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެކަމަކު ޖޭއެސްސީއިން މިއަދު ކުރި އިއުލާނުގައި ބުނީ ފެމިލީ ކޯޓަށް ގާޒީން ހޯދަން ކުރިން ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.  އަދި އެ އިއުލާނާ ގުޅިގެން ފެމިލީކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތައް ވެސް ބާތިލުކުރެވިފައިވާ […]

އުރުދުޣާން ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

ތުރުކީގެ ރިޔާސީ އިންތިޚާބު އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބު ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު, ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ. ގިނަ އަދަދެއްގެ ވޯޓު ފޮށިތައް މިހާރު ގުނާފައިވާއިރު 52 ޕަސެންޓް ވޯޓާއެކު ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ. އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއަށް ލިބިވަޑައިގެންފައިވަނީ 47 […]

ތުރުކީގެ ރިޔާސީ އިންތިޚާބު: %52 އާއެކު އުރުދުޣާން ކުރީގައި 

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަމުންދާއިރު ކުރީގައި އުޅުއްވަނީ އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކަމަށް ނަތީޖާއިން ދައްކައިފިއެވެ. ރިޔާސީ އިންތިޚާބު ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު, ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ. ގިނަ އަދަދެއްގެ ވޯޓު ފޮށިތައް މިހާރު ގުނާފައިވާއިރު 52 ޕަސެންޓް ވޯޓާއެކު ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ. […]

ތުރުކީ ރައްޔިތުން ތިބީ މިއަދު އޮތް އިންތިޚާބުގެ ނަތީޖާއަށް ކެތްމަދުވެފަ

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު، މިއަދުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި، އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ. ފާއިތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ތުރުކީގެ ރައްޔިތުންގެ ޚިޔާލުތައް ދެބަޔަކަށް ބެހިފައިވާއިރު، ގިނަ ބަޔަކު ދެކެނީ މި އިންތިޚާބަކީ ވަރުގަދަ ދެފިކުރެއްގެ ދެމެދުގައި ކުރެވޭ ހަނގުރާމައެއްގެ ގޮތުގައެވެ. ރައީސް އުރުދުޣާން ފާހަގަކުރެވިފައިވަނީ އުޘްމާނީ ދަރިދަރިކޮޅަށް ދެމިގެންދިޔަ 600 އަހަރުވީ އޮޓޮމަން އެމްޕަޔަރުގެ އިސްލާމީ ސިޔާސަތުތަކަށް ފާޅުގައި […]

ކޮވިޑު މެނޭޖުކުރި ގޮތް އޮޅުންފިލުވަން ގައުމުތަކުގެ ވެރިން އަޅުގަނޑަށް ގުޅުއްވި: ރައީސް ޞާލިޙް

ކޮވިޑުގެ އާލަމީ ވަބާ ތެރޭގައި ރާއްޖެއިން އެޅި ފިޔަވަޅުތައް އޮޅުން ފިލުއްވަން ގައުމުތަކުގެ ވެރިން ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ބިލެތްދޫގައި އަލަށް އިމާރަތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ކުޑަ މަޑުޖެހުމަކަށް އައީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން އެ ނަގަންޖެހޭ ޒިންމާއެއް ނަގައި، އެ […]

ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި ހައްޔަރުކުރި ޝިފާއު ދޫކޮށްލައިފި

ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޙުސައިން ޝިފާއު ދޫކޮށްލައިފިއެވެ. ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކޮށް މަކަރާއި ހީލަތް ހެދި މައްސަލައިގައި ޙުސައިން ޝިފާއު (37 އ) ހައްޔަރުކުރީ މިދިޔަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. ބަންދާމެދު ގޮތެއް ނިންމަން ރޭ ކޯޓަށް ހާޒިރުކުރުމުން މުޖުތަމައުއަށް ނުރައްކަލެއް ނެތްކަމަށް ބުނެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ޝިފާއު ދޫކޮށްލި ނަމަވެސް މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް […]

އޭޝިއާނާ އެއަރލައިންސްގެ ދަތުރުގެ މެދުތެރެއިން ފްލައިޓްގެ ދޮރު ހުޅުވުން، ބިރުވެރި ވަގުތުކޮޅެއް!

ސައުތު ކޮރެއާ: ހުކުރު ދުވަހު އޭޝިއާނާ އެއަރލައިންސްގެ ޖެޓެއް ސައުތު ކޮރެއާގެ ދައެގޫ އެއަރޕޯޓަށް ކުރަމުންދިޔަ ދަތުރުގެ މެދުތެރެއިން ފްލައިޓުގެ ދޮރު ހުޅުވި، ފްލައިޓުތެރޭގައި ވައިގަދަވެ، ފަސިންޖަރުން ބިރުވެރިކަމެއްގެ މަތީގައި ގޮނޑީގެ އަތްގަނޑުގައި ހިފައިގެން ތިބޭތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.  އެއަރލައިން އޮފިޝަލަކު ބުނެފައިވަނީ، އުޅަނދުގެ އެމަރޖެންސީ ދޮރާއި ގާތުގައި އިން 30 އަހަރުގެ ފިރިހެނަކު އެދޮރު ހުޅުވާފައިވާކަމަށާއި، އެއިރު ފްލައިޓު އޮތީ ބިމުން 700 ފޫޓު (213 މީޓަރު) މަތީގައެވެ. އަދި އެއިރު ފްލައިޓްދިޔައީ ސޯލްގެ […]

ދުބާއީގައި 34 މިލިއަން ޑޮލަރަށް ހުސް ވެލި ބިމެއް ވިއްކައިފި

34 މިލިއަން ޑޮލަރަށް ގަނެވޭނެ އެތައް ބައިވަރު ތަކެއްޗެއްވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ގަނޑުވަރުތަކާއި، އަތިރިމަތީގައި ހުންނަ ބޮޑެތި ގެތަކާއި، އެއްކޮޅުގައި ހުންނައިރު އަނެއްކޮޅު ނުފެންނަ ޝާހީ އިމާރާތްތައް އެއަދަދުގެ ފައިސާއިން ގަނެވިދާނެއެވެ. އަދި މަޝްހޫރު ސްޕޯޓްސް ކާރު، ލެމްބޯރގިނީ ނުވަތަ ރޯލްސް ރޮއިސް ފޭންޓަމް ފަދަ ކާރުތަކުގެ ފްލީޓްތަކާއި، އަމިއްލަ ޖެޓެއްވެސް ގަނެވިދާނެއެވެ.  އެކަމަކު ދުބާއީގައި މިފަހަރު މި ގަތީ ވެލިގަނޑެކެވެ.  ނޫނެކެވެ. މިއީ ކޮންމެ ކޮންމެ ވެލިގަނޑެއް ނޫނެވެ. މިއީ ލަގްޒަރީ ޖުމެއިރާ […]

ނިލަންދޫ ދާއިރާގެ މެމްބަރު ޖޭފޯ އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލްމުޙުސިން ޙަމީދު (ޖޭފޯ) މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ނިލަނދުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މެންބަރު ޢަބްދުލްމުޙުސިން ޙަމީދުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޞާލިޙެވެ. ޢަބްދުލްމުޙުސިން ޙަމީދު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނިލަންދޫގެ ގޮނޑިއަށް ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅެކެވެ. އެމްޑީޕީއަށް ސޮއިކުރެއްވުމާ ހަމައަށް އޭނާ […]

ނަޢީމާ މަރައިލުމަށް ބޭނުންކުރި ދެ ވަޅި ހޯދައިފި

ނ.މަނަދޫ ނަޢީމާ މޫސާ މަރައިލުމަށް ބޭނުންކުރިކަމަށް ބެލެވޭ ދެ ވަޅިއާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު, ފުލުހުން އެ ރަށުން ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ނަޢީމާ މަރައިލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަން ހާމަކުރައްވައިފައެވެ. އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން […]