ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި ހައްޔަރުކުރި ޝިފާއު ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޙުސައިން ޝިފާއު ދޫކޮށްލައިފިއެވެ.

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކޮށް މަކަރާއި ހީލަތް ހެދި މައްސަލައިގައި ޙުސައިން ޝިފާއު (37 އ) ހައްޔަރުކުރީ މިދިޔަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.

ބަންދާމެދު ގޮތެއް ނިންމަން ރޭ ކޯޓަށް ހާޒިރުކުރުމުން މުޖުތަމައުއަށް ނުރައްކަލެއް ނެތްކަމަށް ބުނެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ޝިފާއު ދޫކޮށްލި ނަމަވެސް މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް އޭނާގެ މައްޗަށް ވަނީ އުފުލައިފައެވެ.

ޝިފާއުއާއި އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ ”ކިންގްޑަމް އޮފް ފްރުޓްސް“ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް, އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ޝިފާއުގެ މައްޗަށް 23 ދައުވާއެއް އުފުލައިފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 09 ދައުވާ, މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 07 ދައުވާ އަދި މަނީ ލޯންޑްރިންގގެ ކުށުގެ 07 ދައުވާއެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123,844.54 އެމެރިކާ ޑޮލަރުކަމަށް ދައުލަތުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް