ދުބާއީގައި 34 މިލިއަން ޑޮލަރަށް ހުސް ވެލި ބިމެއް ވިއްކައިފި

Loading

Facebook
Twitter
WhatsApp

34 މިލިއަން ޑޮލަރަށް ގަނެވޭނެ އެތައް ބައިވަރު ތަކެއްޗެއްވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ގަނޑުވަރުތަކާއި، އަތިރިމަތީގައި ހުންނަ ބޮޑެތި ގެތަކާއި، އެއްކޮޅުގައި ހުންނައިރު އަނެއްކޮޅު ނުފެންނަ ޝާހީ އިމާރާތްތައް އެއަދަދުގެ ފައިސާއިން ގަނެވިދާނެއެވެ. އަދި މަޝްހޫރު ސްޕޯޓްސް ކާރު، ލެމްބޯރގިނީ ނުވަތަ ރޯލްސް ރޮއިސް ފޭންޓަމް ފަދަ ކާރުތަކުގެ ފްލީޓްތަކާއި، އަމިއްލަ ޖެޓެއްވެސް ގަނެވިދާނެއެވެ. 

އެކަމަކު ދުބާއީގައި މިފަހަރު މި ގަތީ ވެލިގަނޑެކެވެ. 

ނޫނެކެވެ. މިއީ ކޮންމެ ކޮންމެ ވެލިގަނޑެއް ނޫނެވެ. މިއީ ލަގްޒަރީ ޖުމެއިރާ ބޭ އައިލެންޑުގައި ހުސްކޮށް އޮތް  24,500 އަކަފޫޓުގެ ބިމެކެވެ. ރިއަލް އެސްޓޭޓް ދުނިޔޭގައި ބިމާއި ގެތަކުގެ އަގު އިންތާހައަށް މަތީގައި އުޅޭ ދުބާއީގައި މި ބިން ވިކިފައި މިވަނީ އެންމެ ފައިސާވެރިންވެސް ރޮއްވައިލާފަދަ އަގެއްގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް