ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާ އޭނާގެ އާއިލާއަށް ޚަބަރެއްވެއްޖެ

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާގެ ޚަބަރެއް އާއިލާއަށްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ހއ.އިހަވަންދޫ/ނަސްރީނުގެ ޢާއިޝަތު އިޙްސާނާ (32އ) އާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅުގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މެއި 29 ވަނަ ދުވަހުއެވެ. އިޙްސާނާ ހޯދަމުންދާކަން އިއުލާނުކޮށް ފުލުހުން މިއަދު ހެނދުނު ހާމަކުރި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ, ހިޔާ 06-4-15 އިންނެވެ. […]

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ކައުންސިލުން ނިންމައިފި

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމީ މިއަދު ބޭއްވި ކައުންސިލުގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ޖަލްސާއަށް މެންބަރަކު ހުށަހެޅުއްވި މި ހުށަހެޅުމާ ގުޅިގެން ޖަލްސާގައި މަޝްވަރާ ކުރެއްމަށްފަހު ކައުންސިލުން ނިންމީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި […]

ނިޔޯމްއާ ދޭތެރޭގައި ސައުދީ އަމީރުގެ އޮތް އެންމެ ފަހުގެ ވިޜަން ހާމަކުރައްވައިފި

ހުޅަނގު އުތުރު ސައުދީ އަރަބިއާގެ ހަނަފަސް ސަހަރާގައި ބިނާކުރުމަށް ރޭވިފައިއޮތް ޓްރިލިއަން ޑޮލަރުގެ މެގަސިޓީގެ މަސައްކަތުގައި ކުލަޖެހެން ފަށައިފިއެވެ.  ސައުދީ އަރަބިއާގެ ތާބޫކް ޕްރޮވިންސްގައި ބިނާކުރުމަށް ތައްޔާރުވެފައިވާ ސްމާޓް ސިޓީ، ނިޔޯމްއަކީ، ސައުދީ އަރަބިއާގެ އަމީރު އަދި ވަލީއަހުދު، މުޙައްމަދު ބިން ސަލްމާނުގެ ޚިޔާލުފުޅެކެވެ.  ސައުދީގެ އިގުތިސާދު ސިންދަފާތު ކުރެއްވުމަށާއި، ފޮސިލް ފިއުލް ނުވަތަ އިއާދަ ނުކުރަނިވި ހަކަތައަށް އެގައުމުން ވާ ބަރޯސާ ނައްތާލުމުގެ ވިސްނުންފުޅަކާއެކު ފެއްޓެވި މި މަޝްރޫޢަށް ބިލިއަނުން ފައިސާ ވަންނާނެކަމަށް އަމީރު ދެކެވަޑައިގަންނަވައެވެ. […]

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ, ގެއްލުނީ 2 އަހަރުގެ ދަރިފުޅާ އެކުގައި

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ހއ. އިހަވަންދޫ/ނަސްރީނުގެ, ޢާއިޝަތު އިޙްސާނާ (32އ) އެވެ. ފުލުހުން ބުނީ އޭނާގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ, ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ.  އޭނާ ގެއްލިފައިވަނީ އޭނާގެ ދެ […]

ސައުދީން ސިންގަޕޫރަށް ބޭރުކުރާ ތެލުގެ އަދަދު ރިކޯޑު މިންގަނޑެއްގައި

ދުނިޔޭގެ އެންމެ ބޮޑު ކްރޫޑް ތެޔޮ އެކްސްޕޯޓަރު ކަމުގައިވާ ސައުދީ އަރަބިއްޔާއިން, ރަޝިއާއިން ހެޔޮ އަގުގައި ޑީސަލް ގަތުމަށްފަހު، ބޮޑު އަގެއްގައި ސިންގަޕޫރަށް ބޭރުކުރަމުންދާކަމަށް މުދާ އުފުލާ ބޯޓުތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.  ޓްރޭޑިންގެ ދުނިޔޭގައި މަޝްހޫރު، ކޭޕްލަރ އަދި ރެފިނިޓިވް އާއި ހަވާލާދީ އެނގޭ ގޮތުގައި، ސައުދީން މެއި މަހުގެ ނިޔަލަށް 500،000 ޓަން (3.7 މިލިއަން ފީފާ) ގެ ޑީސަލް ރަޝިއާއިން އެތެރެކުރާނެއެވެ. އަދި އޭގެ ގިނަ ތެޔޮ އަންނާނީ ސައުދީގެ ރަސް ޓަނޫރާއަށް ކަމަށްވީއިރު، […]

ރާއްޖެއަށް އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލައެއް އުޅޭތީ ބޭނުންކުރުން މަނާކޮށްފި

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ އިންޖެކްޝަނެއްގައި މައްސަލައެއް އުޅޭތީ އެ އިންޖެކްޝަންގެ ވަކި ބެޗުތަކެއް ބޭނުންކުރުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ (Ranitidine Injection) Aciloc ގެ ބެޗަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މި ޕްރޮޑަކްޓްގެ ބެޗް ނަންބަރު RP21311 ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ. “އެހެންކަމުން މި ބޭހުހެ މި ބެޗް އެއްވެސް ފާމަސީއެއް […]

ތުރުކީގެ ރައްޔިތުންގެ ނިންމުން ޔޫރަޕް ޙައިރާން ކޮށްލުވައިފިއެވެ

ތުރުކީގެ ރައްޔިތުންގެ ނިންމުންފެނިފާ ޔޫރަޕްގެ ވެރިންގެ ޙައިރާންވެ ދެލޯ ބޮޑުވެއްޖެއެވެ. އެބައިމީހުންގެ އެތައް ދިރާސާތަކަކާއި އުންމީދު ތަކަކާއެކު ތުރުކީ ޔޫރަޕްގެ ގޮތަށް ފުރޮޅާލަން ކުރި ހޭދައާއި ވަގުތު ބޭކާރު ވެގެން ދިޔުމުންނެވެ. ރައްޔިތުންގެ ނިންމުން ހާމަވުމާއި ހަމަޔަށްވެސް އެމީހުންގެ ބަސްމަގު ހާމަކުރަމުން ގެންދިޔައީ ރައީސް އުރުދުޣާންގެ ވަގުތު ހަމަވެއްޖެކަމަށެވެ. ޔޫރަޕުގެ ފުރިހަމަ ތާއީދާއެކު ތުރުކީއަށް ނިސްބަތްކުރެވޭ 6 ސިޔާސީ ޕާރޓީގެ ފަރާތުން އިންތިޚާބަށް ވާދަކުރެއްވި ކަމާލް ކިލިޖްރޯލޫ ރައްޔިތުންގެ ނިންމުމުގައި ސިއްކަ ޖެހެންދެންވެސް ވިދާޅުވަމުން ގެންދެވީ ތުރުކީ ދެން އޮންނާނީ ޔޫރަޕްގެ ގޮތްތަކަށް ލެނބިފައިވާ ގައުމެއްގެ […]

އެބަޔަކު ކުޅަ ޢަމަލެއްގެ ނަތީޖާއާއި އެބަޔަކު ކުރިމަތިލާން ޖެހިދޭ  

ޤައުމިއްޔަތެއް ދިރުވައި ޤައުމެއް އާރާސްތު ކުރުމަށް ޤައުމުގެ އަފުރާދުންގެ ހިތްތަކުގައި ޤައުމީލޯތްބާއި ޖޯޝް އުފަންދަންޖެހެއެވެ. ގައުމެއް ބިނާކުރެވޭނީ ގައުމީ  ބަހާތަކެއް ދިރުވައިގެންނެވެ. ޔަޢުނީ އަމިއްލަ ތާރީޚާއި ބަހާއި ސަގާފަތެވެ. ޤައުމީ އަބުތޯލުންނާއި ހަރުދަނާ މުޙްތަރަވް ޝަޚުސިއްޔަތް ތަކެެވެ. ​އޮނަވިހި ގަރުނާއި ރާއްޖެ ކުރިމަތިލީއިރު އަވަށްޓެރި ހަވާދުކަރައިގެ ވޯރާވެރިން ވަނީ ރާއްޖޭގެ ރަސްމަތިފުށު ޢާއިލާތަކަށް ދޮލަނގުދީގެން ދިވެހިންގެ ވިޔަފާރި އެމީހުންގެ ގޮއްމުށަށް މަހާލާފައެވެ. އިމްޕޯޓާއި އެކްސްޕޯޓްވަނީ އެމީހުންގެ އަތްދަށުގައެވެ. އެއާއިއެކު ގަރުނުގެ މެދުތެރެއަށް އައިއިރު ހަވާދުކަރައިގެ ވޯރާވެރިން ރާއްޖޭގެ ދާޚިލީ އަދި ސިޔާސީ ކަންކަމުގެ ތެރެއަށްވަދެ […]

ރައީސަށް “ޗޯރު އިބުރޭ“ ކިޔުން ނަޝީދަށް އޯކޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ނިސްބަތްކޮށް “ޗޯރު އިބުރޭ“ ކިޔުން ހުއްޓުވުމަކީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “ޗެނަލް 13“ އިން ބްރޯޑްކާސްޓްކުރި ތިން ލަވައެއްގައި ރައީސް ޞާލިޙްގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭކަމަށް ބުނެ އެ ލަވަތައް ދެއްކުން ހުއްޓާލަން އަންގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. ބްރޯޑްކޮމްއިން ޗެނަލް 13 އަށް […]

”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރުމުން މަގާމުން ވަކިކޮށްފި

އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރެއްވުމުން ތިން ބޭފުޅަކު މަގާމުން ވަކިކުރައްވައިފިއެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު މަގާމުން ވަކިކުރެއްވީ ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ހަމްދާން އަދިި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި މުޙައްމަދު އަންޞާރެވެ. މިކަމާ ގުޅިގެން […]