ނިލަންދޫ ދާއިރާގެ މެމްބަރު ޖޭފޯ އެމްޑީޕީއަށް ސޮއިކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލްމުޙުސިން ޙަމީދު (ޖޭފޯ) މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ނިލަނދުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މެންބަރު ޢަބްދުލްމުޙުސިން ޙަމީދުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޞާލިޙެވެ.

ޢަބްދުލްމުޙުސިން ޙަމީދު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނިލަންދޫގެ ގޮނޑިއަށް ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅެކެވެ. އެމްޑީޕީއަށް ސޮއިކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ ރަށުގެ އިތުރު ބަޔަކު ވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށް މެމްބަރޝިޕް ފޯމު ހަވާލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް