ނަޢީމާ މަރައިލުމަށް ބޭނުންކުރި ދެ ވަޅި ހޯދައިފި

Loading

Facebook
Twitter
WhatsApp

ނ.މަނަދޫ ނަޢީމާ މޫސާ މަރައިލުމަށް ބޭނުންކުރިކަމަށް ބެލެވޭ ދެ ވަޅިއާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު, ފުލުހުން އެ ރަށުން ހޯދައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ނަޢީމާ މަރައިލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަން ހާމަކުރައްވައިފައެވެ. އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން މިހާރު ބަލައި ފާސްކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

އޭގެފަހުން ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޢީމާ މަރައިލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ފުލުހުން ހޯދާފައިވާ ކަމަށެވެ.

“ނަޢީމާ މޫސާ މަރައިލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅައި، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނެގިފައިވޭ.“

އެތަކެތި ހޯދީ މަނަދޫ “ނާމަގު“ ކިޔާ ސަރަހައްދުގެ ހޭޅިފަށާ ދިމާއިން ކަމަށް މައުލޫމާތު ލިބެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް