ފެމިލީ ކޯޓުގެ ގާޒީ ކަމަށް ގިނަ ބަޔަކު ކުރިމަތިލާފައިވަނިކޮށް އިއުލާނު ބާތިލުކޮށްފި

Loading

Facebook
Twitter
WhatsApp

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ގިނަ ބޭފުޅުންތަކެއް ކުރިމަތިލައްވާފައި ވަނިކޮށް އެ އިއުލާނު މިއަދު ބާާތިލު ކޮށްފިއެވެ.

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭ ްއެސްސީ) އިން ހުޅުވައިލި ފުރުސަތުގައި 25 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އެކަމަކު ޖޭއެސްސީއިން މިއަދު ކުރި އިއުލާނުގައި ބުނީ ފެމިލީ ކޯޓަށް ގާޒީން ހޯދަން ކުރިން ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ. 

އަދި އެ އިއުލާނާ ގުޅިގެން ފެމިލީކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތައް ވެސް ބާތިލުކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ނަމަވެސް އެ އިއުލާނު ބާތިލު ކުރި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް