ތުރުކީ ރައްޔިތުން ތިބީ މިއަދު އޮތް އިންތިޚާބުގެ ނަތީޖާއަށް ކެތްމަދުވެފަ

Loading

Facebook
Twitter
WhatsApp

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު، މިއަދުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި، އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ.

ފާއިތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ތުރުކީގެ ރައްޔިތުންގެ ޚިޔާލުތައް ދެބަޔަކަށް ބެހިފައިވާއިރު، ގިނަ ބަޔަކު ދެކެނީ މި އިންތިޚާބަކީ ވަރުގަދަ ދެފިކުރެއްގެ ދެމެދުގައި ކުރެވޭ ހަނގުރާމައެއްގެ ގޮތުގައެވެ.

ރައީސް އުރުދުޣާން ފާހަގަކުރެވިފައިވަނީ އުޘްމާނީ ދަރިދަރިކޮޅަށް ދެމިގެންދިޔަ 600 އަހަރުވީ އޮޓޮމަން އެމްޕަޔަރުގެ އިސްލާމީ ސިޔާސަތުތަކަށް ފާޅުގައި ތާއީދުކުރައްވާ، އެދުވަސްވަރުގެ ޝާނަށް ތުރުކީ އަނބުރާ ގެންގޮސްދެއްވުމަށް މަސައްކަތްކުރައްވާ ވަރުގަދަ ވެރިއެއްގެ ގޮތުގައެވެ.

މުސްލިމުން ގުސްތަންތީނިއްޔާ ނުވަތަ ކޮންސްޓަންޓިނޯޕްލް ފަތަހަކޮށްފައިވަނީ އޮޓޮމަން ރަސްކަމުގެ ތެރޭގައެވެ.

އެއާއި ޚިލާފަށް އިދިކޮޅު ކެންޑިޑޭޓް، ކެމާލް ކިލިޗްދަރޯލޫ ފާހަގަކުރެވެނީ ހުޅަނގުގެ ފިކުރާއި ގާތް ފިކުރެއްގެ ވެރި ފަރާތެއްގެ ގޮތުގައެވެ.

އިދިކޮޅު ސަޕޯޓަރުންގެ ބަޔަކު ބުރުގާ އަޅައިގެން ތިބޭ މުސްލިމް ކަނބަލުންނަށް މަގުމަތިން ފުރައްސާރަކުރާއިރު، ދީނީ ޒުވާނުންނާއި ޖަދަލުކުރާތަންވެސް މިފަހުން އާންމުވެފައިވާ ވީޑިއޯތަކުން ވަނީ ފެނިފައެވެ.

ކެމާލްވަނީ އުރުދުޣާންގެ ސަޕޯޓަރުންނާއި، އޭނާއަށް ވޯޓުލީ ފަރާތްތަކަކީ އަޚުލާގީ މިންގަނޑުތަކަށް ނުބަލާ ބައެއްކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް