އޭޝިއާނާ އެއަރލައިންސްގެ ދަތުރުގެ މެދުތެރެއިން ފްލައިޓްގެ ދޮރު ހުޅުވުން، ބިރުވެރި ވަގުތުކޮޅެއް!

Loading

Facebook
Twitter
WhatsApp

ސައުތު ކޮރެއާ: ހުކުރު ދުވަހު އޭޝިއާނާ އެއަރލައިންސްގެ ޖެޓެއް ސައުތު ކޮރެއާގެ ދައެގޫ އެއަރޕޯޓަށް ކުރަމުންދިޔަ ދަތުރުގެ މެދުތެރެއިން ފްލައިޓުގެ ދޮރު ހުޅުވި، ފްލައިޓުތެރޭގައި ވައިގަދަވެ، ފަސިންޖަރުން ބިރުވެރިކަމެއްގެ މަތީގައި ގޮނޑީގެ އަތްގަނޑުގައި ހިފައިގެން ތިބޭތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. 

އެއަރލައިން އޮފިޝަލަކު ބުނެފައިވަނީ، އުޅަނދުގެ އެމަރޖެންސީ ދޮރާއި ގާތުގައި އިން 30 އަހަރުގެ ފިރިހެނަކު އެދޮރު ހުޅުވާފައިވާކަމަށާއި، އެއިރު ފްލައިޓު އޮތީ ބިމުން 700 ފޫޓު (213 މީޓަރު) މަތީގައެވެ. އަދި އެއިރު ފްލައިޓްދިޔައީ ސޯލްގެ ދެކުނަށް 150 މޭލު (240 ކިލޯމީޓަރު) ބޭރުގައި އޮންނަ އެއަރޕޯޓަށް ދެތިން މިނެޓުތެރޭގައި ޖެއްސުމަށް ތައްޔާރުވަމުންކަމަށެވެ.

މި ފިރިހެން މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު، މައްސަލަ ތަހުގީގުކުރި ފުލުހުން ބުނެފައިވަނީ އެމަރޖެންސީ ދޮރު ހުޅުވިކަމަށް އޭނާ އެއްބަސްވެފައިވީ ނަމަވެސް، އެކަންކުރި ވަކި ސަބަބެއް ކިޔައިނުދޭ ކަމަށެވެ. 

ސައުތު ކޮރެއާގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗާ އެންޑް ޓްރާންސްޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެވުޒާރާއާއި ފުލުހުން ގުޅިގެން އޭވިއޭޝަން ގާނޫނާއި ޚިލާފުވެފައިވާ މީހެއްގެ މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް