އުރުދުޣާން ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ތުރުކީގެ ރިޔާސީ އިންތިޚާބު އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބު ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު, ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ.

ގިނަ އަދަދެއްގެ ވޯޓު ފޮށިތައް މިހާރު ގުނާފައިވާއިރު 52 ޕަސެންޓް ވޯޓާއެކު ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ. އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއަށް ލިބިވަޑައިގެންފައިވަނީ 47 ވޯޓެވެ.

މި ނަތީޖާއާއެކު އުރުދުޣާންގެ ސަޕޯޓަރުން މިހާރު ވަނީ އުފާ ފާޅުކުރަން ފަށައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް