ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް 15 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލްމަހުގެ 15 ވާ  ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީސީން މިއަދު ނިންމާފައިވާ ކަމަށެވެ. “ފޯމު ބަލައިގަތުން މާދަމާ އިން ފެށިގެން.“ ޙަބީބް ވިދާޅުވިއެވެ. ފޯމު ހުށަހެޅުމަށް އޮންނަ މުއްދަތަކީ ހުޅުވައިލާ ތާރީޚުން ފެށިގެން 14 ދުވަހުގެތެރޭގައެވެ. […]

އެންމެ މީރު މަގުމަތީ ކެއުމަކީ ކޮބާ

ކެއުމަކީ އެއާނުލައި ހަމަ އެކަކަށްވެސް ދިރިނުހުރެވޭނެ އެއްޗެކެވެ. މީރު ކާއެއްޗެއްސަށް ލޯބި ކުރުމަކީ ތަބީޢީ ކަމެކެވެ. ހަމައެފަދައިން މަގުމަތީ ކެއުން ނުވަތަ ސްޓްރީޓްފޫޑް މިއީވެސް ވަރަށް ގިނަ ބަޔަކު އަބަދާ އަބަދު ތަޖްރިބާ ކުރަމުން ދާ އެއްޗެކެވެ. ރައްޓެހި ރަޙްމަތްތެރިންނާއެކު މަގުމަތީ ކެއުމެއް ޙިއްސާ ކޮށްލުމަކީވެސް ވަރަށްހިތްހަމަޖެހޭ ކަމެކެވެ. އެހެންވީމާ މީރު ކެއުމާއި މީރުކެއުން ލިބޭތަންތަން އޮޅުންފިލުވައި ދިނުމަކީ ބަޔަކުމީހުން ކެނޑި ނޭޅި ކުރަމުންގެންދާ ކަމެކެވެ. ސިންގަޕޯރަކީ ކެއުމުގެ ބާވަތްތަކުގައި އެންމެ ކުރީސަފުގައި އުޅޭ ގައުމެކެވެ. ތަފާތު […]

ބަނގުރާ ގެންގުޅެ ވިޔަފާރިކުރުން: ކޯޓަށް ނުގެންގޮސް މެންބަރު ފަލާހުގެ ދަރިފުޅު ދޫކޮށްލައިފި

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އިތުރު ބަޔަކާއެކު ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙްގެ ދަރިފުޅު އަޙްމަދު ޠައިބާން މުޙައްމަދު ކޯޓަށް ހާޒިރުނުކޮށް ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ. ޠައިބާންއާއި ރައްޔާން އާތިފް ކިޔާ ދިވެއްސަކާއި ބަންގްލަދޭޝްގެ ޑިޑަރ އަލަމް ބުއިޔަން ކިޔާ މީހަކު ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހުގެރޭގައެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން މި މަހުގެ 21 ވަނަ ދުވަހު […]

މައުމޫނުގެ އެމްއާރްއެމް 3,000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓަށް 

ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެންޖެހޭ ކަމަށް ގާނޫނުގައި ބުނާ އަދަަދަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި މެންބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް ތިން މަސް ދުވަހުގެ ނޯޓިސް ދީފިއެވެ. ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް އެ ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެއެވެ. އެ އަދަދަށް މެންބަރުން ހަމަނުވާތީ އިލެކްޝަން ކޮމިޝަނުން އެމްއާރްއެމްއަށް ތިން މަސް ދުވަހުގެ ނޯޓިސްދިނީ މިދިޔަ ބުދަ ދުވަހުގައެވެ. އީސީން އެންމެ ފަހުން އާންމުކުރި […]

ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރައްވާނެކަމުގެ އިންޒާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ބޭނުންވާ އަދަދަށް މެންބަރުން […]

މެލޭޝިޔާގައި 150 ބިދޭސީން މަރުވި މައްސަލަ ތަޙްގީގުކުރަން ގޮވާލައިފި

މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރެއްގައި މިދިޔައަހަރު ކުޑަކުދިންތަކެއްވެސް ހިމެނޭގޮތުގައި 150 މީހުން މަރުވެފައިވާތީ މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރުތަކު ޙާލަތު ދެނެގަނެ ރަނގަޅުކުރަން ޖެހިފައިހުރި ކަންތައްތައް ރަނގަޅު ކުރުމަށް އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ގޮވާލައިފިއެވެ.                      މެލޭޝިޔާގައި ސައްޙަ ލިއެކިއުންތައް ނެތި އުޅޭ ބިދޭސީން ހައްޔަރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އޭގެ ތެރޭގައި ސިޔާސީ ޙިމާޔަތަށް އެދޭ މީހުންނާއި ރޮހިންޖާގެ ރެފިއުޖީންވެސް ހިމެނެއެވެ.                 […]

ދީނާއި ޤައުމުތޯ ނޫނީ ޕާރޓީ އާއި ފިކުރުތޯ؟

ދާދި އިހަށް ދުވަހުގެ ވާހަކައެވެ. 2008 ގެ ފެބްރުއަރީ 01 ވަނަ ދުވަހު އޭރުގެ ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ބަޔަކަށް ދިވެހި ޚާއިނުންތަކެއް ވަސްވާސްދީގެން ނެރުނު ޙުކުމެއްގެ މައްސަލައެވެ. އަޅުގަނޑު މިހެން މިދަންނަވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔަކު އެދުވަސްވަރު ތިމަންނަމެން ބުނެގެން ހުކުމެއް ނެރުނީމަވެސް އެވެނިހެން މިވެނިހެންވީ ވާހަކަ ދެއްކެވިކަން ސޯޝަލް މީޑިއާގަ އެނބުރުނީމައެވެ. މިވިޔަފާރިވެރީންނަށްވެސް އެމީހުންގެ ވިޔަފާރިއާ ޕާރޓީ، އިސްލާމް ދިނާއި މިޤައުމަށްވުރެ ބޮޑެވެ.  ޤައުމުގެ މަސްލަހަތަކީ އެއްވެސް އެއްޗެއް ނޫންކަމަށް ވީތޯއެވެ؟ ދީނާއި […]

ސިޔާމްގެ އެމްޑީއޭގެ ތާއީދު ރައީސް ޞާލިޙަށް

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް, ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަން އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.  ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ނިންމެވުން އަނބުރާ ގެންދެވިކަން ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ ޕާޓީން އެ ދުވަހު ނިންމީ އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށެވެ. އެއާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ޕީޕީއެމްއިން އެމްޑީއޭއާއެކު […]

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޞާލިޙާ ކުރާނެ މަޝްވަރާއެއް ނެތް: ނަޝީދު

އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމުގައި ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ރައްދުދެއްވައި އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައެވެ. ނަޝީދުގެ ފުރަތަމަ ޓްވީޓުގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީއާ ކުރައްވާނެ މަޝްވަރާއެއް ނެތް […]

ރައީސް ބައިޑްން އެއަރފޯސް ވަން ގެ ސިޑި މައްޗަށް ވެއްޓިއްޖެ

ޕޯލެންޑުގެ ވޯރސޯ ގައި އެއަރފޯސް ވަން އަށް އަރައިވަޑައިގަންނަވަނިކޮށް ރައީސް ބައިޑްން ސިޑިމައްޗަށް ވެއްޓި ވަޑައިގެންފިއެވެެ. އެ ވީޑިއޯ މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.  ވީޑިއޯއިން ފެންނަގޮތުގައި ސިޑީގެ އެންމެ މަތީ ބައިގާ ފްލައިޓަށް ވެދެވަޑައިގަތުމުގެ ކުރިން ސަލާމަށް އަތްހޫރާ ލުމުގެ ކުރިން އަރި އަޅާލައިގެން ވެއްޓި ވަޑައިގަތީއެވެ.  އެހެންނަމަވެސް މިކަން މިގޮތަށް ދިމާވި ސަބަބެއް އަދި ނޭގެއެވެ. ރައީސް ބައިޑް ޔޫކްރެއިނަށާއި ޕޯލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި ވޯޝިންގޓަނަށް ވަޑައިގަންނަވަން އޮތީ ބުދަ ދުވަހުގެ ހަވީރުގައެވެ.             […]