ސިޔާމްގެ އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމްއިން ހުށަހަޅައިިފި

އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަން އެލަޔަންސް (އެމްޑީއޭ) އަށް ދައުވަތުދީފިއެވެ. އެމްޑީއޭއާ ކޯލިޝަން ހަދަން އިދިކޮޅު ކޯލިޝަނުން ހުށަހެޅީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ އިރުޝާދުގެ ދަށުންނެވެ. ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ހެނދުނު ސިޓީއެއް ފޮނުވާފައިވާ ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ. އެ ގޮތުން އެމްޑީއޭއިން ވަނީ މިއަދު ހަވީރު އިދިކޮޅު ކޯލިޝަނާ ބައްދަލުކުރަން ނިންމާފައެވެ. އެ […]

އިރާގުން ޗައިނާއާއެކު ކުރާ ވިޔަފާރީގެ އަގު ޔުއާނުން އަދާކުރާގޮތަށް ނިންމައިފި

ރޮއިޓާރސް އިން ޚަބަރުދޭގޮތުގައި އިރާގާއި ޗައިނާއާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތު ތަކުގެ އަގު ޔުއާނުން (ޗައިނާ ފައިސާ އިން) އަދާކުރުން ހުއްދަކުރާގޮތަށް އިރާގުގެ މަރުކަޒީބޭންކުން މިއަދު ނިންމައިފިއެވެ.  މިއީ އިރާގަށް ދިމާވެފައިވާ ބޭރުފައިސާ ލިބުން ދަތިވުމުގެ ސަބަބުން އެޅުއްވި ފަޔަވަޅެއް ކަމަށް ބެލެވެއެވެ. ގައުމުގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިކަމާހުރެ އެހެން މަގެއްފެނޭތޯ މަރްކަޒީ ބޭންކުން ގެންދަނީ ބަލާ ފާރަލަމުންނެވެ. މީގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ރުހުމާއެކު މިމަހުގެ ތެރޭގައި އިރާގުގެ ފައިސާގެ އަގުވެސް ވަނީ އަލުން ބަދަލު ކޮށްފައެވެ. އަނެއްކާވެސް އެމިރިކާގެ އަށް […]

ރިޒާ އަވަހާރަވުމަކީ ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމަކީ އިދިކޮލޫ ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. ރިޒާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޕާޓީގެ ގެ ސެނެޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އޮނަރަބަލް އިބްރާހީމް ރިޒާ އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ވަރަށް ވެސް ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ. […]

ދީނާއި މިނިވަންކަން ހިމާޔަތްކުރަން ކަމަށް ބުނެ ރައީސް ޞާލިޙަށް ތާއީދުކުރަން ޢަދާލަތުން ނިންމައިފި

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމަށް ނިންމާފައިވާ ކަަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ. ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން އެ މަނިކުފާނަށް ތާއީދުކޮށް ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާއަށް ރައީސް ޞާލިޙް ދައުވަތު އަރުވާފައިވާތީ އެކަމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު ޢަދާލަތުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. އެމްޑީޕީއާއެކު […]

އެމެރިކާ އޮތީ އަހަރެމެންނަށް ގޮތް ކިޔާދެވޭ މަގާމެއްގައެއްނޫން -ޗައިނާ

ޗައިނާއިން ރޮއިޓާސް ޚަބަރުދޭގޮތުގައި ޗައިނާއިން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދޭކަމަށް ބުނެ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ދިން އިންޒާރަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޭންގް ވެންބިން އެމެރިކާއަށް ޖަވާބު ދީފިއެވެ.  އޭނާ ވިދާޅުވީ އެމެރިކާ މިހާރު ތިޔައޮތީ ޗައިނާއިން ކަންތައްކުރަންވީގޮތް ބުނެދެވޭފަދަ މަގާމެއްގައި ނޫންކަމަށެވެ. ވޭންގް ވެންބިން މިހެން ވިދާޅުވިއިރު މިއުނިކްގައި އޮތް ސެކިއުޓީ ކޮންފަރެންސްގެ ހާވާސާގައި ބްލިންކަން އާއި ބައްދަލު ކުރެއްވުމަށްފަހު ޗައިނާގެ އެންމެ އިސް ޑިޕޮލޮމެޓް (ޚަރިޖީ ވަޒީރު)  މޮސްކޯއަށް ދަތުރުފުޅު ކުރައްވާގޮތަށް ވަނީ […]

މާލޭގައި ހަށިވިއްކާ ގުރޫޕެއް ހައްޔަރުކޮށްފި

ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުން ރޭ ހިންގި އޮޮޕަރޭޝަނެއްގައެވެ. “މާލޭގައި ރޭ ހިންގި އޮޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކޮށް 4 މީހުން ވަނީ ހައްޔަރުކޮށްފައި.“ ފުލުހުން ދެންމެއަކު ވިދާޅުވިއެވެ. މި މައްސަލައިގައޮ ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ. މި ހަތަރު މީހުންގެ […]

ފުލެޓާއި ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ކޮމިޓީއެއް, ޗެއާއަކަށް އަކްރަމް

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފުލެޓާއި ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަވައިފިއެވެ. ޕްލޭނިންގ މިނިސްޓްރީން މިއަދު ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ “ގެދޮރުވެރިންގެ ކޮމިޓީ“ އިން ކަމަށެވެ. އެ ކޮމިޓީގެ ޗެއާޕާސަންއަކީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޯ-ޗެއަޕާސަންއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް […]

އަވަސް އަރުވާލައިގެން ރައީސް ޔާމީނަށް ޙުކުމް ޖެހުމަށް ސަރުކާރުން ދަނީ ޖުޑީޝަރީއަށް އަތް ބާނަމުން: އިދިކޮޅު

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް ދައުވާ އުފުލައި, އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތް ބާނައި ސަރުކާރުން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ތުހުމަތުކޮށްފިއެވެ. އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤުތައް ނިގުޅައިގަނެ, އެ މަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން […]

ކޯލިޝަނެއް ހެދޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ “އުރައްޕެއް“ ހުރެގެން: ވައްޑެ

ކޯލިޝަނެއް އުފައްދަން ބަޔަކު އެއްބަސް ކުރުވޭނީ ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ “އުރައްޕެއް“ ހުރެގެން ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައެވެ. ނަމަވެސް ނަޝީދު ވަނީ ބަލި ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން އިހުނަށްވުރެ ބޮޑަށް އެމްޑީޕީތެރޭގައި […]

ދުބާއިއިން ފެންނަ ރަޝިޔާގެ މަޝްރޫޢުތަކާހުރެ އެމެރިކާގެ ނިއްކުރީގައި ގޮށްޖެހިއްޖެ

2009 ވަނައަހަރު ދުބާއިއަށް މެދުވެރިވި މާލީ ގޮންޖެހުންތަކަށް 14 އަހަރު ވަމުންދާއިރު މިހާރު ފެންނަމުންދާ މަންޒަރުތައް މީޑިޔާތަކުގެކެމެރާތަކަށް ފެންނަނީ ކިހެނެއް ހެއްޔެވެ؟                    މިހާރު އެފެންނަނީ ރަޝިޔާގެ މުއްސަނދިން ދުބާއިގާ ހިންގަން ނިންމާފައިވާ މުޅިން އާ މަޝްރޫޢު ތަކެއްގެ އިޝްތިހާރު ބިލްބޯޑުތަކެއް ހިފައިގެން  ސްކޫޓަރެއްގައި އަންހެނަކު ދުއްވާފައިދާ މަންޒަރެވެ. ދެން އެ ފެންނަނީ ދުބާއިގެ ވޯޓަރ ކެނަލް ތެރޭންލާފައި ދަތުރުކުރަމުންދާއިރު މީގެ ކުރިން ހިރަފުސްތެރޭގައި ވަޅުލެވިފައިއޮތް ބިޔަ އިމާރާތްކުރުމުގެ ވިޔަފާރި ކޮޅަށްތެދުވެ […]