ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ޒުވާނާ މަރުވެއްޖެ

މިދިޔަ ހުކުރު ދުވަހުގެރޭ މާފަންނުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ހުއްޓާ ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ޒުވާނާ މަރުވެއްޖެއެވެ. އައްޑުއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުޙައްމަދު އަޙްމަދު ދީދީ (ނައުއްޓެ) މަރުވީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު 6:45 ގައެވެ. ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ގޮސް އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލީ މާފަންނު މުރަނގަމަގުގައި ހުންނަ ކްރާސާ ފިހާރައިގެ ތެރޭގައި ހުއްޓައެވެ. މި މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ […]

ރައީސަކީ  ކޮން ބޭފުޅެއްކަން ޔަގީން ކުުރުމަށް އިދިކޮޅުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމާ ދެ ބޭފުޅުންގެ ތެރެއިން މިހާރު ގާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން ޔަގީން ކުުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް ޞާލިޙް ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރެއްވި ވަގުތުގައި ނައިބު ރައީސް ފައިޞަލް ވަނީ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ރައީސްކަމުގެ ހުވާ ކުރައްވައިފައެވެ.  އެ އަހަރުގެ ފެބްރުއަރީ 25 […]

ދިވެއްސެއްގެ މަސްލަހަތު ނެތްނަމަ ޑްރަގް އެެތެރެކުރާ ބިދޭސީންގެ މައްސަލަ ބެލުމުގެ ބޭނުމެއް ނެތް: ޕީޖީ

ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރާ މައްސަލަތަކުގައި ދިވެއްސެއްގެ މަސްލަހަތު ނެތްނަމަ, އެ މައްސަލަ ބަލައި ތަހްގީގު ކުރުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. ޕީޖީ މިހެން ވިދާޅުވީ މި މަހުގެ ހަވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް 2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރަން އުޅުނު ބްރެޒިލްގެ އަންހެނަކު ވަގުތުން އަނބުރާ ފޮނުވައިލި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.  ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި […]

ވެންޓިލޭޓަރުތައް “ދިރުވައިލި“ މައްސަލަ: ޝަމީމް ވިދާޅުވަނީ މި ހަފުތާގައި ގޮތް ނިންމަވާނެކަމަށް

ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން  ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރުމާމެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. 75 ވެންޓިލޭޓަރު ގަންނަން 34 މިލިއަން ރުފިޔާ ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ނުލިބުނު ތަނުގައި ފައިސާ ވެސް އަނބުރާ ދީފައެއް ނުވެއެވެ. މި މައްސަލައިގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް […]

އަޒްލީނާ ގާތިލް މަރުވެފައި އޮއްވާ ފެނިއްޖެ

ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު ގއ.މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސްގެ ޤާތިލު ޢަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ޒުހައިރު ފެނުނީ އޭނާ ދިރިއުޅެމުން އަންނަ ކ.ދިއްފުށީގެ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި މަރުވެފައި އޮއްވައެވެ. އެއީ މިއަދު 11:30 ހާއިރުއެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ހދ.ކުޅުދުށްފުށްޓަށް ނިސްބަތްވާ ޒުހައިރު މައްޗަށް އަޒްލީނާ މަރައިލުމުގެ ކުށް ސާބިތުވެ 25 އަަހަރަށް އޭނާ ޖަލަށްލުމަށް ހުކުމްކުރީ 2002 ވަނަ އަހަރުގައެވެ. […]

އިންޑިއާ ޕާކިސްތާނުގެ ލޯބީގެ ނިމުން ޖަލާހަމަޔަށް

ޒުވާން އުމުރުގެ ލޯތްބަކީ އޭގައި ޝާމިލުވާ ދެމީހުން ފިޔަވައި އެހެންމީހަކަށް ތަސައްވުރު ކުރެވޭނެ އެއްޗެއް ނޫނެވެ. އަލިފުޅާއި ދޮންހިޔަލަކަސް ލައިލާ މަޖުނޫނަކަސް ތަފާތެއް ނެތެވެ. އެ ދެމީހުންގެ ޖަޒްބާތުތައް އޮޅުންފިލުވާދިނުން ޚުދު އެ ދެމީހުންނަށްވެސް އޮންނަނީ ނުކުޅެދިފައެވެ.  މިފަހަރު މިއޮތީ ލޯބީގެ އިޙްސާސްތައް ވިސާއަކާ ނުލައި އެހެންގައުމަކަށް ވަދެފައެވެ. ޝާމިލުވާ ދެމީހުންގެ ދެކޭގޮތުގައި ޕާސްޕޯޓާއި ވިސާއޮތީ އެމީހުންހިތުގައި މާކުރިންވެސް ޖަހާދީފައެވެ.                                 […]

އިންތިޚާބު ފަސްކޮށްފާނެތީ ލަންކާރައްޔިތުން މަގުތަކަށް

އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފައިވާގޮތުގައި އަންނަމަހުގެތެރޭގައި ބާއްވަންޖެހޭ ސަރަހައްދީ ކައުންސިލްތަކުގެ އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވުމަށް ގޮވާލައި ކޮޅުނބުގެ މަގުތަކުގައި ހޯމަދުވަހު ބޭއްވި މުޒާހަރާއަށް ކަރުނަ ގޭހައި ފެންޖަހައިގެން ހުއްޓުވައިފިއެވެ.  ސަމާގައި ޖަނާ ބަލާވެގާޔާ ( ޔުނައިޓެޑް ޕީޕަލްސް ޕަވަރ ޕާރޓީ ) އަށް ނިސްބަތްކުރެވޭ އެތައް ހާސްބަޔަކު މުޒާހަރާގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ސަރުކާރުގެ އޮފީސްތައްހުންނަ ސަރަހައްދަށް ދަނިކޮށް ފުލުހުން އެ މުޒާހަރާތަކަށް ކަރުނަގޭހާއި ފެންޖަހާ ސަފުތައް ރޫޅާލީއެވެ.                 […]

ސަޢޫދީ އެރޭބިޔާގައި ޢިމާރާތްކުރެވޭ އެހެން ދުނިޔޭގެ މަޝްރޫޢު

އެހެން ދުނިޔެއަކަށް ނިކުމެވޭ ދޮރާށީގެ ނަމުގައި ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައި ޢިމާރާތްކުރަން ނިންމަވާފައިވާ ހަތަރެސްކަން ޢިމާރާތަކީ ހޮލޯގްރާފިކް ޓެކްނޯލޮޖީގެ ނަމޫނާ މިސާލަކަށް ވެގެންދާނެއެވެ. ހޮލޯގްރާފިކް ޓެކްނޯލޮޖީ އަކީ ތްރީ ޑައިމެންޝަންގެ ވައްތަރެކެވެ. އާންމުގޮތެއްގައި ތްރީ ޑައިމެންޝަންގެ ފިލްމުފަދަ އެއްޗެހި ބެލުމަށްޓަކައި ވަކިން ޚާއްސަވައްތަރެއްގެ އައިނެއް ނުވަތަ އާލާތެއް ބޭނުންކުރަންޖެހުނުކަމުގައިވިޔަސް އެ ޢިމާރާތް ބެލުމަށްޓަކައި އެއްވެސް ވައްތަރެއްގެ އެފަދަ އާލާތެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ.  ހަމަލޮލަށް ފެނުމުގައިވެސް ބެލުންތެރިޔާގެ ލޮލުގެ ކުރިމަތީގައި ޢިމާރާތް ތަސައްވުރު ކުރެވެމުންދާނީ  ތްރީ ޑައިމެންޝަން ގޮތުގައެވެ. މިއަށްވުރެން ބޮޑަށް އޮޅުންފިލުވާދޭން މަސައްކަތް ކުރުމުން ލަދެއްގައި ބެދިދާނެތީ ބައެއް ތަޖްރިބާކާރުންވެސް ހަނުހުރުން އިޚްތިޔާރު ކުރާކަމަށް ބުނެވެއެވެ.     […]

ރަށުތެރޭގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަނީ

ހެލްމެޓް އެޅުން ލާޒިމް ކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ. ފުލުހުން މި އޮޕަރޭޝަން ފަށަން ނިންމީ މާލޭ ސަރަހައްދުކުގައި ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވުމާ ގުޅިގެންނެވެ. ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމްކޮށްފައިނުވާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށްގެން ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން […]

ރައީސް ޞާލިޙަކީ 2023 އަށް އެމްޑީޕީއަށް ޗޮއިސްއެއް ނޫން: ވައްޑެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްގެ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކެވީ ކޯލިޝަން ދެމި އޮންނާނީ އެމަނިކުފާނާއެކު ކަމުގެ ވާހަކަ ކަމަށާއި ނަމަވެސް ކޯލިޝަން ނުހިފެހެއްޓެވުނު ތަނުގައި އެމްޑީޕީ ވެސް އެއްބައެއް ގޮތުގައި ނުހިފެހެއްޓެވުނުކަން މިހާރު އެންމެނަށް ވެސް ސާފުވެފައިވާ ކަމަށެވެ. އެ ގޮތުން ބަލާއިރު ރައީސް ޞާލިޙަކީ އެމްޑީޕީއަށް […]