އިންތިޚާބު ފަސްކޮށްފާނެތީ ލަންކާރައްޔިތުން މަގުތަކަށް

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފައިވާގޮތުގައި އަންނަމަހުގެތެރޭގައި ބާއްވަންޖެހޭ ސަރަހައްދީ ކައުންސިލްތަކުގެ އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވުމަށް ގޮވާލައި ކޮޅުނބުގެ މަގުތަކުގައި ހޯމަދުވަހު ބޭއްވި މުޒާހަރާއަށް ކަރުނަ ގޭހައި ފެންޖަހައިގެން ހުއްޓުވައިފިއެވެ. 

ސަމާގައި ޖަނާ ބަލާވެގާޔާ ( ޔުނައިޓެޑް ޕީޕަލްސް ޕަވަރ ޕާރޓީ ) އަށް ނިސްބަތްކުރެވޭ އެތައް ހާސްބަޔަކު މުޒާހަރާގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ސަރުކާރުގެ އޮފީސްތައްހުންނަ ސަރަހައްދަށް ދަނިކޮށް ފުލުހުން އެ މުޒާހަރާތަކަށް ކަރުނަގޭހާއި ފެންޖަހާ ސަފުތައް ރޫޅާލީއެވެ.                                                                

މިދިޔަ އަހަރު ބައްވަން ޖެހޭ ކައުންސިލްތަކުގެ އިންތިޚާބު  މިއަހަރު މާރޗް 9 ވަނަ ދުވަހު ބާއްވާގޮތަށް ކަނޑައެޅުމަށްފަހު މިހާރު އޮތީއަނެއްކާވެސް ފަސްކޮށްފައެވެ. ސްރީލަންކާގެ 225 ގޮނޑީގެ ޕާރލަމެންޓަށް މި އިންތިޚާބުން އެއްވެސް ބަދަލެއް ނާނަނާނެއެވެ. އެހެންނަމަވެސް ސަރުކާރާ މެދު ރައްޔިތުން ދެކޭގޮތް އެނގިގެންދާނެއެވެ.                                                                 

އިލެކްޝަނާބެހޭ އިދާރާއިން ހާމަކުރާގޮތުގައި އިންތިޚާބު ބޭއްވުމަށް ބޭނުންވާ ފައިސާ އަދި ލިބިފައެއް ުވެއެވެ. ސަރުކާރުން ބުނަނީ ސަރުކާރުގެ މުއައްޒިފުންނަށް މުސާރަ ދެވޭނެ ގޮތެއްވެސް ފެނިފަނުވާއިރު މިދަނޑިވަޅުގައި އިންތިޚާބަކަށް ޚަރަދު ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. އަދި 2027 އަހަރާ ހަމަޔަށް ދައްކަންޖެހިފައިވާ ބައިނަލް އަގްވާމީ ދަރަނީގެ 28 ބިލިއަން އެމެރިކާޑޮލަރު އަދާކުރަން ހަދާނެގޮތެއް ހިތަށްވެސް ނުގެނެވޭކަމަށެވެ. 

އެހެންނަމަވެސް އިދިކޮޅުގެ ގާނޫނީ ބޭފުޅުން ވިދާޅުވަނީ މިއީ ސަރުކާރުން ގަސްދުގައި އިންތިޚާބު ފަސްކުރަން ވެގެން ކުރާ ކަމެއް ކަމަށެވެ.                                                     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް