ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ޒުވާނާ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރު ދުވަހުގެރޭ މާފަންނުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ހުއްޓާ ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ޒުވާނާ މަރުވެއްޖެއެވެ.

އައްޑުއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުޙައްމަދު އަޙްމަދު ދީދީ (ނައުއްޓެ) މަރުވީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު 6:45 ގައެވެ.

ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ގޮސް އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލީ މާފަންނު މުރަނގަމަގުގައި ހުންނަ ކްރާސާ ފިހާރައިގެ ތެރޭގައި ހުއްޓައެވެ.

މި މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ވަޅިން ހަމަލާ ދިނުމުން މަރުވި ޒުވާނާ. ފޮޓޯ: ސޯޝަލްމީޑިއާ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް