ސަޢޫދީ އެރޭބިޔާގައި ޢިމާރާތްކުރެވޭ އެހެން ދުނިޔޭގެ މަޝްރޫޢު

Loading

Facebook
Twitter
WhatsApp


އެހެން ދުނިޔެއަކަށް ނިކުމެވޭ ދޮރާށީގެ ނަމުގައި ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައި ޢިމާރާތްކުރަން ނިންމަވާފައިވާ ހަތަރެސްކަން ޢިމާރާތަކީ ހޮލޯގްރާފިކް ޓެކްނޯލޮޖީގެ ނަމޫނާ މިސާލަކަށް ވެގެންދާނެއެވެ. ހޮލޯގްރާފިކް ޓެކްނޯލޮޖީ އަކީ ތްރީ ޑައިމެންޝަންގެ ވައްތަރެކެވެ.

އާންމުގޮތެއްގައި ތްރީ ޑައިމެންޝަންގެ ފިލްމުފަދަ އެއްޗެހި ބެލުމަށްޓަކައި ވަކިން ޚާއްސަވައްތަރެއްގެ އައިނެއް ނުވަތަ އާލާތެއް ބޭނުންކުރަންޖެހުނުކަމުގައިވިޔަސް އެ ޢިމާރާތް ބެލުމަށްޓަކައި އެއްވެސް ވައްތަރެއްގެ އެފަދަ އާލާތެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ. 

ހަމަލޮލަށް ފެނުމުގައިވެސް ބެލުންތެރިޔާގެ ލޮލުގެ ކުރިމަތީގައި ޢިމާރާތް ތަސައްވުރު ކުރެވެމުންދާނީ  ތްރީ ޑައިމެންޝަން ގޮތުގައެވެ. މިއަށްވުރެން ބޮޑަށް އޮޅުންފިލުވާދޭން މަސައްކަތް ކުރުމުން ލަދެއްގައި ބެދިދާނެތީ ބައެއް ތަޖްރިބާކާރުންވެސް ހަނުހުރުން އިޚްތިޔާރު ކުރާކަމަށް ބުނެވެއެވެ.                                             

ކޮންމެއަކަސް މިދިޔަ ހަފްތާގައި ސަޢޫދީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނު ވަނީ ނިއު މުރައްބާ ގެ ނަމުގައި މި މަޝްރޫޢު އިފްތިތާޙް ކޮށް ދެއްވާފައެވެ. ނިއު މުރައްބާ ޑިވެލޮޕްމެންޓް ކޮމްޕެނީގެ ޗެއަރމަން އަކީވެސް އެ މަނިކުފާނެވެ.

https://www.thesun.co.uk/travel/21425078/incredible-plan-futuristic-saudi-metropolis-murabba-virtual-reality-cube/

މި އިމާރާތަށް ދެވިފައިވާ ނަމަކީ މުކާބް ބިލްޑިންގ އެވެ. މި ޢިމާރާތް ވެގެންދާނީ ރިޔާޒުގެ ޑައުންޓައުންގެ ފާހަގައަކަށެވެ. މުކާބު ޢިމާރާތް ނިމޭއިރު އުސްމިނުގައި 1312 ފޫޓު ހުންނާނެއެވެ. އަދި  އެމެރިކާގެ އެމްޕަޔަރ ސްޓޭޓް ބިލްޑިންގެ 20 ޢިމާރާތާއި އެއްވަރު ބިޔަ ޢިމާރާތަކަށް ވެގެންދާނެއެވެ.                                     

މި ޢިމާރާތުގެ ބިންގާ އަޅަން ހަމަޖެހިފައިވާ ދުވަސް އަދި ކަނޑައަޅުއްވާ ފައެއް ނުވެއެވެ. އެހެންނަމަވެސް ރަސްމީ ދާއިރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި 2030 ގައި ޢިމާރާތް ނިމޭނެއެވެ.                           

ސަޢޫދީ އެރޭބިޔާގައި ބޮޑެތި ތަރައްގީގެ މަޝްރޫޢުތައް ހިންގެމުންދާއިރު އެ ގައުމުގައި އިންސާނީ ޙައްގުތަކަށް ފުރައްސާރަކުރުން އިތުރު ވަމުންދާތީ ހިއުމަން ރައިޓް ވޮޗް އޯގަނައިޒޭޝަނުން ގެންދަނީ ކަންބޮޑުވުމުގެ އިނގިލި ދިއްކުރަމުންނެވެ.                                                          

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް