އެންމެ މީރު މަގުމަތީ ކެއުމަކީ ކޮބާ

Loading

Facebook
Twitter
WhatsApp

ކެއުމަކީ އެއާނުލައި ހަމަ އެކަކަށްވެސް ދިރިނުހުރެވޭނެ އެއްޗެކެވެ. މީރު ކާއެއްޗެއްސަށް ލޯބި ކުރުމަކީ ތަބީޢީ ކަމެކެވެ. ހަމައެފަދައިން މަގުމަތީ ކެއުން ނުވަތަ ސްޓްރީޓްފޫޑް މިއީވެސް ވަރަށް ގިނަ ބަޔަކު އަބަދާ އަބަދު ތަޖްރިބާ ކުރަމުން ދާ އެއްޗެކެވެ.

ރައްޓެހި ރަޙްމަތްތެރިންނާއެކު މަގުމަތީ ކެއުމެއް ޙިއްސާ ކޮށްލުމަކީވެސް ވަރަށްހިތްހަމަޖެހޭ ކަމެކެވެ. އެހެންވީމާ މީރު ކެއުމާއި މީރުކެއުން ލިބޭތަންތަން އޮޅުންފިލުވައި ދިނުމަކީ ބަޔަކުމީހުން ކެނޑި ނޭޅި ކުރަމުންގެންދާ ކަމެކެވެ.

ސިންގަޕޯރަކީ ކެއުމުގެ ބާވަތްތަކުގައި އެންމެ ކުރީސަފުގައި އުޅޭ ގައުމެކެވެ. ތަފާތު ވައްތަރުގެ ކެއުންތަކަށް ސިންގަޕޯރު ވަރުގެ އެހެން ގައުމެއް ނެތް ދުވަސްތަކެއްވެސް ދިޔައެވެ. ނަންހުސްކޮށް ހުރިހާ ވައްތަރެއްގެ ކެއުން ލިބެން ހުރެއެވެ.

 ނަމަވެސް މިފަހަރު މިއޮތީ ބައެއް އެހެން ގައުމުތަކުން ކުރި ހޯދާފައެވެ. މިއިން އެނގޭ އެއްޗަކީ ލިބިފައިއޮތް ރީތި ނަމާއި ކާމިޔާބީ ދެމެހެއްޓުމަކީ އެ ރީތި ނަމާއި ކާމިޔާބީ ހޯދުމަށްވުރެން ކުޑަކަމެއް ނޫނެވެ.

2019  ވަނައަހަރު ސީ އީ އޯ ޑަބްލިޔު މަޖައްލާއިން ކުރި ސަރވޭގައި މަގުމަތީ ކެއުމުގައި ދުނިޔޭގެ އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ 50 ގައުމުގެ ތެރެއިން ސިންގަޕޯރަކީ ނަންބަރު 1 އެވެ. އެއީ ހޮންކޮންގާއި ބެންކޮކް ފަހަތަށް ޖައްސާލާފައެވެ.

އެހެންނަމަވެސް ޓޭސްޓް އެޓްލާސް އިން 2023 ވަނައަހަރު ފެބްރުއަރީގައި ޝާއިއުކުރި އެޑިޝަންގައި ސިންގަޕޯރުގެ އެންމެ މަޝްހޫރު މަގުމަތީ ކެއުން ޗާރ ކްވޭ ޓެއޯ މިވަނީ 100 ވަނަ މަގާމަށް ސޮއްސާލާފައެވެ. އަދި މެލޭޝިޔާގެ ރޮޓި ޗަނާއި ވެސް މިވަނީ ޗައިނާގެ ގޯޓީއަށް ފުރަތަމަ މަގާމު ދޫކޮށްލާފައި ދެވަނަ މަގާމަށް ވެއްޓެން މަޖްބޫރުވެފައެވެ. 2022 ވަނަ އަހަރު އެއްވަނަ ދަރަޖަ ލިބިފައި އޮތީ ރޮޓީ ޗަނާއި އަށެވެ.

މިފަހަރުގެ ވަނަ ހޮވުމާގުޅިގެން ރޮޓީ ޗަނާއަށް ވުރެން މާމީރު ކެއުންވެސް މެލޭޝިޔާއިން ލިބެން ހުންނަ ކަމަށް ފާހަގަ ކޮށްފައިވެސް އެބަހުއްޓެވެ. އަދި އަނެއްބަޔަކު ތުޙުމަތު ކުރާގޮތުގައި ރޮޓީ ޗަނާއި އަކީ މެލޭޝިޔާގެ އުފެއްދުމެއްވެސް ނޫނެވެ.

ޓޭސްޓް އެޓްލާސް އަކީ ދަތުރުވެރިންނަށް ކެއުމުގެ ވައްތަރުތައް އޮޅުންފިލުވައި ދިނުމުގެ ބޭނުމުގައި ކްރޮއޭޝިއާގައި ހިންގާ މަޖައްލާއެކެވެ.

ކެއުމާ ބެހޭ މަޢުލޫމާތު ހާމަކުރަމުން ގެންދަނީ ތަފާތު ގައުމުތަކުގެ ކެއުން ތަޖްރިބާ ކުރަމުން ގެންދާ ދަތުރުވެރިންގެ ކިބައިން އޮޅުންފިލުވައި ގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް