ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
އެޗްޕީއޭ އިން މިހާތަނަށް ޚިދުމަތް ދެމުން އައީ ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގުގައެވެ.
އެގޮތުން އެ އޮފީސް މިހާރު ބަދަލުކޮށްފައިވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށެވެ.
އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން އެ އިދާރާ ހިންގަމުން ގެންދާނީ ހުޅުމާލެ 1 ގައި ވެމްކޯ ހުޅުމާލެ އޮފީހާ ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ކަަމަށެވެ.
އެ ބަދަލާ އެކު، އެ އެޖެންސީން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް މެންްހަޓަން ބްރޭންޑް ހޮޓެލްސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެ އެޖެންސީގެ ކައުންޓަރުން ލިބޭނެ ކަމަށް ވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.
![]()
