ރައީސް ބައިޑްން އެއަރފޯސް ވަން ގެ ސިޑި މައްޗަށް ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp


ޕޯލެންޑުގެ ވޯރސޯ ގައި އެއަރފޯސް ވަން އަށް އަރައިވަޑައިގަންނަވަނިކޮށް ރައީސް ބައިޑްން ސިޑިމައްޗަށް ވެއްޓި ވަޑައިގެންފިއެވެެ. އެ ވީޑިއޯ މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. 

ވީޑިއޯއިން ފެންނަގޮތުގައި ސިޑީގެ އެންމެ މަތީ ބައިގާ ފްލައިޓަށް ވެދެވަޑައިގަތުމުގެ ކުރިން ސަލާމަށް އަތްހޫރާ ލުމުގެ ކުރިން އަރި އަޅާލައިގެން ވެއްޓި ވަޑައިގަތީއެވެ. 

އެހެންނަމަވެސް މިކަން މިގޮތަށް ދިމާވި ސަބަބެއް އަދި ނޭގެއެވެ. ރައީސް ބައިޑް ޔޫކްރެއިނަށާއި ޕޯލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި ވޯޝިންގޓަނަށް ވަޑައިގަންނަވަން އޮތީ ބުދަ ދުވަހުގެ ހަވީރުގައެވެ.                                                             

ވައިޓް ހައުސްއިން ބުނާގޮތުގައި މިއީ ވައިގަދަވުމުން ދިމާވި ޙާދިސާއެއް ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިންގެ ސުވާލަށް ވައިޓް ހައުސްއިން ޖަވާބެއް ދީފަކާ ނުވެއެވެ. މީގެ ދެ އަހަރެއްހާދުވަސް ކުރިންވެސް ހަމަ އެސިޑީގެ އެ ހިސާބަށް އެމަނިކުފާނު ވަނީ ވެއްޓި ވަޑައިގެންފައެވެ.

އެއީ ޖޮއިންޓްބޭސް އެންޑްރޫޒް ގައެވެ. އެފަހަރު 2019 ގައި ސިޑީގެ އެތައް ހަރުފަތަކާ ހަމަޔަށް ވެއްޓި ވަޑައިގަތެވެ. އެހެންނަމަވެސް އެމަނިކުފާނަށް އެއްވެސް ހާނީއްކައެއް ލިބިވަޑައި ނުގަންނަވާ ކަމަށް ވައިޓްހައުސް އިން ހާމަކުރިއެވެ. 

އެފަހަރުވެސް އެއީ ވައި ގަދަވުމުގެ ސަބަބުން މެދުވެރިވި ޙާދިސާއެއް ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފައެވެ. އެދުވަހު ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކަރިން ޖީން ޕިއަރ ވިދާޅުވީ ވައިގަދަކަމުން އަހަރެންވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.                

ވައިޓްހައުސްގެ ކޮމިޔުނިކޭޝަން ޑިރެކްޓަރ ކޭޓް  ބެޑިންގފީލްޑް ވިދާޅުވަނީ މިގޮތަށް ދިމާވަނީ ސިޑީގެ ހަރުފަތްގަނޑެއްގައި ފައިނޭޅި ދޫކޮށްލެވުމުން ކަމަށެވެ.                                       

މިދިޔަ ހޯމަދުވަހު ރައީސް ބައިޑްން ޔޫކުރެއިންގެ ވެރިރަށް ކީވް އަށް ދަތުރުފުޅެއް ކުރެއްވީ ރައީސް ޒެލެންސްކީއަށް ކުއްލި ޙައިރާންކަމެއް ދެއްވުމަށެވެ. 

އެ ދަތުރުފުޅުގައި އެމެރިކާގެ ތާއީދާއި މަދަދު މެދުކެނޑުމެއް ނެތި ޔޫކްރެއިނަށް ލިބިގެންދާނެކަން ރައީސް ބައިޑް ކަށަވަރުކޮށް ދެއްވިއެވެ. އަހަރެން މިއައީ ކީވްއަށް ޒިޔާރަތް ކޮށްފައެވެ. 

ކީވް އަދިވެސް ހުރީ ހަމަ ވަރުގަދަކޮށެވެ. މީގެ އެއް އަހަރު ދުވަސްކުރިން ކީވް ހަލާކުވެގެން ހިނގައިދާނެ ކަމަށް ގައުމުތަކުން ހީކުރީ ރަނގަޅަށް ނޫންކަން މިއަދު އެނގޭނެއެވެ. ކީވް ރަޝިޔަގެ އަތްމައްޗަށް ނުވެއްޓޭނެއެވެ. ކީވް ވެއްޓުނަކަ ނުދޭނަމެވެ. ޕޯލެންޑުގެ ރައީސް އާއި ބައްދަލު ކުރައްވާފައި ރައީސް ބައިޑް ވިދާޅުވިއެވެ.                                  

Loading

One Response

  1. އެއަރފޯސް ވަން އަށް އަރާވަޑައިގަތުމަށް އެސްކެލޭޓަރެއް ނުބަހައްޓަނީ ކީއްވެގެންބާ ! އޭރުންވެސް ވެއްޓުމުގެ ފުރުސަތު އޮންނާނެދޯ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް