ޕާކިސްތާނު ވެސް ބަނގުރޫޓް ވެދާނެކަމުގެ އިންޒާރު. ދެން ރާއްޖެ؟

ޕާކިސްތާނުގެ އިނދަޖެހެމުންދާ އިގްތިސާދު ސަލާމަތްކުރެވޭނެ މަގު ހޯދުމަށްޓަކައި ދެން އެހެންގޮތެއް ނެތުމުން އަޅަންޖެހޭ ފިޔަވަޅުތައް ތަޢާރުފް ކުރަން ފަށައިފިއެވެ. އެފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެ ގައުމުގެ ދިފާއީ ވަޒީރު ޚުވާޖާ އާސިފް ފާހަގަކުރެއްވި އެއްކަމަކީ ހަކަތަ ބޭނުންކުރާ މިންވަރެވެ. އެމަނިކުފާނު ވިދާޅުވީ ޕާކިސްތާނުގައި މިހާރު ހަކަތަ ބޭނުންކުރާ މިންވަރު ދެމެހެއްޓޭނެ އެއްވެސް ގޮތެއް ފެންނާން ނެތް ކަމަށެވެ.  އެހެންވީމާ ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ވިޔަފާރިކުރާ ހުރިހާތަނެއް ޝޮޕިން ސެންޓަރުތައްވެސް ހިމެނޭ ގޮތުގައި އިއްޔެ ( ބުރާސްފަތި ) ފެށިގެން […]

ޔާމީންގެ ސިޔާސީ ކުރިމަގާ ގުޅިފައިވާ ޙުކުމަށް އޮތީ 48 ގަޑިއިރު!

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާ ވ.އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ޙުކުމު ކުރެއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް އަންނަ އާދިއްތަ ދުވަހަށް މިވަނީ ތާވަލުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ޓޫރިސްޓު ރިޒޯޓު ތަރައްޤީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން އޭރުގެ ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑަރ ކުރެއްވިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ރައްޔިތުންގެ […]

ހުރާ ގޮނޑުދޮށް ރެދަނުން ދިއްލާލައިފި، ވަރަށް ޗާލު!

ކ. ހުރާގައި ރެދަން ލައިފައި--- ފޮޓޯ: ނިއްޓު

(ކ. ހުރާ ގޮނޑުދޮށުގައި ރެދަން ލާފައި— ފޮޓޯ: ނިއްޓު) ކ. ހުރާ ގޮނޑުދޮށް ރެދަނުން ދިއްލާލައިފިއެވެ. މާލެއާ 20 ކިލޯ މީޓަރު ދުރުގައި އޮންނަ ހުރާއަކީ ގެސްޓްހައުސް ވިޔަފާރިއަށް މަޝްހޫރު ރަށެކެވެ. ހުރާގެ ގޮނޑުދޮށުގައި މިރޭ ވަނީ ގިނަ އަދަދަކަށް ރެދަން ލާފައެވެ. ރެދަނުގެ ހިތްގައިމު ވީޑިއޯއާއި ފޮޓޯތައް ސޯޝަލް މީޑިޔާއަށް އެތައް ބަޔަކު ދޫކޮށްލާފައިވެސް ވެއެވެ. ރެދަންލަނީ ކަނޑުގެ އޮޔާއެކު ގޮނޑުދޮށަށް ބީއްސާ ރާޅުގައި ޖެހޭ ބައޯލުމިނިސެންސް އޯގަނިޒަމްސްތަކެއްގެ ސަބަބުންނެވެ. ވަރަށް ކުދި ކުދި ދިރުންތަކުން […]

އުތުރު ކެލިފޯރނިޔާގެ އައްސޭރިފަށަށް ބިންހެލުމެއް އަތުވެއްޖެ

އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ބިރުވެރި ބިންހެލުމެއްގެ އަތުވެދާނެކަމުގެ އިންޒާރު ސައިންސްވެރިން މީގެ ދެދުވަހެއްކުރިން ދީފައިވަނިކޮށް ރޭގެ ވަގުތެއްގައި 6.4 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މި ބިންހެލުމާއި ގުޅިގެން ދެމީހަކު މަރުވެ ބާރަވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައެވެ. މިއީ ފަހަކަށްއައިސް މި ސަރަޙައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމުގައި ބުނެއެވެ. ސެންފްރާންސިސްކޯއިން  250 މޭލު އުތުރުގައި އޮންނަ ހަމްބޯލްޓް ކައުންޓީ ސަރަޙައްދުގައި އެތައްހާސް ގެއަކުންނާއި ވިޔަފާރި މަރުކަޒުން ކަރަންޓު ކެނޑިފާވެއެވެ.  އަދި ގިނަ […]

ގައުމިއްޔަތުގެ ރޫހެއްނެތް!

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތް ތަކުގައި ގައުމިއްޔަތުގެ ރޫޙެއްނެތެވެ. ބޮޑު ތިލަދުންމަތީ އުތުރު ބިތުގެ އުތީމުގައި މިފަހުން ބޭއްވި ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވި  އެރަށަށް އުފަން ތިން ބަތަލުންނާއި ދަނޑެހެލުގެ ޒިކުރާ އާކުރުމުގެ އިޙުތިފާލް ތަކުގައި ގައުމީ ރޫޙު ނެތުމަކީ އެތާރީޚީ ހަނދާންތަށް މިގައުމުން ނެތެމުން ފޮހެވެމުން އުވެމުން ދާކަމުގެ ނިޝާނެކެވެ.       ގައުމީ ދުވަހުގެ ޖަލްސާ އާއި ރައީސް ގެ ދެކަނބަލުންގެ މުޅި ދަތުތުރުފުޚުގެ ފޯކަސް ހުރީ ދެވެނަ […]

ވަގުތު ކުޑަތަންވެއްޖެހެން ހީވާންފަށައިފި                                     

ސުރުޚީއަކީ އަޅުގަނޑުގެ ބަހެއް ނޫނެވެ. އެއީ ސައިންސުވެރިންގެ ކަންބޮޑުވުމެކެވެ. ވަކިންޚާއްސަކޮށް ބިންހެލުންތަކާބެހޭ ތަޖްރިބާކާރު އިންޖިނޭރު ކީތު ޕޯރޓަރގެ ކަންބޮޑުވުމެކެވެ. އޭނާގެ ތަޖްރިބާގައި މުށިކުލައިގެ ޕެލިކަން ސެންފްރާނސިސްކޯ ކަނޑުއޮޅީގެ ތެރޭގައި މާގިނައިން އުދުހެންފަށައިފިނަމަ އެއީ އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ވަރަށް ނުރައްކާތެރި ބިންހެލުމެއްގެ ކައިރިވެއްޖެކަމުގެ އިންޒާރެކެވެ. އެއީ މިއަދު ނުވަތަ މާދަމާކަމަށްވެސް ވެދާނެއެވެ. އެހާ ކައިރި ވެއްޖެކަމަށް ބަލާށެވެ.  ސައިންސްވެރިންގެ އިންޒާރުގައި ބުނެފައިވަނީ އެ ބިންހެލުން އެތައްސަތޭކަ އެޓޮމިކްބޮން ގޮއްވާލުމާ އެއްފަދަވާނެ ކަމަށެވެ. ބިންހެލުމުގައި އެންމެފުރަތަމަ ކުރިމަތިލާން ޖެހޭނެ ނުރައްކަލަކީ ކަރަންޓު ކެނޑެންދިއުމުން އެތައްބަޔަކު ލިފްޓުތަކުގައްޔާއި އަދިރިކަމުގެ ތެރޭގައި […]

އަންހެނަކު އޭނާގެ ބޭބޭއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭ ގެއެއްގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު އޭނާގެ ބޭބެއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ ހެންވޭރު ގެއެއްގެތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ފިރިހެނަކަށް ޙަމަލާ ދީފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 12:21 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި ފުލުހުންގެބެލުމުގެ ދަށަށް ގެންދިޔައީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. “މި މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން.“ ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވެއެވެ. މިހާތަނަށް ބެލިބެލުމުން މިއީ […]

ރައީސްކަން ކުރަން ދެން ބޭނުމެއްނޫން – ނަޝީދު

މީ ކުރިން ދެ ފަހަރެއްގެ މަތިން ދެން ރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނުހަނު ތާއީދުކުރައްވާ ކަމަށާއި ސަރުކާރަށް ކުޑަ ނަމަވެސް ހީނަރުކަމެއް އަންނަން އެދިވަޑައި ނުގަންނަވާކަން ފާހަގަކުރައްވައި ރާއްޖޭގެ ރައީސްކަން އިތުރަށް ކުރަން ބޭނުންފުޅު ނުވާކަމަށް ނަޝީދު އެންމެ ފަހުން ވިދާޅުވީ 16 ސެޕްޓެމްބަރު 2020 ގައެވެ. “އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުމަށެވެ.“ އޭރު އެމްޑީޕީން ނެރެމުން […]

ޔޫކްރެއިންގެ ސުލްހައަށް ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ވީ ވަގުތު – ހެންރީ ކީސިންޖަރ

މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ނުރައްކާތެރި ބޮޑު ހަނގުރާމައަކަށް މަގު ބަންދު ކުރުމަށްޓަކައި ޔޫކްރެއިންގެ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ވާހަކަދައްކަންވީ ވަގުތު އަތުވެއްޖެއެވެ. އަދި ރަޝިޔާއަށް ނުރައްކާ މެދުވެރިކުރުމުގެ ހުޅަނގުންދެކޭ ހުވަފެނަކީ މުޅިދުނިޔެއަށް ނިއުކްލިއަރގެ ބިރުވެރިކަން ފެތުރިގެން ދިއުން ކަމުގައި އެމެރިކާގެ ސިޔާސީ ތަޖްރިބާކާރު ހެންރީ ކީސިންޖަރ ވިދާޅުވެއްޖެއެވެ.  ކިސިންޖަރ ވިދާޅުވީ ރަޝިޔާގެ ބާރު ކަނޑުވާލެވިދާނެ ކަމަށް ހީކުރުމަކީ ޔޫކްރެއިނުންނާއި ހުޅަނގުން ގެންގުޅުން ގޯސް ނުރައްކާތެރި ވިސްނުމެއް ކަމަށެވެ. ފިނިހަނގުރާމަ ފިނިކޮށް ނިމުމަކަށް ގެނައުމުގެ ސިޔާސަތު ރޭވުމުގެ މޭސްތިރި ކަމުގައިބެލެވުނު ހެންރީ ކީސިންޖަރަކީ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން އާއި  ޖެރާލްޑް ފޯރޑްގެ ޚާރިޖީ ވަޒީރެވެ.  2000 ވަނައަހަރު […]

ދައުރު ނިމެން 11 މަސް: ވެންޓިލޭޓަރު ވަގު ހިފަން އަނެއްކާވެސް ފޮނުވައިފި

ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ތިން ބޭފުޅެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު އަނެއްކާވެސް ފޮނުއްވައިފިއެވެ. ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަންހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާގޮތަށް އެންމެ ފުރަތަމަ ޖުމްލަ 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އެދި ޕީޖީއަށް ފޮނުއްވިއެވެ.  ނަމަވެސް މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވައިލެއްވުމުން އިތުރު ތިން ފަހަރެއްގެ މަތިންވެސް އޭސީސީއިން އަލުން ޕީޖީ އޮފީހަށް ފޮނުއްވިއެވެ. އެ ހުރިހާ ފަހަރަކު ވެސް މައްސަލަ ޕީޖީ އޮފީހުން އުންސުރު ހަމަނުވާކަމަށް ދެކެ އަނބުރާ ފޮނުވާލީއެވެ. ނަމަވެސް […]