ސިޔާސީ ވާހަކަ 1 / ދިވެހީންނަށް ދިވެހީން ނޭނގުނީ ހެއްޔެވެ؟

ދިވެހީންނަކީ މީގެ އެތަކެއް ހާސް އަހަރު ކުރިއްސުރެ މި ޖަޒީރާ ތަކުގައި ވަޒަންވެރިވެ އުޅެ އަދި މިހާރުވެސް އުޅެމުން އަންނަބަޔެކެވެ. ދިވެހީންގެ ކާބަފައިން ޒަމާންތަކުގައި ދިރިއުޅުނީ ވަރަށްވެސް ރިވެތިކޮށް ބަޔަކަށް ނުދަރާ ޚުލްޤްހެޔޮ ދިރިއުޅުމެއް ގައެވެ. އެއް މޫސުމުން އަނެއް މޫސުމަށް ރަށްރަށުގެ ބޮޑުން ދިޔައީ ރަށަށް ބޭނުންވާ ކާބޯތަކެތި ރަށަށް ގެނެސް ގުދަން ކޮށްގެން އުޅެމުންނެވެ. އެޒަމާނުގައި އެކިއެކި މީސްތަކުންގެ ގޮވަތީގައި އެކި ފެންވަރުގެ ގުދަން ހުރެއެވެ. ބޭނުމަކީ ކާބޯތަކެއްޗަށް ނުޖެހި ދިރިއުޅުމެވެ.  އެޒަމާނުގައިވެސް، މާނައަކީ ޤަދީމީ ޒަމާނުގައިވެސް މި […]

ކުޑަ އާބާދީއެއްގެ އެއްވަނަ، މިހާރު ބޭނުމީ ނަރުހަކަށްވާން!

ރަށްފުށުގެ ސާދާ ދިރިއުޅުމާއި ސާނަވީ ތައުލީމުގެ ދަތުރު އުފަން ރަށް ގދ. ފިޔޮރީ ސުކޫލުން ނައުމާ ނާޝިދު، 18އ ނިންމާލީ، ރަށުގެ ފަހުރުވެެރި އެއްވަނައިގެ ގޮތުގައެވެ. ފިޔޮރީ ސްކޫލުގެ ތާރީހުގައި ރަން އަކުރުން ނައުމާގެ ނަން މިއަދު ފަވާލެވޭނެއެވެ. ނައުމާއަށްޓަކައި އެ ސްކޫލުގެ މުދައްރިސުންނާއި ވެރީން އަބަދުމެ ފަހުރުވެރިވާނެއެވެ. ފިޔޮރީ ސްކޫލުގެ ހިޔާވަހިކަމުގައި ނައުމާ ހޯދި ކާމިޔާބީއަކީ ފޮނި ކާމިޔާބީއެއް ނަމަވެސް އެ ކާމިޔާބަށް ވާސިލްވުމަށް ނައުމާކުރި ދަތުރަކީ އުނދަގޫ އަދި ދިގު ދަތުރެކެވެ. އެ ދަތުރުގައި […]

ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްގެން އޭގެންވެސް ކުރަނީ ހަމަ އިސްރާފް

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އެންމެގިނަ ސިޔާސީ މަގާމް އުފެއްދި އަދި އެންމެ މަތިބަރު ސަރުކާރެވެ. އަދި މިވަރުން ވެސް ފުދުނީއެއް ނޫނެވެ. ވެރިކަމުގެ ލައްޒާތާއި ޖާހަތަށްޓަކާ އެންމެ ފަހު ވަގުތު، ރައްޔަތުން ހެޔޮވެރިކަމެއް ކަށަވަރު ކުރުމަށްޓަކައި ދީފައިވާ މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ކަނޑައާޅާދީފައިވާ ބަޖެޓް ހުސްވެފައި ވަނިކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްލެއްވީއެވެ. ރައްޔިތުންގެ ޙާލަކީ ކޮބައިތޯވެސް ބައްލަވާ ނުލައްވާ ހުރިހާ ކުޅިބައެއްވެސް ރާއްވަމުން ގެންދަވާކަމަށް ދެންނެވެން އޮތީ ދެވަނަ ދައުރެއްގެ ދަހިވެތިކަމެވެ. އެގޮތުން ހަމަ އަދިވެސް އެގެންދަވަނީ އިތުތުރު ސިޔާސީ މަގާމުތައް އުފައްދަމުންނެވެ. ހަމަ […]

ތެލާއި ހަކަތައިގެ އިންޑަސްޓްރީތަކަށް އެމެރިކާއިން ޒައިތޫނި ފަތްކޯޅި

ނޭޝަނަލް ޕެޓްރޯލިއަލް ކައުންސިލްގައި ހިމެނޭ އެކްސޒޯން މޯބައިލް ކޯރޕޮރޭޝަނާއި  ރޯޔަލް ޑަޗް ޝެލް ފަދަ ތެލާއި ހަކަތައިގެ އިންޑަސްޓްރީތަކުގެ އިސްފަރާތްތަކާއިއެކު ވޯޝިންގޓަނުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުން ފޮސިލް ފިއުލްގެ ބަދަލުގައި އެއަށްވުރެން ސާފު އެހެންގޮތެއް ހޯދަން ބައިޑް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރަމުން ގެންދިޔަ ނަމަވެސްއަދިވެސް އެތައް ޒަމާނަކު ފޮސިލް ފިއުލް ބޭނުންކުރަން ޖެހޭނެ ކަމަށާއި އަދި މާއަވަހަށް ކަންތައްތައް ބަދަލުކުރަން އުޅުމުން އާންމު ރައްޔިތުންނަށް ނުރަނގަޅު ގޮތްތަތަކެއް މެދުވެރިވަމުންދާތީ އެކަން ވިސްނި ވަޑައިގަންނަވާކަމަށް ވިދާޅުވެފާވެއެވެ. އެމެރިކާގެ ހަކަތައާއި ބެހޭ ވަޒީރު ޖެނިފަރ ގްރޭންހޯމް ޒައިތޫނި […]

ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ލިއޯނެލް މެސީ

ގަތަރުގައި ރޭ ނިމިގެން ދިޔަ ދުނިޔޭގެ ފުޓްބޯޅަ މުބާރާތަކީ އެހެން އެއްވެސް ކުޅުންތެރިއަކަށް ވުރެން ބޮޑަށް ލިއޯނެލް މެސީއަށް ޚާއްސަ މުބާރާތެކޭ ބުނެވޭނެވިދާނެއެވެ. ފުޓްބޯޅައިގައި އާރޖެންޓީނާގެ މެސީ ފާހަގަވެގެން ދަނީ އަދި މުޅިން އެހެން ލެވެލެއްގައެވެ. އާދެ! ދެވަނައެއް ނެތް އެންމެ މަތީ ފެންވަރުގައެވެ.  ނަމަވެސް މިފަހަރު އާރޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗްގައި ސަޢޫދީ އެރޭބިޔާއަތުން ބަލިވުން އެއީ  މެސީއަށް ބަލާގަނެވުނު ކަމަކަށް ނުވިއެވެ. އޭގެ ނަތީޖާއަކީ ދެން ކުޅެވުނު މެޗްތަށް ކާމިޔާބު ކޮށް އެންމެފަހުން މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މަންޒިލް މަގްސޫދަށް ދާން ބޭނުންނަމަ ފަހަތަށް ބެލުމުގެ […]

އަންހެނުން ފިރެހެނުންގެ ހެދުން ލައިގެން އުޅުން މަނާކުރަން މެލޭޝިޔާގައި އައު ގާނޫނެއް ނެރެފި

މެލޭޝިޔާގެ ޓެރެންގަނޫ ސްޓޭޓްއިން ނެރުނު އައު ގާނޫނެއްގައިވާ ގޮތުގެ މަތީން ފިރެހެނުންގެ ހެދުން ލައިގެން އުޅޭ އަންހެނުންނާއި ކައިވެނީގެ ބޭރުން ވިހާ އަންހެނުންނަށް ޝަރުއީގޮތުން އަދަބު ދެވިގެންދާނެއެވެ. މީގެ އިތުރުން ސިހުރު ހަދާމީހުންނާއި އެނޫންވެސް އެފަދަ އެހެނިހެން ކަންކަން ކުރާ މީހުންނަށްވެސް އަދަބުދިނުމަށް އެ ގައުމުން ވަނީ ނިންމާފައެވެ.  މި މަހުގެ ކުރީކޮޅު ފާސްކުރެވިފައިވާ މި ގާނޫނުގެ ދަށުން ފިރެހެނުންގެ ހެދުން ލައިގެން އުޅޭ އަންހެނުންނަށް އަދަބެއްގެ ގޮތުން 5000 ރިންގިޓު (1134$) ގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. […]

ޝައިތާނާ އާއި ގާތްވުމަށް ސިޙުރުވެރިން ކުރާ ބައެއް ކަންކަން !

ސިޙުރުހާހޫރަ ހެދުމަކީ ދިވެހިންގެ ތެރޭގައި ގަދީމީ ޒަމާނުއްސުރެ އޮތް ޝައިތާނީ ޢަމަލެކެވެ. އެކި ކަންކަމަށް ސިޙުރު ހަދާފައި ހުރިކަން ތާރީޚީ ފަތްފުއްތަކުން ފެންނާން އެބަހުއްޓެވެ.  އެގޮތުން ލޯބިވެރިޔަކު ހޯދުމަށާއި ދެމަފިރިން ދުރުކުރުމަށާއި ދެމަފިރިކަމުގެ ގުޅުން ހިންގިޔަ ނުދޭށާއި މަސްވެރިކަމަށާއި މީހުން މެރުމަށާއި މީހުން ބަލިޖެއްސުމަށާއި ބަލިބަލީގެ ފަރުވާއަށާއި މީހުން މެރުމަށްވެސް ސިޙުރު ހަދާފައި އެބަހުއްޓެވެ. ސިޙުރަކީ ރުގްޔާއެއް ނޫނެވެ. އެއީ ޤުރުއާނުގެ އާޔަތްތައް އޮޅުވާލައިގެން ޖިންނީންގެ އެހީއާއި މަދަދާއެކު ހަދައިއުޅޭ އެއްޗެކެވެ. ފުރިހަމަ މިއުމިނަކަށް ސިޙުރުވެރިއަކަށް ނުވެވޭނެއެވެ. އެއީ ސިހުރު ހެދުމަކީ ﷲ […]

ޙަކީމް ވޯލްޑްކަޕް ކުޅެގެން ލިބުނު ފައިސާ ފަގީރުންނަށް ސަދަގާތް

މަޣްރިބް ކަރައިގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހަކީމް ޒިޔެޝް އަށް މިއަހަރު ވޯލްޑްކަޕް ގައި ކުޅެގެން ލިބުނު ގާތްގަނޑަކަށް ތިންލައްކަ އެމެރިކާ ޑޮލަރު މަޣްރިބް ކަރައިގެ ފަގީރުންނަށް ސަދަގާތެއްގެ ގޮތުގައި ހަދިޔާ ކޮށްފިއެވެ. އަދި އެއީ އޭނާގެ ހިތް އެދޭގޮތަށް އޭނާގެ ލޮލާ ބޮލުން ނިންމި ނިންމުމެއް ކަމަށާއި މަޣްރިބް ކަރައިގެ ނަމުގައި ފައިސާއަށް އޭނާ ފުޓްބޯޅަ ނުކުޅޭނެ ކަމަށް ޙަކީމް ޒިޔެޝް މީޑިއާއަށް ހާމަކުރިއެވެ.  މީޑިއާއަށް ހާމަވެފައިވާ ގޮތުގައި 2015 ގައި ގައުމީ ޓީމަށް ގުޅުނު ޙަކީމަށް މިހާތަނަށް ބޯނަސްގެ ގޮތުގައި […]

އިތުބާރުގެ ވޯޓަށް އަންވަރު އިބްރާހިމް ތައްޔާރު

ޖެހިގެން އަންނަ ހަފްތާގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ އަންވަރ އިބްރާހީމްގެ އިތުބާރު އޮތް މިންވަރު ބެލުމަށް ވޯޓު ނެގުން ތާވަލް ކުރެވިފައިވަނިކޮށް މެލޭޝިޔާގެ ކުދި ސިޔާސީ ޕާރޓީތަކާއި އެކުވެސް މިދިޔަ ހުކުރުދުވަހު ގައުމުގެ އެއްބައި ވަންތަކަން ދެމެހެއްޓުމަށްޓަކައި އަޙުދުނާމާއެއްގައި ސޮއި ކުރައްވައިފިއެވެ.                            އަންވަރު ވިދާޅުވީ ޕާލަމެންޓުގައި އަހަރެންގެ އިތުބާރު އޮތް މިންވަރު ހާމަކޮށްދިނުމަށާއި މުޙުޔިއްދީނުގެ ޝައްކުތައް ފިލުވާ ދިނުމަށްޓަކައި ޖެހިގެން އަންނަ ހަފްތާގެ ހޯމަ ދުވަހު ޕާލަމެންޓުގައި ވޯޓުނެގުން ބާއްވާދެއްވާނޭ ކަމަށެވެ.  […]

ގެއްލުމުގެ ބަދަލު ހޯދަން ޔޫކްރެއިނުން އދ. އަށް

ރަޝިޔާއިން އަތުލާފައިވާ ކްރީމިއާގައި ރަޝިޔާއިން އަރާގަތުމުގައި ދީފައިވާ ގެއްލުންތަކަށް ބަދަލު ހޯދުމުގެ މަގްސަދުގައި އދ. ގެ އާންމު މަޖިލީހަށް ޔުކްރެއިނުން މިދިޔަ ނޮވެމްބަރު މަހު 50 ގައުމެއްގެ ތާއީދާއެކު ހުށައެޅި ގަރާރު އދ. އިން 82 މެމްބަރުންގެ އަޣްލަބިއްޔަތއިާއެކު އިއްޔެ ފާސްކޮށްފިއެވެ.  އެހެންނަމަވެސް މިފަހަރުގެ ވޯޓުގައި 14 ގައުމަކުން އިދިކޮޅަށް ވޯޓު ދިނުމާއި އިތުރު 80 ގައުމަކުން އަނގަ ބަންދު ކޮށްގެން ތިބުން އިޚްތިޔާރުކުރިއެވެ. އިދިކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ރަޝިޔާގެ އިތުރުން ބެލަރޫސްއާއި ޗައިނާ ކިއުބާއާއި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާ އެރިޓްރިއާއާއި އިތިއޯޕިޔާ އީރާނާއި […]