ޝައިތާނާ އާއި ގާތްވުމަށް ސިޙުރުވެރިން ކުރާ ބައެއް ކަންކަން !

Loading

Facebook
Twitter
WhatsApp


ސިޙުރުހާހޫރަ ހެދުމަކީ ދިވެހިންގެ ތެރޭގައި ގަދީމީ ޒަމާނުއްސުރެ އޮތް ޝައިތާނީ ޢަމަލެކެވެ. އެކި ކަންކަމަށް ސިޙުރު ހަދާފައި ހުރިކަން ތާރީޚީ ފަތްފުއްތަކުން ފެންނާން އެބަހުއްޓެވެ. 

އެގޮތުން ލޯބިވެރިޔަކު ހޯދުމަށާއި ދެމަފިރިން ދުރުކުރުމަށާއި ދެމަފިރިކަމުގެ ގުޅުން ހިންގިޔަ ނުދޭށާއި މަސްވެރިކަމަށާއި މީހުން މެރުމަށާއި މީހުން ބަލިޖެއްސުމަށާއި ބަލިބަލީގެ ފަރުވާއަށާއި މީހުން މެރުމަށްވެސް ސިޙުރު ހަދާފައި އެބަހުއްޓެވެ.

ސިޙުރަކީ ރުގްޔާއެއް ނޫނެވެ. އެއީ ޤުރުއާނުގެ އާޔަތްތައް އޮޅުވާލައިގެން ޖިންނީންގެ އެހީއާއި މަދަދާއެކު ހަދައިއުޅޭ އެއްޗެކެވެ. ފުރިހަމަ މިއުމިނަކަށް ސިޙުރުވެރިއަކަށް ނުވެވޭނެއެވެ. އެއީ ސިހުރު ހެދުމަކީ ﷲ ތަޢާލާ ނަހީ ކުރައްވާފައިވާ ގިނަ ކަންކަމަށް މަގުފަހިކުރުވާ ކަމަކަށް ވާތީއެވެ. އަދި ސިޙުރަކީ ބޮޑުވެގެންވާ ޙަރާމް ކަމަކަށް ވާތީއެވެ.

ބަހުގެ ގޮތުން ބަލާނަމަ ޢަރަބިބަހުގައި ”ސިޙްރު“ މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާވެގެންވާ ކަންކަމަށް ބޭނުންކުރާ ޢިބާރާތެކެވެ. އަދި ސިޙްރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުގެ ގޮތުގައި ބާޠިލުނެރެ އޮޅުވާލައިގެން ދެއްކުމެވެ.

ސިޙުރުވެރިން ޝައިތާނާއާއި ގާތްވުމަށް ގިނަ ކަންތައް ތަކެއްކޮށް އުޅެއެވެ. އެގޮތުން ބައެއް ސިޙުރުވެރިން ފާޚާނާއަށް ދާއިރު ޤުރުއާން ފައިދަށުލައިގެން ދެއެވެ. އަނެއްބައި މީހުން އަންހެންވެރިންގެ މައްސަރު ކަންތަކުގެ ލޭފަދަ ހަޑިމުޑުދާރު ތަކެތީން ޤުރުއާނުގެ އާޔަތްތަށް ލިއެވެ. 

ބައެއް ސިޙުރުވެރިން ޤުރުއާނުގެ އާޔަތްތަށް އެމީހުންގެ ދައްފައިގައި ލިޔާއިރު، އޭގެތެރެއިން އެއްބަޔަކު ސޫރަތުލް ފާތިޙާ ނުބައިކޮޅުން ލިޔެހަދާ ކަމަށް ވެއެވެ.

ބައެއް ސިޙްރުވެރިން ވުޟޫނުކޮށް ނަމާދުކުރާއިރު، ބައެއް ސިޙްރުވެރިން ޖުނުބުވެރިކަމުގައިވެސް ހުރެއެވެ. ބައެއް ސިޙްރުވެރިން މާތްﷲގެ ނަންފުޅު ނުގަނެ ޝައިޠާނާއަށް ޖަނަވާރު ޤުރުބާން ކުރުމަށްފަހު ޝައިޠާނާ ބުނާތަނެއްގައި އެމަސްގަނޑު ބާއްވައެވެ. ބައެއް ޞިހްރުވެރިން ތަރިތަކާއި ވާހަކަދައްކައި، މާތްﷲގެ ބަދަލުގައި އެތަކެއްޗަށް އަޅުކަންވެސް ކުރެއެވެ.

މީގެ އިތުރުން ބައެއް ސިޙުރުވެރިން،  ސިޙްރުގެ ބަސްތައް ޢަރަބިނޫން ބަސްބަހުން ކުފުރުގެ ކަލިމަތަކާއިއެކު ކިޔާއުޅެތެވެ. މިއީ ދިވެހިރާއްޖޭގައިވެސް ކުރެވެމުންދާ ޝައިތާނީ ޢަމަލެކެވެ. އަދި ނުފުށްސަވާވަރުގެ ބޮޑުފާފައެކެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ސިޙްރުވެރިޔާގެ އުރެދުންތެރިކަން އިތުރުވިވަރަކަށް ޖިންނި އޭނާއަށް ބޮޑަށް ކިޔަމަންތެރިވެ އޭނާ ކުރާ އަމުރުތަށް ތަންފީޒުކުރުމުގައި އަވަސްވެއެވެ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް