އަންހެނުން ފިރެހެނުންގެ ހެދުން ލައިގެން އުޅުން މަނާކުރަން މެލޭޝިޔާގައި އައު ގާނޫނެއް ނެރެފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ޓެރެންގަނޫ ސްޓޭޓްއިން ނެރުނު އައު ގާނޫނެއްގައިވާ ގޮތުގެ މަތީން ފިރެހެނުންގެ ހެދުން ލައިގެން އުޅޭ އަންހެނުންނާއި ކައިވެނީގެ ބޭރުން ވިހާ އަންހެނުންނަށް ޝަރުއީގޮތުން އަދަބު ދެވިގެންދާނެއެވެ. މީގެ އިތުރުން ސިހުރު ހަދާމީހުންނާއި އެނޫންވެސް އެފަދަ އެހެނިހެން ކަންކަން ކުރާ މީހުންނަށްވެސް އަދަބުދިނުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. 

މި މަހުގެ ކުރީކޮޅު ފާސްކުރެވިފައިވާ މި ގާނޫނުގެ ދަށުން ފިރެހެނުންގެ ހެދުން ލައިގެން އުޅޭ އަންހެނުންނަށް އަދަބެއްގެ ގޮތުން 5000 ރިންގިޓު (1134$) ގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. އަދި ތިން އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ހަ ފަހަރު ހައްދު ޖެހުންވެސް އަދަބުގެ ގޮތުގައި ކަނޑައެޅިދާނެއެވެ. މި ތިން އަދަބު އެއްކޮށް ނުވަތަ ވަކިވަކިންވެސް މިފަދަ މީހުންނަށް ދިނުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން ދައުލަތަށް ލިބިގެންވެއެވެ. 

މެލޭޝިޔާގެ ޓެރެންގަނޫ ސްޓޭޓްގައި ވެރިކަން ކުރާ ޕާޓީއަކީ އިސްލާމް ސީ މެލޭޝިޔާއެވެ. މި ޕާޓީގެ ވެރިކަން ފާހަގަކުރެވިފައިވަނީ އިސްލާމީ ޝަރީއަތް ގާއިމްކުރުމަށް މަސައްކަތްކުރާ ވެރިކަމެއްގެ ގޮތުގައެވެ. އެ ޕާޓީން ބުނެފައިވާ ގޮތުގައި މިފަދަ ގާނޫނެއް ނެރެން ޖެހުނީ ލެސްބިއަންސް އާއި ޓޮމްބޯއީޒް ގެ ގޮތުގައި ލޭބެލްވެގެން އުޅޭ މީހުން މުޖްތަމައުގައި ގިނަވަމުންދާތީއެވެ.

މެލޭޝިޔާގައި މިފަދަ ގާނޫނެއް ތަންފީޒުކުރެވުނު އިރު އަވަށްޓެރި އިންޑޮނޭޝިޔާގައިވެސް ވަނީ ދާދި ފަހުން މިއާއި ދާދި އެއްގޮތް ގާނޫނެއް ތަންފީޒުކޮށްފައެވެ. މިގޮތުން އެ ގައުމުގައި ވަނީ ކައިވެނިން ބޭރުން ގުޅުން ހިންގުން މުޅިން މަނާކޮށް އެބޯޝަން ގެ ޕެނެލްޓީވެސް މަތިކޮށްފައެވެ. 

Loading

2 Responses

  1. ރާއްޖޭގައި މިއުޅެނީ ފިރިހެނުން އަންހެނުންނަށް ނުވެވިގެން. ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށް ދުނިޔެދެކޭ ދެ ގައުމުގެތެރެއިން އެއް ގައުމު ދިވެހިންގެ ރާއްޖެ! މުޅިސިސްޓަމު ފުނޑާލީ ސީދާ އެމްޑީޕީގެ މުޙައްމަދު ނަޝީދު އާއި އޭނާގެ ބައިގަނޑު. ވަރަށް ސާފު

  2. އަޅުންނަށް މިނިވަންވެވޭނީ ވެރިފަރާތުން މިނިވަންކޮށްދިނީމައެވެ. އެއީ އުފެއްދެވުމުގެ މަގްސަދެވެ. ވިސްނުމާ ބުއްދި ދެއްވާފައި އޮތަސް އަޅުން ނޫންކަން ދޭހަވާ މޭރުމަކުން އެއްވެސް އިލްމުވެރިޔަކު ވާހަކަފުޅު ދެއްކެވި އަޑެއް ނާހަމެވެ. އިލްމުވެރިން ވިދާޅުވަނީ އެންމެފަހުން ހިސާބު ބައްލަވާ ދުވަހުވެސް ތިބެންޖެހޭނީ ހަމަ އަޅުންގެ ގޮތުގައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް