އިންޑިއާގައި ތަކެތީގެ އަގު އުފުލެމުންދިއުން
އަވަށްޓެރި އިންޑިއާގެ އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް އަންނަ ކޮންމެ ބަދަލަކީ އޭގެ އަސަރު އެ ގައުމުގެ ރައްޔިތުންނެކޭ އެއްފަދައިން ކޮންމެވެސް ސިފައެއްގައި ދިވެހިރާއްޖެވެސް ޙިއްސާކުރަން ޖެހިފައިވާ ކަމެކެވެ. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ އެއްޗެހި ގެންނަން ޖެހިފައިމިވަނީ އިންޑިއާއިންނެވެ. މިއީ ދެބަސްނުވެވޭނެ ޙަގީގަތެކެވެ. އެހެން ކަމުން އިންޑިއާގެ އިގްތިސާދަށް މެދުވެރިވާ ބަދަލުތަކާމެދު ދިވެހީންވެސްހޭލުންތެރިވާން ޖެހޭނެއެވެ. އަވަށްޓެރި އިންޑިއާގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުއަވަސް އަވަހަށް އުފުލިގެން ދިއުމުން މެދުފަންތީގެ ޢާއިލާތަކަށް ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދޭނެ ގޮތެއްނެތި ބަނޑަށް ޖެހުމުގެ ބިރާކުރިމަތިލާން ވަނީ ޖެހިފައެވެ. މުސާރައަށް ބަދަލެއް ނައުމާއި ތަކެތީ […]
ރަޝިޔާގެ ވަރުގަދަ މިސައިލް ޙަމަލާތަކެއް ޔޫކްރެއިނަށް
މިއަދު ރަޝިޔާއިން ޔޫކްރެއިނަށް އިތުރު ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. މިސައިލްތަކުގެ ގޮވުން ކީވް އާއި ޚާރކީވް އިން އިވިގެންދިޔަކމަށް ބުނެއެވެ. އަދި އެ ދެ ޝަހަރު މިހާރު އޮތީ ކަނު އަދިރި ކަމުގެ ތެރޭގައެވެ. ރައީސް ޕޫޓިންގެ ލަޝްކަރުން ޔޫކްރެއިނުގައި ހުރި ކަރަންޓު އުފައްދާ ނިޒާމުތައް ޙަލާކުކޮށްލަމުން ގެންދިއުމާއެކު ހޫނު ކުރެވޭނެގޮތެއް ނެތުމުން ޝަހަރުތަކުގައި ގަނޑުފެނާ އެއްފަދަ ފިނިކަމެއް އާންމު ވަމުންދިއުމުން އަމާންދިނުން ނޫން އެހެން ގޮތެއްނެތް ޙާލަތަކަށް ވައްޓާލުމަށް ރަޝިޔާއިން ޙަމަލާދެމުން ގެންދާކަމަށް ބެލެވެއެވެ. ޙަމަލާ ބަދަލުކުރެވެމުން ދާއިރު ގިނަ ރައްޔިތުން ތަކެއް ރައްކާތެރިކަން ލިބިގަތުމަށްޓަކައި ސަބްވޭތަކަށް ވަންނަން ފަށައިފިއެވެ. ޚަބަރުތައް […]
ބާލިންގައި ހުންނަ ދުނިޔޭގެ އެންމެ ބިޔަ މަސްކޮށި ގޮވައިފި
ރޮއިޓާސް އިން ޚަބަރުދޭގޮތުގައި ބާލިންގައި ހުންނަ ބިޔަ މަސްކޮށި މިއަދު ގޮވައިފިއެވެ. އެ މަސްކޮށިގައި ތަފާތު ވައްތަރުތަކުގެ 1500 މަސް ދިރުވައިގެން ގެންގުޅެއެވެ. އަދި އޭގައި ހުރި އެއްމިލިއަން ލިޓަރުގެ ފެނާއި މަސްކޮށީގެ ހަލާކުވެފައިވާ ބައިތައް ކާރޫބާރުބޮޑު މިއްޓޭ އަވަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެކަމަށް އިމަރޖެންސީ ސަރވިސް އިން ބުނެފިއެވެ. ރެޑިސަން ހޮޓެލްއަކާއި މިއުޒިއަމަކާއި އަދި ސީލައިފް ބާލިނުން ބުނާގޮތުގައިދުނިޔޭގައި ހުރި އެންމެބޮޑު މި ފްރީ ސްޓޭންޑިން ސިލިންޑްރިކަލް އެކްވޭރިއަމް ހުރީ އެއް ކޮމްޕްލެކްސް ޢިމާރާތުގައެވެ. މަސްކޮށީގެ އުސްމިނަކީ 46 ފޫޓެވެ. އެވަގުތު ރެޑިސަން ހޮޓެލްގައި […]
އިންސާނީ ޙައްގުތައް ކަށަވަރު ކުރުމުގެ ނަމޫނާ
މެލޭޝިޔާގެ 4 ޓުއަރިސްޓަކު އިނގިރޭސި ވިލާތުގެ ޑަބްލިންގައި މި ޑިސެމްބަރު މަހުގެ 4 ވަނަދުވަހު ބާޒާރުކުރަން އުޅުމުގެ ތެރޭގައި ރެސްޓްރާންޓަށް ގޮސްތިއްބާ ޒުވާނުންނޭ މިކިޔާ އުމުރުފުރައިގެ ދޮން ޒުވާނުންތަކެއް އައިސް ހަނގާކޮށް ތަޅުންގަނޑު މަތީގައިހުރި ހުސް ދަޅުތަކާއި ކާއެއްޗެހިތައް އުކައި ގޯނާކޮށް ހަދައިފިއެވެ. ނަސީބު ރަނގަޅުކަމުން އެތަނުގައި ފީ ކުކުޅުބިހެއް ނެތެވެ. އިނގިރޭސި ވިލާތުގައި ކުރިއެރުމުގާ މިހާރު ޚާއްސަވެފައިވާ އެއްކަމަކީ ފީވެ ކުނިވެފައިވާ ބިހުން ޙަމަލާ ބަދަލުކުރުމެވެ! […]
ޕާކިސްތާނުގެ ސިޔާސީ މަސްރަހު އަންނަނީ ހޫނުވަމުން
އިމްރާނުޚާން ބޮޑުވްޒީރުކަމުގައި ހުންނެވި ދުވަސްވަރު ދަވްލަތަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ ބައެއް ތަކެތި ވިއްކައިގެން ލިބުނު ފައިސާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުޙުމަތުގައި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއްގައި އަލުން ވާދަ ނުކުރެއްވޭނެ ކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ނިންމެވި ނިންމެވުން އިސްތިއުނާފު ކުރުމުން އެމައްސަލަ ބެލުން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ފަސްކުރަން އިސްލާމަ އާބާދުގެ ހައިކޯޓުން ނިންމައިފިއެވެ. ހަމައެއާއެކު ޕާކިސްތާނުގައި އާންމު އިންތިޚާބު އަވަސްކުރުމާއި ބެހޭގޮތުން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމުމަށާއި އެހެންނޫނީ 2 ޕްރޮވިންސެއްގެ ލެޖިސްލޭޓިވް އެސެމްބްލީ […]
އިންޑިއާއިން ނަގަމުން ގެންދާ ލޯންތަކުގެ އެއްވެސް މަޢުލޫމާތެއް ނޭނގޭ – ގަވަރުނަރު
މިރޭ ޕީޕީއެމް ޕީއެންސީއިން ރާއްޖޭގެ މައި ފައިނޭންސް މަރުކަޒު އެމް.އެމް. އޭ ކުރިމަތިން ލައިވްކުރި ނިއުސްކޮންފަރެންސްގައި ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ނަގަމުންގެންދާ ލޯންތަކާއި އެހެނިހެން ބައެއް އެނހީތަކުގެ އެއްވެސް މަޢުލޫމާތެއް ގަވަރުނަރު ޢަލީ ޙާޝިމް އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން އެފަދަ ބޮޑެތި ލޯންތައް ނެގިފައިވާ އިންޓަރެސްޓް ރޭޓެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އަދި ދައްކަން ޖެހޭނެ މުއްދަތެއް ދެއްކޭނެ ނިޒާމެއްގެވެސް އެއްވެސް ކަމެއް ގަވަރުނަރ އާއި ސަރުކާރުން ޙިއްސާކޮށްފާ ނުވާކަމަށް ޢަބުދުއްރަހީމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މީޑިއާއަށް ވިދާޅުވެ ދެއްވިއެވެ. މިހެންކަމުން މިހާރު ދިވެހިރާއްޖޭގެ […]
ގަލްފު ލީޑަރުންގެ އާ ބައިވެރިއަކަށް ޗައިނާ
ސުރުޚީގައި އެވަނީ މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި އަރަބި ލީޑަރުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވުނު ބައްދަލުވުމުގައި ހާމަވެގެންދިޔަ މެސެޖްގެ ޚުލާސާއެކެވެ. ނިމިގެންދިޔަ އެ ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އަރަބި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިގްތިސާދުގައި ޗައިނާގެ ޙިއްސާ އަށް ގިނަ މަގުތަކެއް ހުޅުވިގެން ހިގައްޖެއެވެ. އަދި އަރަބި ދުނިޔޭގައި ޙަރަކާތްތެރި ވަމުން އައި ހަމައެކަނި ސުޕަރ ޕަވަރަ އެމެރިކާއަށް އެމަގާމު ކިތަންމެރަނގަޅަކަށްވެސް ގެއްލިއްޖެކަމެވެ. ރައީސް ބައިޑްން ސަރުކާރުން ފާޅުކުރަމުން ގެންދިޔަ ފާޑުކިއުންތަކުގެ ސަބަބުންނާއި މެދު […]
ޗައިނާގެ ”މޯންސްޓާ ޑްރޯން“ އަކީ ނުރައްކާތެރި ހަތިޔާރެއް
ދާދި ފަހުން ސޯޝަލް މީޑިޔާގައި ދައުރުވި ޕޯސްޓަކުން ވަނީ ޗައިނާއިން އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރާތަން ފުރަތަމަ ފަހަރަށް ފޮޓޯއަކުން ފެނިފައެވެ. މި ނުރައްކާތެރި ހަތިޔާރުގެ ނަމަކީ ޓޭންޖިއޯއެން ޓީބީ 001 ޑްރޯންއެވެ. މި ޑްރޯން ދުއްވަން ޕައިލެޓުން ބޭނުމެއް ނުވެއެވެ. އަދި މި ޑްރޯން ގައި ތިން އިންޖީނާއި އެތައް ސަތޭކަ ބޮމަކާއި މިސައިލް ހަރުކުރެވޭނެ ޖާގަ ހުރެއެވެ. އެންމެ ފުރަތަމަ މި ޑްރޯން ޗައިނާއިން އުފައްދާފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި މިދިޔަ […]
އިނގިރޭސި ވިލާތުގައި މިއަހަރު ފިނިމޫސުމް މައިނަސް 10 އަކަށް
އިނގިރޭސި ވިލާތުގެ މޫސުމާބެހޭ އޮފީހުން ސްނޯ އާއި ގަނޑުފެނާއި އަދި ދުންފިނީގެ ރީދޫ އިންޒާރު އާންމުކޮށްފައި ވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފިނިހޫނުމިން މައިނަސް 10 ދަރަޖަ ސެންޓިގްރޭޑަށް ވެއްޓި ބޮޑެތި މައި އެއާރޕޯރޓް ތަކުގެ ޚިދުމަތަކަށް ބުރޫ އަރައިފިއެވެ. ހީތުރޯ އަށް އައި 50 ފްލައިޓާއި ގެޓްވިކް އެއަރޕޯރޓަށް ޖައްސަންއައި 30 ފްލައިޓް ކެންސަލް ކުރަންޖެހި އަދި ބައެއް ފްލައިޓް ލަސްކޮށް އެހެން މަންޒިލްތަކަށް ފޮނުވަން ވެސް ޖެހުނެވެ. އަދި ކޯންވެލް އާއި ގުލޫސެސްޓަރޝަޔަރ ފަދަ ބައެއް ރަށްރަށުގައި މަގުތައް ބޭނުން […]
ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނު ކުރަނީ
ނަރުހުން މާސްޓާ ޑިގްރީ ފެންވަރަށް ތަމްރީނުކުރަން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގެ 8 ހޮސްޕިޓަލެއްގައި ސްކޮލަޝިޕަށް މިއަދުސަރުކާރުން ހުޅުވާލައިފިއެވެ. ސްކޮލަޝިޕްގެ 15 ފުރުސަތުގައި ސާކްގެ ގައުމެއްގައި ނޫނީ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔެވޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފާވެއެވެ. އަދި މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ވަގުތުދީފައެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި މި ސްކޮލަޝިޕް ތަކުގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސް ދުވަސް ލިބޭނެ އެވެ. އެގޮތުން ހުރިހާ ޚަރަދެއް ސަރުކާރުން ދޭ ގޮތަށް ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނުކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަކީ އައި.ޖީ.އެމް.އެޗް އާއި ހުޅުމާލެ […]