ބާލިންގައި ހުންނަ ދުނިޔޭގެ އެންމެ ބިޔަ މަސްކޮށި ގޮވައިފި

Facebook
Twitter
WhatsApp
2D37480D-DD5D-4AE4-AC1C-64888C3AD4C2


ރޮއިޓާސް އިން ޚަބަރުދޭގޮތުގައި ބާލިންގައި ހުންނަ ބިޔަ މަސްކޮށި މިއަދު ގޮވައިފިއެވެ. އެ މަސްކޮށިގައި ތަފާތު ވައްތަރުތަކުގެ 1500 މަސް ދިރުވައިގެން ގެންގުޅެއެވެ. އަދި އޭގައި ހުރި އެއްމިލިއަން ލިޓަރުގެ ފެނާއި މަސްކޮށީގެ ހަލާކުވެފައިވާ ބައިތައް ކާރޫބާރުބޮޑު މިއްޓޭ އަވަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެކަމަށް އިމަރޖެންސީ ސަރވިސް އިން ބުނެފިއެވެ. 

ރެޑިސަން ހޮޓެލްއަކާއި މިއުޒިއަމަކާއި އަދި ސީލައިފް ބާލިނުން ބުނާގޮތުގައިދުނިޔޭގައި ހުރި އެންމެބޮޑު މި ފްރީ ސްޓޭންޑިން ސިލިންޑްރިކަލް އެކްވޭރިއަމް ހުރީ އެއް ކޮމްޕްލެކްސް ޢިމާރާތުގައެވެ. މަސްކޮށީގެ އުސްމިނަކީ 46 ފޫޓެވެ. އެވަގުތު ރެޑިސަން ހޮޓެލްގައި ހުރި ނާޒް މަސްރަފް ބުނީ އެމަސްކޮށި ގޮވިއަޑު ހީވީ ބިންހެލުމެއް އައިހެންނެވެ. މުޅި މަސްކޮށި އޮތީ ފުޑުފުޑު ވެފައެވެ. 

މަރުވެފައިވާ މަސްތަކާއި ހަލާކުވެފައިވާ މަސްކޮށީގެ ބައިތައް އޮތީ އެތައް މިތަނަށް ބުރައިގެން ގޮސްފައެވެ. މަސްކޮށީގެ ވެރިފަރާތުން ބުނާގޮތުގައި ހުރިހާމަސްތަކެއް ވަނީ މަރުވެފައެވެ. އެހެންނަމަވެސް އެތަނުގައިހުރި ބައެއް ކުދި މަސްކޮށިތަކުގައި ތިބި މަސްތައް ސަލާމަތްކުރެވޭތޯ ބަލަމުންގެންދާ ކަމަށާއި ޢިމާރާތުގައި ކަރަންޓް ނެތުމުގެ ސަބަބުން އުދނަގޫތަކަކާ ކުރިމަތިވެފައިވާ ކަމަށް ބުނެއެވެ.                                                      

ފަޔަރބްރިގޭޑުން ރޮއިޓާސް އަށް މަޢިލޫމާތު ދިންގޮތުގައި މިޙާދިސާ މެދުވެރިވި ސަބަބެއް އަދި ނޭގެއެވެ. އަދި ބާލިންގެ މޭޔަރ ފްރާންޒިސްކާ ގިއްފޭ ވިދާޅުވީ މި ހާދިސާ މެދުވެރި ވެފައިވަނީ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމުން އެހިސާބުގައި ގިނަ މީހުން ނެތުން އެއި ނަސީބެއްކަމަށެވެ. އެއަށްވުރެން ގަޑިއެއްގެ އިރު ފަސްވީނަމަވެސް އިންސާނީ ބޮޑު ކާރިސާއަކަށްބަދަލުވެގެން ދިޔައީސް ކަމަށެވެ.                                            

މިޙާދިސާގައި ވިއްސައިގެން ދިޔަ ބިއްލޫރީގެ ބައިތަކުން  ހޮޓެލްގެ މުއައްޒިފަކާއެކު ދެމީހަކަށް އަނިޔާ ވިއެވެ. އަދި ޢިމާރާތަށް ގެއްލުން ލިބިފައިހުރެދާނަ ކަމަށް ބަލައި ހޮޓެލްގައި ތިބި 350 ގެސްޓުން ވަގުތުން 

އިމާރާތް ހުސްކުރަންވަނީ އަންގާއެވެ.

ހެނދުނުގެ އެ ވަގުތުގައި މަގުމަތީގެ ފިނިހޫނުމިން އުޅެނީ މައިނަސް 7 ޑިގްރީ ސެންޓިގްރޭޑްގައެވެ.  ޜެޑިސަން ހޮޓެލުން ބުނެފައިވަނީ އެހެންގ ޮތަކަށް ބުނަންދެން ހޮޓެލް ބަންދު ކޮށްފައިވާކަމަށެވެ. ސީލައިފް ބާރލިނުން ކުއްލި ޙައިރާންކަމެއް ފާޅުކުރަމުން ގެންދާއިރު މިޙާދިސާ މެދުވެރިވާން ދިމާގޮތެއްއޮޅުން ފިލުވުމަށް އަކުއާޑޯމްގެ ވެރިފަރާތަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.

މަސްކޮށި ގޮވުމުން މަގުމައްޗަށް ދެމިގަތް ފެންގަނޑުގެ ސަބަބުން އިމާރާތާ އިންފާރުވެގެން އޮންނަ މައިމަގުވެސް ވަނީ އިމަރޖެންސީ ސަރވިސްގެ ފަރާތުން ވަގުތީގޮތުން ބަންދުކޮށްފައެވެ. މި ޙާދިސާއާއި ގުޅިގެން އިމަރޖެންސީ ޙަރަކާތުގެ ސަތޭކަ ވަރަކަށް މީހުން އެތަން ސާފުކުރުމަށް ނިކުމެގެން އެބަ އުޅޭކަމަށް ބުނެފާވެއެވެ. އެ މަސްކޮށި އެންމެފަހުން އަޕްގްރޭޑްކޮށް ސަރވިސް ކުރިކަމަށް ވަނީ 2020 ގައެވެ.                            

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް