އިންސާނީ ޙައްގުތައް ކަށަވަރު ކުރުމުގެ ނަމޫނާ

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ 4 ޓުއަރިސްޓަކު އިނގިރޭސި ވިލާތުގެ ޑަބްލިންގައި މި ޑިސެމްބަރު މަހުގެ 4 ވަނަދުވަހު ބާޒާރުކުރަން އުޅުމުގެ ތެރޭގައި ރެސްޓްރާންޓަށް ގޮސްތިއްބާ ޒުވާނުންނޭ މިކިޔާ އުމުރުފުރައިގެ ދޮން ޒުވާނުންތަކެއް އައިސް ހަނގާކޮށް ތަޅުންގަނޑު މަތީގައިހުރި ހުސް ދަޅުތަކާއި ކާއެއްޗެހިތައް އުކައި ގޯނާކޮށް ހަދައިފިއެވެ. 

ނަސީބު ރަނގަޅުކަމުން އެތަނުގައި ފީ ކުކުޅުބިހެއް ނެތެވެ. އިނގިރޭސި ވިލާތުގައި ކުރިއެރުމުގާ މިހާރު ޚާއްސަވެފައިވާ އެއްކަމަކީ ފީވެ ކުނިވެފައިވާ ބިހުން ޙަމަލާ ބަދަލުކުރުމެވެ!                                                       

މެލޭޝިޔާގެ 4 ޓްއަރިސްޓުން އެ ތަނުގައި ތިބުން ރައްކާތެރި ކަމަށް ނުފެންނާތީ އެތަނުން ނިކުމެގެން ފައިމަގުގައި އަވަސްއަވަހަށް ބަސް ސްޓޭޝަނާ ދިމާއަށް ހިގައިގަތީއެވެ. އެހެންނަމަވެސް ހަނގާ ކުރަމުންދިޔަ ބައިގަނޑަށް އިތުރު ޒުވާނުން އައިސް އެމީހުންނަށް ގޯނާކުރުން އިތުރަށް ފުޅާކުރިއެވެ. 

އަދި އެމީހުންގެ ބައިސްކަލް ތަކުން އެ ހަތަރު ޓްއަރިސްޓުން ވަށާލައި ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަމުން މަރާލާނެ ކަމުގެ އިންޒާރުވެސް ދެމުން ގެންދިޔައެވެ. އެންމެފަހުން އެތަނުން އެކަކުގެ ބައިސްކަލްގެ ސީޓްގެ ދަގަނޑު އުފުރާލާފައި އެތަނުން އެއް ޓްއަރިސްޓަކުގެ ކަނދުރާގައި ތަޅަންފެށިއެވެ. އޭނާ ހުއްޓުވަން އެތަނުން އެހެން ޓްއަރިސްޓަކު މަސައްކަތް ކުރުމުން އެ ބައިގަނޑުގައި ތިބި ބައެއް އެހެން ކުދިން އައިސް އޭނަށްވެސް ހަމަލާދޭން ފެށިއެވެ. 

އެ ވަގުތު ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔަކަމަށް ވެއެވެ. ޓްއަރިސްޓުން އެހީއަށް އެދި އާދޭސްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އެއްވެސް މީހަކު އަޅައެއް ނުލިއެވެ. އެންމެފަހުން ފުރުސަތުގެ ބޭނުންކޮށްގެން އެތަނުން އެއް ޓްއަރިސްޓަކު 999 އަށް ފޯނު ކުރިކަން އެނގުމުން އެބައިގަނޑު ދިޔައީއެވެ.

އެވަގުތު އެތަނުން އެއް ޓްއަރިސްޓަކު ވީޑިއޯކުރިއެވެ. ފޯނުކުރިތާ ބައިގަޑި އެއްހާއިރު ވީއިރުވެސް ފުލުހުންގެ ހިލަމެއް ނުވިއެވެ. ނަސީބު ރަނގަޅުކަމުން އެތަނަށް އައި މެދުއިރުމަތީގެ ގައުމަކަށް ނިސްބަތް ކުރެވޭ ހެޔޮލަފާ މީހަކު އެމީހުން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ދިނީއެވެ. އެއީ ގާތްގަނޑަކަށް ދެތިން މިނެޓުގެ ރާސްތާއެކެވެ. ޑަބްލިންގެ ފުލުހުން ބުނިގޮތުގައި އެ ގްރޫޕްގެ ބަލާވެރިކަން އޮތީ ހައްދުން ނައްޓާލާފައެވެ. 

އެހެންނަމަވެސް ކުޑަކުދިންގެ އުމުރު ފުރާއަށް ނިސްބަތްކުރެވޭ ބަޔަކަށް ވާތީ ފުލުހުންތިބީ ފިޔަވަޅު އެޅޭނެގޮތެއް ނެތިފައެވެ.                                                               

އެތަނުން އެއް ޓްއަރިސްޓަކު ބުނިގޮތުގައި އޭގެ އެއްދުވަސް ކުރިން މަގާމާ ޙަވާލުވެ ވަޑާއިގެންނެވި މެލޭޝިޔާގެ ޚާރިޖީ ވަޒީރު ޒަމްބްރީ އަބްދުލް ގާދިރު އޭނާއަށް ފޯނުން ގުޅުއްވާފައި އެ މައްސަލަ ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. 

އޭރު އަދި އެމަނިކުފާނު ރަސްމީގޮތުން ވަޒީފާ އަދާކުރައްވަންވެސް ނުފައްޓަވައެވެ. މިއީ އަޅުގަނޑުމެންވެސް ޢިބްރަތް ލިބިގަންނަން ޖެހޭ ފިލާވަޅެކެވެ. އަޅުގަނޑުމެންގެ ރައްޔިތަކަށް އެތެރޭން ވިޔަސް ބޭރުންވިޔަސް ނުރައްކަލެއް ދިމާވީމާ އަޅުގަނޑުމެންގެ ވަޒީރު ގުޅާފައި އެކަން ބަލާދޭނަމޭ ބުނާނެ ދުވަހަކަށް އިންތިޒާރު ކުރަމާ ހިނގާށެވެ. ދިގު އިންތިޒާރަކަށްވެސް ވެދާނެއެވެ.                                

Loading

One Response

  1. މިއީ ހުޅަނގުގެ ގައުމުތަކުގައި ތަހްޒީބާއި އިންސާނީ ކަރާމާތް ތަރުޖަމާ ކުރެވެމުންދާގޮތެވެ. މިއީ މާދަމާ ގައުމު ހިންގަން ތިބި ޒުވާނުންގެ ފެންވަރެވެ. އެމީހުންބޮޑެތިވެގެން ގައުމު ހިންގަން ހަވާލު ވުމުން ދުނިޔޭގެ ސުލްހައާއި އަމާންކަން އޮންނާނެގޮތާ ދޭތެރޭ ވިސްނާ ފިކުރުކުރުން ހުއްޓެވެ. ލިއުން ނިންމަވާލައްވާފައިވާ އިބާރާތްކޮޅުން އަޅުގަނޑުމެންގެ ހާލަތު ހިތައް އައިސް ފެންކަޅިވިއެވެ. ރަނގަޅުވާހަކައެކެވެ. އެއީ ދިގު އިންތިޒާރެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް