ޕާކިސްތާނުގެ ސިޔާސީ މަސްރަހު އަންނަނީ ހޫނުވަމުން

Loading

Facebook
Twitter
WhatsApp

އިމްރާނުޚާން ބޮޑުވްޒީރުކަމުގައި ހުންނެވި ދުވަސްވަރު ދަވްލަތަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ ބައެއް ތަކެތި ވިއްކައިގެން ލިބުނު ފައިސާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުޙުމަތުގައި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއްގައި އަލުން ވާދަ ނުކުރެއްވޭނެ ކަމަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ނިންމެވި ނިންމެވުން އިސްތިއުނާފު ކުރުމުން އެމައްސަލަ ބެލުން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ފަސްކުރަން އިސްލާމަ އާބާދުގެ ހައިކޯޓުން ނިންމައިފިއެވެ. 

ހަމައެއާއެކު ޕާކިސްތާނުގައި އާންމު އިންތިޚާބު އަވަސްކުރުމާއި ބެހޭގޮތުން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމުމަށާއި އެހެންނޫނީ 2 ޕްރޮވިންސެއްގެ ލެޖިސްލޭޓިވް އެސެމްބްލީ އުވާލާނެ ކަމަށްއިމްރާނު ޚާނުގެ ޕާޓީން ސަރުކާރަށް އިންޒާރު ދީފިއެވެ.

ތަހްރީކޭ އިންސާފް ޕާޓީގެ އިސްބޭފުޅަކު ކަމުގައިވާ ފަވާދު ޗައުދަރީގެ ޓްވީޓުގައި މިކަން ވަނީ ހިއްސާކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުންމިކަމުގައި މިހާތަނަށް ދީފައިވަނީ ބީރު ކަންފަތެކެވެ. އިންތިޚާބު ނުބާއްވަން އުޅެނީ މިހާރުގެ ސަރުކާރަށް އިންތިޚާބުގައި ބޮޑުތަނުން ނާކާމިޔާބު ވާނެކަން އެނގޭތީކަމަށް އިމްރާން ޚާންގެ ޕާރޓީން ބުނެއެވެ.

އިތުބާރު ނެތްކަމުގެ ވޯޓަކުން އިމްރާން ޚާނުގެ ވެރިކަން ވައްޓާލާފައިއޮތްނަމަވެސް ޕާކިސްތާނުގެ ހަތަރު ޕްރިންސްގެ ތެރޭން ދެ ޕްރޮވިންސް ގެ ކޮންޓްރޯލް މިހާރުވެސް އޮތީ އިމްރާން ޚާންގެ ޕާރޓީއަށެވެ. މި ދެ ޕްރޮވިންސްގެ އެސެމްބްލީ އުވާލުން އެއީ އިންތިޚާބު އަވަސް ކުރުމަށްޓަކައި އިމްރާން ޚާނުގެ ކާލާ މަންނަ ބޭނުންކުރުމެވެ. އިންތިޚާބު ބާއްވައިފިނަމަ އިމްރާން ޚާން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާރޓީއަށް ވަނީ ލިބިފައެވެ

ޕާކިސްތާނުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާއި އަދި މިދޭތެރޭން ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ތަކާހުރެ ކުރިއްސުރެން އިނދަޖެހިފައިވާ ގައުމުގައި އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި ބައިނަލް އަގްވާމީ މާލީ އިދާރާއިން ދޭނެ ކަމަށް ބެލެވުނު ދަރަނިވެސް މިހާރު އޮތީ ނޭންގުމެއްގެ ތެރޭގައެވެ.   

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް