އިންޑިއާއިން ނަގަމުން ގެންދާ ލޯންތަކުގެ އެއްވެސް މަޢުލޫމާތެއް ނޭނގޭ - ގަވަރުނަރު

Loading

Facebook
Twitter
WhatsApp

މިރޭ ޕީޕީއެމް ޕީއެންސީއިން ރާއްޖޭގެ މައި ފައިނޭންސް މަރުކަޒު އެމް.އެމް. އޭ ކުރިމަތިން ލައިވްކުރި ނިއުސްކޮންފަރެންސްގައި ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ނަގަމުންގެންދާ ލޯންތަކާއި އެހެނިހެން ބައެއް އެނހީތަކުގެ އެއްވެސް މަޢުލޫމާތެއް ގަވަރުނަރު ޢަލީ ޙާޝިމް އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އެގޮތުން އެފަދަ ބޮޑެތި ލޯންތައް ނެގިފައިވާ އިންޓަރެސްޓް ރޭޓެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އަދި ދައްކަން ޖެހޭނެ މުއްދަތެއް ދެއްކޭނެ ނިޒާމެއްގެވެސް އެއްވެސް ކަމެއް ގަވަރުނަރ އާއި ސަރުކާރުން ޙިއްސާކޮށްފާ ނުވާކަމަށް ޢަބުދުއްރަހީމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މީޑިއާއަށް ވިދާޅުވެ ދެއްވިއެވެ.

މިހެންކަމުން މިހާރު ދިވެހިރާއްޖޭގެ އިކޮނޮމީގެ ޙާލަތު ބިރުވެރި ޙާލަތަކަށް ބަދަލުވެފައި ވާކަމަށާއި އެކަމުގެ ހެއްކެއްގެ ގޮތުގައި މިހާރު ޑޮލަރުގެ ކަޅުބާޒާރެއް އުފައްދައި ޑޮލަރެއް 17.50 ރުފިޔާއަށް އަރާފައިވާކަމަށެވެ. މިއަންނަނީ ސްކޫލު ޗުއްޓީއަށް ގިނަބަޔަކު ބޭސްފަރުވާ އާއި އެހެނިހެން ބައެއް ކަންތައްތަކުގައި ރާއްޖޭން ބޭރަށް ފުރާނެ ދުވަސްތަކެއް ކަމުން ޑޮލަރުގެ ކަޅުބާޒާރު މިހާރަށް ވުރެވެސް އިތުރަށް ބޮޑުވާނެ ކަމަށެވެ.

މިހާރުވެސް އޮފިޝިއަލް ރޭޓް 15.42 އާއި އަޅުވާ ބަލާއިރު 20% މައްޗަށް ޖެހިފާވާކަމަށެވެ. އެހެންކަމަށް ވާނަމަ މިހާރަށްވުރެވެސް  ބޮޑަށް ތަކެތީގެ އަގު ރައްޔަތުން އަތްނުފޯރާފަށް ދާނެކަމަށެވެ. 

މީގެ އިތުރުން މިހާރު އެމް.އެމް.އޭގެ ބޭނުމެއް ނެތްކަމަށާއި އިކޮނޮމީ ރަނގަޅު ކުރުމަށް ގަވަރުނަރުގެ ބަހެއް ނެތުމަކީ މިހާރު ރާއްޖޭގެއިކޮނޮމިކް ޙާލަތު އޮތް ނުރައްކާތެރި ކަމުގެ ސީރިއަސްކަން ދެނެގަންނަން ޖެހޭކަމަށްވެސް ވިދާޅުވެފާވެއެވެ. އަދި މީގެ އިތުރުން ރައްޔަރުންގެ މަޖިލީހުން ބޭނުންފުޅުވެގެން ވެސް ސަރުކާރުން ނަގަމުންދާ ލޯންތަކާއި، ޓީބިލް ވިއްކުމާއި ދަރަނިތަކުގެ އިންޓްރަސްޓް ރޭޓްތަކުގެ މަޢުލޫމާތު ސަރަކާރުން ބުނެނުދީފާއި ނުވާކަމީ ބިރުވެރިކަމެއް ކަމުގައި ސިފަކުރެއްވިއެވެ.

Loading

One Response

  1. އެމްޑީޕީ ކޯލިޝަނުން މިގެނާ ހެޔޮވެރިކަމަކީ މިއީތޯއެވެ. ހުރިހާކަމެއްވެސް ސިއްރުން ސިއްރު. ރައްޔަތުންނަށް ސިއްރެއްނޯންނާނޭ ގޮވާ މަގުމަރި ކުޑަކުރި މީހުން މިއީ. ލަދެއްވެސް ނުގަނޭވިއްޔާދޯ/ ލަދު ހަޔާތް ނެތުމީ ދުނިޔޭގައި އުޅެން ވަރަށް ސަޅިގޮތެކޯ ތުއްތުބެ ނުނުއްވިއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް