ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނު ކުރަނީ

Facebook
Twitter
WhatsApp
511515D2-B2FF-494E-AF80-47DADE711D4A

ނަރުހުން މާސްޓާ ޑިގްރީ ފެންވަރަށް ތަމްރީނުކުރަން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގެ 8 ހޮސްޕިޓަލެއްގައި ސްކޮލަޝިޕަށް މިއަދުސަރުކާރުން ހުޅުވާލައިފިއެވެ.

ސްކޮލަޝިޕްގެ 15 ފުރުސަތުގައި ސާކްގެ ގައުމެއްގައި ނޫނީ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔެވޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފާވެއެވެ. އަދި މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ވަގުތުދީފައެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި ސްކޮލަޝިޕް ތަކުގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސް ދުވަސް ލިބޭނެ އެވެ. އެގޮތުން ހުރިހާ ޚަރަދެއް ސަރުކާރުން ދޭ ގޮތަށް ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނުކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަކީ އައި.ޖީ.އެމް.އެޗް އާއި ހުޅުމާލެ ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް (އޭ.އީ.އެޗް) އެވެ.

މި ސްކޮލަޝިޕްތަލުގައި ކިޔެވުމަށް ފަހު އެ ހޮސްޕިޓަލްތަކަށް ޚިދުމަތް ކުރަން މަޖުބޫރުވާނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި ނާސިން ސްކޮލަޝިޕްގައި ސްޕެޝަލައިޒޭޝަންގެ 27 ދާއިރާއަކުން ކިޔެވޭނެކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ މެޓާނަލް ޗައިލްޑް ހެލްތް އާއި ޓްރޯމާ އެންޑް އިމަޖެންސީ ކެއާ އާއި މެންޓަލް ހެލްތާއި އޮންކޮލޮޖީ އަދި ކާޑިއޮލޮޖީ ހިމެނޭކަމަށް ބުނެފާވެއެވެ.

ސްކޮލަޝިޕްތަކުން ޖާގަ ހޯދުމުގައި މޯލްޑިވްސް ނާސިން ކައުންސިލް އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔޫ.އޭ) އިން ގަބޫލުކުރާ މަރުކަޒުގެ ކޯހެއްކަން ކަށަވަރުކުރަން ޖެހެއެވެ. އަދި މީގެތެރެއިން އިޚުތިޔާރުކުރާ ކޯހަކީ، އިނގިރޭސި މީޑިއާއަށްކިޔަވައިދޭ، ފުލްޓައިމް ކޯހަކަށް ވާންޖެހޭނެއެވެ.

އަދި މީގެ އިތުރުން ކޯހުގެ މުއްދަތުގައި މަރުކަޒަށް ޙާޒިރުވެގެން ފުރިހަމަކުރަން ޖެހޭ ކޯހަކަށްވުމާއި ސުޕަވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނުމުގެ އިތުރުން ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށްގެންހަމަޖައްސައިދޭ ކޯހަކަށްވެސް ވާންޖެހޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް