ރަޝިޔާގެ ވަރުގަދަ މިސައިލް ޙަމަލާތަކެއް ޔޫކްރެއިނަށް

Loading

Facebook
Twitter
WhatsApp


މިއަދު ރަޝިޔާއިން ޔޫކްރެއިނަށް އިތުރު ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ.  މިސައިލްތަކުގެ ގޮވުން ކީވް އާއި ޚާރކީވް އިން އިވިގެންދިޔަކމަށް ބުނެއެވެ. އަދި އެ ދެ ޝަހަރު މިހާރު އޮތީ ކަނު އަދިރި ކަމުގެ ތެރޭގައެވެ. ރައީސް ޕޫޓިންގެ ލަޝްކަރުން ޔޫކްރެއިނުގައި ހުރި ކަރަންޓު އުފައްދާ ނިޒާމުތައް ޙަލާކުކޮށްލަމުން ގެންދިއުމާއެކު ހޫނު ކުރެވޭނެގޮތެއް ނެތުމުން ޝަހަރުތަކުގައި ގަނޑުފެނާ އެއްފަދަ ފިނިކަމެއް އާންމު ވަމުންދިއުމުން އަމާންދިނުން ނޫން އެހެން ގޮތެއްނެތް ޙާލަތަކަށް ވައްޓާލުމަށް ރަޝިޔާއިން ޙަމަލާދެމުން ގެންދާކަމަށް ބެލެވެއެވެ.

ޙަމަލާ ބަދަލުކުރެވެމުން ދާއިރު ގިނަ ރައްޔިތުން ތަކެއް ރައްކާތެރިކަން ލިބިގަތުމަށްޓަކައި ސަބްވޭތަކަށް ވަންނަން ފަށައިފިއެވެ. ޚަބަރުތައް ލިބޭގޮތުގައި ޚާރްކީވްގެ އެއްވެސް ހިސާބެއްގައި ކަރަންޓް ނެތުމުގެސަބަބުން ހޫނުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި ގަދަފިނީގައި ރައްޔިތުން ޙާލުގައި ޖެހިފައިވާއިރު ރަޝިޔާގެ ސިފައިން ގެންދަނީ މުޅި ޝަހަރުގެ ހުރިހާ ވަސީލަތްތަކެއް ސުންނާފަތި ކުރަމުންނެވެ. ބޭނުމަކީ ޔޫކުރެއިން އިން އަމާން ދިނުމެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާގ ޮތުގައި ވެރިރަށް ކީވް އާއި ދެކުނު ކްރައިވްޔީ ރިހް އަދި އިރު އުތުރު ޚާރްކީވްގައި އިތުރު ވައިގެ ޙަމަލާތަކުގެ އިންޒާރުގެ ބަރުގޮނު ގެންދަނީ އަޅަމުންނެވެ. ޔޫކްރެއިންގެ ރައީސް އޮފީހުގެ ޑެޕިއުޓީ ހެޑް ވިދާޅުވަނީ އިންޒާރުގެ ބަރުގޮނަށް ފަރުވާ ކުޑަ ނުކުރުމަށާއި ރައްކާތެރިވެ ތިބުމަށެވެ. ކީވް ސަރަޙައްދުގެ ގަވަރނަރ ކިމް ވިދާޅުވަނީ ޔޫކްރެއިންގެ ފަޒާގެ ތެރެއިން 60 ވަރަކަށް ރަޝިޔާގެ މިސައިލް ފެނިފައިވާ ކަމަށެވެ.  


ކީވްގެ މިލީޓްރީ އޮފިޝަލުން ބުނަނީ ރަޝިޔާގެ 40 މިސައިލްގެ ތެރެއިން 37 މިސައިލް ވައްޓާލާފައިވާ ކަމަށެވެ. އެހެންނަމަވެސް ޔޫކްރެއިންގެ އިރު ދެކުނު ސިޓީ އެއްކަމުގައިވާ ޒަޕޯރިންޒިޔާގެ ގަވަރނަރ އޮލެކްސަންޑަރ ސްޓާރުޚް ވިދާޅުވެފައިވަނީ އެ ސަރަޙައްދަށް ރަޝިޔާގެ ފަނަރަ ވަރަކަށް މިސައިލް އަމާޒު ވެފައިވާ ކަމަށެވެ. އަދި ރައީސް ޒެލެންސްކީގެ އުފަން ރަށުގައި މީހުންދިރިއުޅޭ ޢިމާރާތަކަށް އެރި މިސައިލަކުން އެ ޢިމާރާތުގެ އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.                                                   

ޚަބަރުތަކުން އެނގޭގޮތުގައި ގިނަ ރޭލުތަކެއްވެސް މިހާރު ދުއްވަނީ ކަރަންޓު ނެތުމުގެ ސަބަބުން ސްޓީމް އިންޖީނު ބޭނުން ކޮށްގެންނެވެ.                                                         

ޔޫކްރެއިންގެ ސިފައިންގެ ވެރިޔާ ވިދާޅުވަނީ މިއަންނަ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ކީވް ހިފުމަށްޓަކައި ރަޝިޔާއިން އާ ޙަމަލާތަކެއް ދޭނެކަން އެނގިފައިވާ ކަމަށެވެ. މި ޙަމަލާތައް ފެށިގެން އަންނާނީ ދެކުނު ޑޮންބަސް ނުވަތަ ބެލަރޫސްގެ ސަރަޙައްދުން ކަމަށެވެ.                                                 

ޔޫކްރެއިނުން ހާމަކުރާގޮތުގައި މި ހަނގުރާމާގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައިއޮތް މެލިޓޯޕޯލް އަށް ޔޫކްރެއިނުންދިން މިސައިލް ޙަމަލާތަކުގައި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުން ތަކެއްދެވި ކްރީމިޔާގެ ތެރެއިން 200 މެލު ދުރަށް ފައްސާލެވިފައިވާ ކަމަށެވެ. އަދި 200 އަށްވުރެން ގިނަ ރަޝިޔާ ސިފައިން މަރާލެވިފައިވާ ކަމަށްވެސް ބުނެއެވެ. އަދި މެލިޓޯޕޯލްގެ މޯގްތައް ފުރިފައި އޮތުމާއެކު މިހާރު ރަޝިޔާ ސިފައިންގެ ގަބުރުތައް ކްރީމިއާއަށް ގެންދަން މަޖުބޫރު ވެފައިވާ ކަމަށެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް