ޙަކީމް ވޯލްޑްކަޕް ކުޅެގެން ލިބުނު ފައިސާ ފަގީރުންނަށް ސަދަގާތް

Loading

Facebook
Twitter
WhatsApp

މަޣްރިބް ކަރައިގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހަކީމް ޒިޔެޝް އަށް މިއަހަރު ވޯލްޑްކަޕް ގައި ކުޅެގެން ލިބުނު ގާތްގަނޑަކަށް ތިންލައްކަ އެމެރިކާ ޑޮލަރު މަޣްރިބް ކަރައިގެ ފަގީރުންނަށް ސަދަގާތެއްގެ ގޮތުގައި ހަދިޔާ ކޮށްފިއެވެ. އަދި އެއީ އޭނާގެ ހިތް އެދޭގޮތަށް އޭނާގެ ލޮލާ ބޮލުން ނިންމި ނިންމުމެއް ކަމަށާއި މަޣްރިބް ކަރައިގެ ނަމުގައި ފައިސާއަށް އޭނާ ފުޓްބޯޅަ ނުކުޅޭނެ ކަމަށް ޙަކީމް ޒިޔެޝް މީޑިއާއަށް ހާމަކުރިއެވެ.

 މީޑިއާއަށް ހާމަވެފައިވާ ގޮތުގައި 2015 ގައި ގައުމީ ޓީމަށް ގުޅުނު ޙަކީމަށް މިހާތަނަށް ބޯނަސްގެ ގޮތުގައި ލިބުނު ހުރިހާ ފައިސާއެއްވެސް ފަގީރުންނަށާއި އޭނާގެ ޓިމުގައި ހިމެނޭ މުޢައްޒިފުންނަށް ސަދަގާތް ކޮށްފައިވާ ކުޅުންތެރިއެކެވެ. ޙަކީމް ޒިޔެޝް އަކީ ޗެލްސީގެ ޕްރިމިއަރ ލީގަށް ކުޅޭ ކުޅުންތެރިއެކެވެ.                                             

ޙަކީމް އުފަންވީ 19 މާރޗް 1993 ގައި ނެދަރލޭންޑްސްގެ ޑްރޯންޓޮން

ގައެވެ. އޭނާގެ ބައްޕައަކީ ޑާޗް ގައުމުގެ މީހެކެވެ. މަންމައަކީ މަޣްރިބްގެ އަންހެނެކެވެ. ޙަކީމްގެ އުމުރުން އެންމެ 10 އަހަރުގައި ބައްޕަ މަރުވުމުން އާއިލާއަށް ވަރަށް ބޮޑު ނިކަމެތި ކަމަކާއި ކުރިމަތިލާން ޖެހުނު ކަމަށްވެއެވެ. 


އެހެންނަމަވެސް މިހާރު އޭނާއަކީ ނަންމަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކަށް ވެވިފާ ޗެލްސީއަށް ކުޅުމުގެ ފުރުސަތު ލިބުމުގެ ސަބަބުން ހަފްތާއަކު އެއްލައްކަ އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ މަޝްހޫރު ފުޓުބޯލް ކުޅުންތެރިއެކެވެ. އަދި އޭނާއަށް އަހަރަކު ފަސްމިލިއަން އެމެރިކާ ޑޮލަރަށްވަރު ލިބޭކަމަށް މީޑިއާ އިން މަޢުލޫމާތު ހާމަކުރެއެވެ.                                                    

Loading

One Response

  1. ތިތިބެނީ މީހުންނަކީ. ގިނައީ ފޭރިގެންވެސް އަމިއްލައަށް ޖީބުބޮޑުކޮށްގެ ދެގާއި މަކަރުން ދިރިއުޅުން. ސާބަސް ޙަކީމަށް. މަރުޙަބާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް