ތެލާއި ހަކަތައިގެ އިންޑަސްޓްރީތަކަށް އެމެރިކާއިން ޒައިތޫނި ފަތްކޯޅި

Loading

Facebook
Twitter
WhatsApp


ނޭޝަނަލް ޕެޓްރޯލިއަލް ކައުންސިލްގައި ހިމެނޭ އެކްސޒޯން މޯބައިލް ކޯރޕޮރޭޝަނާއި  ރޯޔަލް ޑަޗް ޝެލް ފަދަ

ތެލާއި ހަކަތައިގެ އިންޑަސްޓްރީތަކުގެ އިސްފަރާތްތަކާއިއެކު ވޯޝިންގޓަނުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުން ފޮސިލް ފިއުލްގެ ބަދަލުގައި އެއަށްވުރެން ސާފު އެހެންގޮތެއް ހޯދަން ބައިޑް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރަމުން ގެންދިޔަ ނަމަވެސްއަދިވެސް އެތައް ޒަމާނަކު ފޮސިލް ފިއުލް ބޭނުންކުރަން ޖެހޭނެ ކަމަށާއި އަދި މާއަވަހަށް ކަންތައްތައް ބަދަލުކުރަން އުޅުމުން އާންމު ރައްޔިތުންނަށް ނުރަނގަޅު ގޮތްތަތަކެއް މެދުވެރިވަމުންދާތީ އެކަން ވިސްނި ވަޑައިގަންނަވާކަމަށް ވިދާޅުވެފާވެއެވެ.

އެމެރިކާގެ ހަކަތައާއި ބެހޭ ވަޒީރު ޖެނިފަރ ގްރޭންހޯމް ޒައިތޫނި ފަތްކޯޅިއެއް ދިއްކުރައްވައިފިއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިޑަން ސަރުކާރުން އިތުރު ޓެކްސް ތަޢާރުފް ކުރުމާގުޅިގެން ތެޔޮއުފައްދާ ކުންފުނިތަކުން މާބޮޑަށް އަގުބޮޑުކޮށްގެން ފައިދާ ނަގަން މަސައްކަތް ކުރާ ކަމަށާއި ސާފުކޮށްފާހުރި ތެލުގެ އުފެއްދުންތައް އެކްސްޕޯރޓް ކުރަން ހުރަސް އަޅާކަމަށް ބުނެ ސަރުކާރުން ތުޙުމަތުގެ އިނގިލި ދިއްކުރަމުން ދިއުމުން އެކަމާގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.

އަހަރެމެން ބޭނުންވަނީ ތިޔަ ކުންފުނިތަކުގެ އަޑުވެސް އަހައިގެން ކުރިޔަށް ދާށެވެ. އެކަމަނާ އިތުރަށް ވިދާޅުވިއެވެ. 

ފޮސިލް ފިއުލް އުފެއްދުން ރައްޔިތުންގެ ބޭނުންތަކާއެއްވަރަށް އިތުރުކުރަން އެބަޖެހެއެވެ. ޚާއްސަކޮށް އެމެރިކާގެ އިރު އުތުރު ސަރަހައްދުތަކުގައި ފުދޭވަރަށް ޑީސަލް ލިބޭކަށްނެތެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް