ދައުރު ނިމެން 11 މަސް: ވެންޓިލޭޓަރު ވަގު ހިފަން އަނެއްކާވެސް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ތިން ބޭފުޅެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު އަނެއްކާވެސް ފޮނުއްވައިފިއެވެ.

ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަންހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާގޮތަށް އެންމެ ފުރަތަމަ ޖުމްލަ 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އެދި ޕީޖީއަށް ފޮނުއްވިއެވެ. 

ނަމަވެސް މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވައިލެއްވުމުން އިތުރު ތިން ފަހަރެއްގެ މަތިންވެސް އޭސީސީއިން އަލުން ޕީޖީ އޮފީހަށް ފޮނުއްވިއެވެ. އެ ހުރިހާ ފަހަރަކު ވެސް މައްސަލަ ޕީޖީ އޮފީހުން އުންސުރު ހަމަނުވާކަމަށް ދެކެ އަނބުރާ ފޮނުވާލީއެވެ.

ނަމަވެސް އެންމެ ފަހުން އޭސީސީން ވަނީ އެލިސްޓު ފުރާނާލުމަށް ފަހު އޭގެތެރެއިން 8 ބޭފުޅެއްގެ މައްސަލަ އަލުން ފައިލް ކުރައްވައިފާވެއެވެ.

އޭސީސީން މިއަދު ބުނީ ވެންޓިލޭޓަރު ބޮޑު ކަރަޕްޝަންގެ މައްސަލައިގައި ތިން ބޭފުޅެއްގެ މައްޗަށް ދަޢުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް އަލުން ފޮނުއްވާފައިވާ ކަމަށާއި މި މައްސަލައިގައި ދައުލަތަށް ގެއްލުނު ގާތްގަނޑަށް 34 މިލިއަންރުފިޔާ އަނބުރާ ހޯދުމަށް ވެސް އެދިފައިވާ ކަމަށެވެ.

ދަޢުވާކުރަން އެދި ފޮނުއްވީ:

ހެލްތު މިނިސްޓްރީގެ ނައިބުކަމުގައި ކުރިން ހުންނެވި ސ.ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި،

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި ތ.ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމާއި،

ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަޤާމުގައި ކުރިން ހުންނެވި ލ.ގަން ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށް.

ގަނަބަޔަކު ގަބޫލު ކުރާގޮތުގައި މި 3 މީހުންނަކީ އެފަދަ ބޮޑު ފައިސާގެ ޢަދަދެއް ފިނޭންސި މިނިސްޓްރީގެ އެޕްރޫވަލް ހޯދައި ބޭރުކުންފުންޏަކަށް އެޑްވާންސްކޮށް ފުލް ޕޭމަންޓެއް ދޫކޮށްލެވޭވަރުގެ ބާރެއް ލިބިދެވިފައިވާ ބައެއް ނޫނެވެ.

ކޮވިޑާ ގުޅިގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން 34 މިލިއަން ރުފިޔާޙަވާލުކުރެއްވީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެވެ. މައްސަލަ ފަޅާއަރައި އެކުންފުނި ޑުބާއިގެ ކޮމްޕެނީ ރަޖިސްޓްރަރ އިން ޗެކްކުރިއިރު އެބުނާ ކޮންފުންޏަކީ އެފަދަ ވިޔާފާރިއެއް ދުވަހަކުވެސް ކޮށްފާނުވާ އަދި އެއްވެސް ވިޔާފާރީގެ މުޢާމަލާތްތަކެއް ރެގިއުލަކޮށް ހިންގާ ކުންފުންޏެއްވެސް ނޫންކަމެވެ. އަދި އެކަށޭނެ ޕޭއިޑްއަޕް ކެޕިޓަލެއްވެސް ނެތް ޕޭޕާ (ކަރުދާސް) ކުންފުންޏެއް ކަމަށެވެ.

ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. ބާކީ ހުރިވެންޓިލޭޓަރުތައް ނުފޮނުވާއިރު ފައިސާކޮޅު ވެސް އަނބުރާ ދީފައެއް ނުވެއެވެ.ހޯދޭނެ ގޮތެއްވެސް ނެތްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ލިބުނު މަދު ވެންޓިލޭޓަރު ތަކަކީވެސް އޯޑަރ ދިން ކޮލިޓީގެ ވެންޓިލޭޓަރ ތަކެއްނުމެ ނޫނެވެ.

ދައުރު ނިމެން ގާތްވެފައިވާއިރު އަނެއްކާ ވެސް ވެންޓިލޭޓަރު މައްސަލައިގައިދަޢުވާކުރަން ފޮނުއްވުމުން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށްފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޚިޔާނާތުގެ އެފަދަ އެއްވެސްމައްސަލައެއް ކޮޅެއްގައި ޖައްސާކަށް ނުކެރޭނެއެވެ. އެހެނީ އެފަދަ ވައްކަމުގެ މޫލައިފާވަނީ ވަރަށް ފުނަށެވެ.

ހަމަ އެގޮތުން އެމްއެމްޕީއާރސީގެ ވައްކަންވެސް މިސަރުކާރުން ވަނީ ފޮރުވާފައެވެ. އެހެނަސް އެމަސްސަލަ ބަލައި އެފައިސާ ދައުލަތަށް ހޯދައިދިނުމަކީ  ރައީސް ސޯލިޙުގެ 2018ގެ ރިޔާސީ ވަޢުދެއްމެއެވެ.

Loading

One Response

  1. ހަމަ ހުސް ބޮޑު ގޮހޮޑާ ވާހަކަ. ރައީސް ޔާމީނު ބޮލުގައި މަރުތައް އަޅުވަންވެސް ހަމަ ބޮޑު ގޮހޮޑާ ވާހަކަ. ކެރެންޏާ އެބުނާ ކަޅުދަބަސްތައް އުފުލި އެންމެން ނިޒާމުން ގެއްލުވާލައި ޙައްގު އަދަބު ދީބަލަ. އިރުވައިގާ ވައިއެނބުރޭހެން ނަކަތައްބަލާފަ ބޮޑު ގޮހޯޑާ ވާހަކަ ޖެއްސުމުގެ ބޭނުމެއް ނެތެއްނު! ރައްޔަތުނަށްވެސް ވަރަށް ސާފުކޮށް އެބައެނގޭ ވާނުވާ! ވަރަށް ސަލާމް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް