އަންހެނަކު އޭނާގެ ބޭބޭއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

Loading

Facebook
Twitter
WhatsApp


މާލޭ ގެއެއްގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު އޭނާގެ ބޭބެއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ހެންވޭރު ގެއެއްގެތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ފިރިހެނަކަށް ޙަމަލާ ދީފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 12:21 ހާއިރު ކަމަށެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި ފުލުހުންގެބެލުމުގެ ދަށަށް ގެންދިޔައީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

“މި މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން.“ ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވެއެވެ.

މިހާތަނަށް ބެލިބެލުމުން މިއީ ޢާއިލީ މައްސަލައެއްގެ ތެރެއިން ހިންގި މާރާމާރީއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ތަޙުގީގު ކުރިއަށް ދާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ޙަމަލާ ދީފައިވަނީ ފިރިހެން މީހާގެ ބޮލަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

Loading

One Response

  1. އާއިލީ މައްސަލަތަކުގައި މިފެންވަރަށް ދިޔައިމާ އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. ތިޔަ ހަމަލާއެއް ދިން މީހާއަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ ؟ މުޖުތަމައުގައި ބިރުވެރިމީހެއްކަމަށް ފާހަގަ ކުރެވި ކުށް ސާބިތުވެއްޖެނަމަ ބޮޑު އަދަބަކާވެސް ކުރިމަތިލާން ޖެހުނީއެވެ. ދަރިން ތިބި ނަމަ އެ ދަރިންނަށް ވެސް ލިބުނު ނިކަމެތި ކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް