ހުރާ ގޮނޑުދޮށް ރެދަނުން ދިއްލާލައިފި، ވަރަށް ޗާލު!

Loading

Facebook
Twitter
WhatsApp
ކ. ހުރާގައި ރެދަން ލައިފައި--- ފޮޓޯ: ނިއްޓު
ކ. ހުރާގައި ރެދަން ލައިފައި--- ފޮޓޯ: ނިއްޓު

(ކ. ހުރާ ގޮނޑުދޮށުގައި ރެދަން ލާފައި— ފޮޓޯ: ނިއްޓު)

ކ. ހުރާ ގޮނޑުދޮށް ރެދަނުން ދިއްލާލައިފިއެވެ.

މާލެއާ 20 ކިލޯ މީޓަރު ދުރުގައި އޮންނަ ހުރާއަކީ ގެސްޓްހައުސް ވިޔަފާރިއަށް މަޝްހޫރު ރަށެކެވެ. ހުރާގެ ގޮނޑުދޮށުގައި މިރޭ ވަނީ ގިނަ އަދަދަކަށް ރެދަން ލާފައެވެ. ރެދަނުގެ ހިތްގައިމު ވީޑިއޯއާއި ފޮޓޯތައް ސޯޝަލް މީޑިޔާއަށް އެތައް ބަޔަކު ދޫކޮށްލާފައިވެސް ވެއެވެ.

ރެދަންލަނީ ކަނޑުގެ އޮޔާއެކު ގޮނޑުދޮށަށް ބީއްސާ ރާޅުގައި ޖެހޭ ބައޯލުމިނިސެންސް އޯގަނިޒަމްސްތަކެއްގެ ސަބަބުންނެވެ. ވަރަށް ކުދި ކުދި ދިރުންތަކުން ދޫކުރާ އައްޔެއްގެ ސަަބަބުން މުޅިތަން ނޫކުލައިން ޖަރީކޮށްލައިދެއެވެ.

ރާއްޖޭގައި އެންމެ ގަދައަށް ރެދަން ލައި އުޅެނީ ރ. ވާދޫގައެވެ.

Loading

One Response

  1. ބިސް އަޅުވައިގެން އާލާކުރަން ރަނގަޅު ދިރުންތަކެއް. ރިސޯޓުތަކުގެ ގޮނޑުދޮށް ކޮންމެ ރެއަކު މިގޮތަށް ދިއްލާލެވޭނެނަމަ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް