ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާ ވ.އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ޙުކުމު ކުރެއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް އަންނަ އާދިއްތަ ދުވަހަށް މިވަނީ ތާވަލުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ޓޫރިސްޓު ރިޒޯޓު ތަރައްޤީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން އޭރުގެ ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑަރ ކުރެއްވިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ. ނަޢީމުއަކީ ކެރެފާ ސައްތާރު އާއި ސިއްކަ ސަފާރީ ޓުއާސް ހިންގިއިރު އިސްވަޒީފާ އެއް ގައި އުޅުއްވި އަދި އީވާ ބައްޕަ ދޭލިޔާގެ ވަރައް ގާތް ބޭފުޅެކެވެ.
ނަންހާމަ ކުރަން ބޭނުންނުވާ ގޮތުން ސަންދާނަށް ޚަބަރުދިން ފަރާތަކުން ޔަގީނާއިގާތަށް ތުޙުމަތުކޮށް ބުނެފާވަނީ ޔާމީނުއާއި ދެކޮޅަށް މިހިންގޭ ދަޢުވާއަކީ އީވާގެ ބައްޕާފުޅު ދޭލިޔާގެ ފަރާތުން ޔޫސުފު ނަޢީމު ބޭނުންކޮށްގެން ކުރިއަށް ގެންދެވޭ ދަޢުވާއެއްކަމަށެވެ. އަދި ދޭލިޔާއަށް މިދަޢުވާ ކުރުމަށް ނަޢީމު ބޭނުން ކުރަން ޑީލްއެއް ހެދިފާވަނީ ކުރިން މިބުނެވިދިޔަ ސާކަލްގެ ތެރެއިން ކަމަށެވެ.
އެހެނީ ނަޢީމަށް ޙުކުމެއް އަތުވެއްޖެނަމަ، މިހާރުވެސް ވައްކަން ސާބިތުވެ ބޮޑެތިޖަލުގެ ޙުކުމް އައިސްފައިވާ އަދީބު މެންފަދަ މީހުންނާއި އެއްގޮތަށް ޔޫސުފް ނަޢީމް ހުންނަވާނީ ޖަލުގެ ބަދަލުގައި ގޭބަންދުގައި ކަމަށެވެ. އަދި ސޯލިޙުގެ ސަރުކާރު ނިމުމަކަށް އައުމުގެ ކުރީން ނަޢީމް އަށް ދީލަތި މަޢާފްއެއް ލިބިދެވޭނޭ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާޢަތުގެ ޤަވާއިދުގެ ދަށުން ޙުކުމްކުރަން އޮންނަ މުއްދަތުގައި ޙުކުމް ކުރައްވާނެ ކަމަށެވެ.
ޖިނާއީ އިޖުރާޢަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ޚުލާސާ ބަޔާންއިއްވަވާތާ 30 ދުވަހުގެތެރޭގައި ޙުކުމްކުރައްވަން ޖެހޭނެއެވެ.
ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ އާދިއްތަ ދުވަހު 09:00 ކަމަށެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން ފަސް އަހަރުގެ ދައުރެއް ފުރަތަމަ ފަހަރަށް ފުރިހަމަ ކުރެއްވި ރައީސް ޔާމީނަަށް އުފުލާފައިވާ ދެ ދަޢުވާ ސާބިތުވެއްޖެނަމަ ޕީޕީއެމްއަށާއި އެ މަނިކުފާނުގެ ސިޔާސީ ޙަޔާތަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމާމެދު ޝައްކެއްނެތެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ ސިޔާަސީ ހަޔާތް ގާތްގަނޑަކަށް ނިމުމަކަށް އަންނާނެއެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
8 Responses
Tiothee sarukaarun baaraa nufoozu foaruvaigenq kusheh neh meehaku hasadhaige alifaan gandakah vattaalan raavaa najaaizu hukumeh raees ofeehun lie thayyaaru koffa kamah belevenee.
Jalah levidhaane ekamaku e ee. Beyindaafun kuraahukumeh mihaaru kaleyn athuga baaruotheema beynunhaa gotheh hafhaalevidhaane thinoosves vakikolhakah jehigen dhendhoa hkabaru linee haadhahehbaey chus
ސަންދާނު ނޫނީ ވަކި ކޮޅަކަށް ނުޖހި ރިޕޯޓްކުރާ ނޫހެއް މަދެވެ. 2001ން ފެށިގެންވެސް ސަންދާނު ހިންގީ އިސްލާޙީ މަސައްކަތެވެ. އެހެންވީމާ ތިވިސްނުން ގޯސްކަމުގައި ދެކެމެވެ.
Kushe kofi nama konme meehakaviyas adani nimenvaane
Eyee madalaeh noon gaumaka
އާދީއްތަ ދުވެހު ވަރަށް ވައިގަދަވެ ވިއްސާރަ ވާނެކަމަށް އެބަކިޔައެވެ. އަދި ފަހަރެއްގާ އަލިފާންވެސް ރޯވެދާނެކަމަށް ލަފާކުރެއެވެ. އެގޮރުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން މާލޭގެ ސަރަހަށްދު ބެލެހެއްޓުމަށް ސަރުކާރުގެ އަދުމާއިއެކު ތިބީ ތައްޔާރަށްކަމަށް ބުނެއެވެ. ތި ޙުކުމް އަންނަގޮތަކުން މޫސުމަށް ބަދަލު އަންނާނެއެވެ.
ތިގެނައި ޑިމޮކްރެސީ އަކީ ވަރަށް ދިވެހިންނަށް ހިތި އެއްޗަކަށް ވެއްޖެއެވެ. ސަރުކާރެއްގެ ބޮޑަކަށް ވާން ބޭނުންވަނީވެސް މާތްﷲ ގަންދީ ހުވާކުރުމަށް ފަހު އެ ހުވަޔާއި ޚިލާފުވެ ދައުލަތުން ވައްކަން ކުރަށެވެ. ވެރިކަމުގެ ފަރާތަށް ސަނާކިޔާ އެންމެނަށް ބައި އަޅާށެވެ. އަތޮޅުވެރިޔަކާއި ކަތީބަކާއި ކުޑަ ކަތީބެއެ ހުރެގެން އަތޮޅުތަކާއި ރަށްތައް ހިންގޭނެއެވެ. އަދި މިހާރު ކުރާ ޚަރަދުވެ 10% ން ހަމަޖެއްސޭނެއެވެ. ދައުލަތުން ވައްކަން ކުރަން ބިރުގަންނާނެއެވެ.އެހެނީ މާލެ ގެނަސް ވަޒީފާ ގެއްލޭނެތީއެވެ. މިހާރު އެމީހަކާއި އެމީހެކެވެ. ބަލިކަށި ސަރުކާރު ދަމަހަށްޓަން އެންމެނަށް ކޫކީ ބެހުމުގެ ބޮޑު ޚަރަދު ކުރަނީ ރައްޔަތުންގެ ޖީބު ކަނޑައިގެނެވެ.
އެއްޔާމީނު ނެތިއްޔާ އަނެއް ޔާމީނު އަންނާނެއެވެ. އެކަމަކު މިގައުމުގެ އުދަރެހުން ބަނަވަމުން އަންނަ ކޮރަޕްޝަނާ ފަސާދައާއި ވައްކަމާ ފޭރުމާ ބޭ އިންސާފާއި ބިރުވެރިކަން ނައްތާލައިގެން ދިވެހިންނާއެކު މި ގައުމު އަމާންކަމާއެކު ކުރިއަރުވާދޭނެ ޔާމީނަކު އަތުވެދާނެކަމަށް އަދި ބެލެވޭކަށް ނެތެވެ. ރައްޔިތުން ތިބީ އެފަދަ ޔާމީނަކު ހޯދުމުގެ ބޭނުމުގައިހެން ހިއެއްވެސް ނުވެއެވެ. އެހެންނޫނީ ހުކުރު ޚުތުބާއިން ދަރުސް ލިބިގަންނަން އެބަ ޖެހެއެވެ. ” ރައްޔިތުން އެކަމަށް ބޭނުންވެގެން މަސައްކަތް ނުކުރަންޏާ ﷲ އެކަމަށް އިރާދަ ނުކުރައްވާނެއެވެ “. މިއަދު ފެންނަ މަންޒަރުން ވޯޓުގެ އަގަށް ގިނަ ފައިސާ ދޭ މީހަކީ ބޮޑު ޔާމީނެވެ. އަޅުގަނޑު މިތާނގައި ޔާމީނު މި ބޭނުންކުރީ ރަމްޒީ ގޮތެއްގައެވެ. ވަކި ބޭފުޅަކަށް އަމާޒުކޮށްގެން ނޫންކަން ކަށަވަރުކޮށްދެމެވެ.
ޔާމީނުއަށް އާދީއްތަ ދުވަހު ޙުކުމް ކުރާނެކަމަށް 95% ދައްކައެވެ. އެހެނީ އިންޑީޔާ ސިފައިންބޭރުކުރުމާއި މިސަރުކާރުން އެއްވަސްވެފައިވާ ގިނަގުނަ އެގްރީމެންޓްތަކުގެ މައްސަލަ ބަލާކަށް ޔާމީނު ރައީސްކަމަށް އަންނަން ދޫކޮށްލާފަ ނައިފަރު މުޙައްމަދު ހުންނާނެކަމަށް ބުއްދި ގަބޫލުކުރޭ ހެއްޔެވެ. ހިންނަ ވަރު މުޙައްމަދަކީ އޭނަޔަށް ވެރިކަން ހޯދަދިން ރައީސް ނަޝީދަށް ދޯކާދިން ނޮވެމްބަރަ 3 ސިއްކަގެ ދަނބިދަރި ނޫންތޯއެވެ. އަލިއްޕެ ރައިސް އޮފީހުގައި އިދެގެން އެކުރާމަސައްކަތުގެ ނަތީޖާވެސް ފެންނާނީ ޔާމީނަށް ޙުކުމް ކުރެވިގެނެވެ. ބާޣީ ކޯލިޝަންވވެސް ބޭނުންވަނީ ހަމަ އެގޮތެވެ. ދެން ބަލަމާ!!