ކެނެރީގޭގައި “ އިންޑިއާ އައުޓް“ ލިޔުނު މީހާ ޖަލަށް ލާން ހުކުމް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭ ބޭރު ފާރުގައި ”އިންޑިއާ އައުޓް“ ލިޔުނު މީހާ ޖަލަށް ލާން ހުކުމް ކޮށްފިއެވެ. ކެނެރީގޭ ފާރުގައި އިނގިރޭސި އަކުރުން “އިންޑިއާ އައުޓް“ ޖެހީ މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ މައްސަލައިއާއ ގުޅިގެން މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އުފުލައި ހުކުމް ކޮށްފައިވަނީ ނ.މިލަދޫ/ނޫއަލި އަބްދުއް ޔަޝްފައު އަށެވެ. އޭނާ އަށް ކުރި ދައުވާއަށް ކޯޓުގައި އިއުތިރާފްވެފައިވާއިރު […]
ޗައިނާއިން މާލެ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ މަގު ބައްތި ހަދިޔާ ކޮށްފި
ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ މަގު ބައްތި ހަދިޔާކޮށްފި އެވެ. މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގު ބައްތިތަކާ ރާއްޖޭގެ ފަރާތުން ހަވާލުވީ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ލައިޓްތައް ހަދިޔާކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލީ ޖިން އެވެ. ސިޓީ ކައުންސިލުން ބުނީ ޗައިނާ ސަރުކާރުން 3000 މަގުބައްތި ހަދިޔާ ކޮށްފައިވާ ކަމަށާ މި ބައްތިތައް ވެގެންދާނީ މާލޭގެ ރައްޔިތުންގެ […]
ސައުދީގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ނަބީހު، ބޮޑު ފަހުރެއް!
ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފި އެވެ. މިމަހުގެ ދިހަ ވަނަ ދުވަހު ފެށި މި މުބާރާތް އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ނަބީހުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރު، ޔޫޝައު ޒަމްޒަމް ފާރިޝެވެ. މި މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވެއެވެ. މި މުބާރާތުގައި، އޯޓިޒަމް ހުންނަ ނަބީހު […]
އަލަމްގީރަށް އިތުރު 40 ދައުވާކޮށްފި
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރަށް އިތުރު 40 ދައުވާއެއް ދައުލަތުން ކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދެ ވަނަ ނަމްބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ރެކޯޑްކުރުމުގެ ސަބަބުންނެވެ. […]
ފަރުވާ ކުޑަ ކުރުމުން ގާޒީ އަލީ އަބްދުﷲ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން ޖެހިއްޖެ
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ ވަގުތީ އަމުރަކަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، ”ވަގުތީ އަމުރާމެދު ނިންމިގޮތް“ ނިންމާފައިވަނީ ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ […]
ފެރީއަކުން މޫދަށް ވެއްޓި ކަނޑުހުޅުދޫ ޒުވާނަކު މަރުވެއްޖެ
ގއ. ގެމަނަފުށިން ފުރައިގެން ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ކަނޑުހުޅުދުއަށް ނިސްބަތްވާ އިރުފާން 24އ އެވެ. އެޒުވާނާ މޫދުން ނަގައިގެން ގއ. ގެމަނަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. ގެމަނަފުށީ ސިއްހީ މަރުކަޒަށް އެޒުވާނާ ގެންދިޔައީ މިއަދު އިރުއޮއްސި 18:00 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ ގެނބިގެންނެވެ.
ރަސްގެފާނު ޗާލްސް ވަޑައިގެންފިނަމަ ބަހުގައި ދަތުރުކުރާކަށް ނުޖައްސާނަން
ރަސްގެފާނު ޗާލްސް ގަލްފުގެ ގައުމަކަށް ވަޑައިގެންފިނަމަ އެ ރަސްގެފާނު ދަތުރުކުރައްވާނީ ބަހެއްގެ ފަހަތު ސީޓްގައި ނޫންކަމްށް އެރަބި ލީޑަރުން ވިދާޅުވެއްޖެއެވެ. އިންޒާމުތައް އެގޮތަށް ހަމަޖެހިފައިއޮތުމުން ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ގަލްފު ގައުމުތަކުގެ ވެރިން އަދިވެސް ވަކިގޮތަކަށް ނުނިންމަވާކަމަށް ބައެއް މީޑިއާތަކުން އެބަބުނެއެވެ. އިރުމަތިން އޮމާނުން ފެށިގެން ހުޅަނގުން މަޣްރިބާއި ހަމަޔަށް ހިމެނޭ އިސްލާމީ ގައުމުތަކުގެ ވެރިން ގެންދަވަނީ ރާނީ އެލިޒަބަތުގެ ޖަނާޒާ ގެ ކަންތައް ވަރަށް ކައިރިން ބައްލަވަމުންނެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން ލަންޑަނަށް ދަތުރު ކުރައްވާ ފާނެކަމަކަށް ނުބެލެވެއެވެ. އެބޭފުޅުންގެ ދަތުރުފުޅާބެހޭ ޕްރޮޓޮކޯލް ހަމަޖެހިފައިވާ ގޮތާމެދު ދީނީ ނަޒަރަކުން ބައްލަވާފައި ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަހަލައެވެ. އެ […]
އެއްޖިންސްން ގުޅުން ހިންގި ކަމަށް ފުލުސް މީހާ އެއްބަސްވެއްޖެ
އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއު ކޯޓުގައި އެއްބަސްވެއްޖެ އެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރަމުން ދިޔަ އަބްދުއް ރަހުމާން ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބެލެވޭ ވީޑިއޯއެއް ލީކުވުމާއެކު އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. […]
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފި
އިސްލާމީ މަރުކަޒު ގޯތި ތެރެއަށް ބޮޑުކަމު ދިޔަ މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފިއެވެ. އިސްލާމީ މަރުކަޒަށް ބޮޑުކަމު ދިއުމުގެ މައްސަލައިގައި އުމުރުން 40 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދު ކޮށްދިނީ އެއް ދުވަހަށެވެ. އޭނާ ދޫކޮށްފައިވަނީ ބަންދުގެ މުއްދަތު ހަމަވުމުން ކަމަށް ވެއެވެ. މި މައްސައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. […]
ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް އެ ދެ މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ތ. ވިލުފުށި/ހައިވަކަރުގެ، އިބްރާހީމް އިރުފާނު (21އ) އާއި ކ. މާލެ/ […]