ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް އެ ދެ މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ  ތ. ވިލުފުށި/ހައިވަކަރުގެ، އިބްރާހީމް އިރުފާނު (21އ) އާއި ކ. މާލެ/ ދަފްތަރު ނަންބަރު ދރ.521، އުޝާން އަދުނާން (26އ)  ހޯދުމަށެވެ.

 ފުލުހުން ބުނީއިބްރާހީމް އިރުފާނު އާއި އުޝާން އަދުނާން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހުގެ 14:00 އަށް ކްރިމިނަލް ކޯޓަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާދު ދިނުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް