އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިސްލާމީ މަރުކަޒު ގޯތި ތެރެއަށް ބޮޑުކަމު ދިޔަ މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފިއެވެ.

އިސްލާމީ މަރުކަޒަށް ބޮޑުކަމު ދިއުމުގެ މައްސަލައިގައި އުމުރުން 40 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދު ކޮށްދިނީ އެއް ދުވަހަށެވެ. އޭނާ ދޫކޮށްފައިވަނީ ބަންދުގެ މުއްދަތު ހަމަވުމުން ކަމަށް ވެއެވެ. މި މައްސައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. .

 މި މައްސަަލައިގައި ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްފައިވާ އިރު މީގެ ކުރިން ވެސް އިސްލާމީ މަރުކަޒަށް ބޮޑުކަމު ދިއުމުގެ މައްސަަލައެއްގައި ދިވެއްސަކުވެސް ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ އަކީ ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބުނެ ފުލުހުން އޭނާ ދޫކޮށްލީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް